Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ ޕީޖީ ލީޑަރަކަށް އަނެއްކާވެސް އިބޫ

އެމަޤާމަށް ކުރިމަތިލެއްވީ އިބޫ އެކަނި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 14:25
އިބްރާހީމް މުހައްމަދު ސޯލިހް: އިތުރު ދައުރަކަށްވެސް ވަނީ ހޮވިފައި

އިބްރާހީމް މުހައްމަދު ސޯލިހް: އިތުރު ދައުރަކަށްވެސް ވަނީ ހޮވިފައި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕުގެ) ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަނެއްކާވެސް އެމަޤާމަށް ހޮވިއްޖެއެވެ.

އެމްޑީޕީން ބުނީ މިމަހުގެ 20 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އާދީއްތަ ދުވަހު ހެނދުނު ހަމަވިއިރު ޕީޖީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ އިބޫ އެކަނި ކަމަށާއި އެހެންކަމުން އިންތިޚާބަކާ ނުލައި އިތުރު ދައުރަކަށް އިބޫ ހޮވިވަޑައިގަންފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިބޫގެ އިތުރުން އެ ގްރޫޕުގެ އެންމެ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ވާދަކުރީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ވެސް ވަނީ އިންތިޚާބަކާ ނުލައި، ހޮވިވަޑައިގެންފައެވެ.

އިންތިޚާބަކަށް ދާން ޖެހުނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށެވެ. ދެ ބޭފުޅަކު އިންތިޚާބު ކުރަންޖެހޭ އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ބާކީ ތިބި ހުރިހާ މަގާމަށް ކުރިމަތިލީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ އިންތިޚާބަކާ ނުލައި، އެ ބޭފުޅުން ވަނީ އިންތިޚާބުވެ ވަޑައިގެންފައެވެ. އެގޮތުން ޕީޖީ ގްރޫޕުގެ އަމީން އާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ހޮވުނުއިރު އަމީން އާންމުގެ ނައިބުގެ މަގާމަށް ހޮވުނީ ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

ޗީފް ވިޕްގެ މަގާމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހޮވުނުއިރު ވިޕުންގެ ދެ މަގާމަށް ހޮވުނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު