Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް

ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތިކަން ކަށަވަރުކުރެވެނީ ކިހާވަރަކަށް؟

7 ޖޫންއަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ޖޫން 2022 | އަންގާރަ 12:37
ފިހާރައެއްގައި ކާބޯތަކެތި އަތުރާފައި

ފިހާރައެއްގައި ކާބޯތަކެތި އަތުރާފައި

ކޮންމެ އަހަރެއްގެ ވެސް ޖޫން 7 ވަނަ ދުވަސް ފާހަގަކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައެވެ. މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅައި، މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާތާ ހަތަރުވަނަ އަހަރެވެ. ކޮންމެ އަހަރެއްގެވެސް ޖޫން 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ.ގެ އާންމު މަޖިލީހުން ކަނޑައެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަން އދ.ން ނިންމާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ސަބަބުން ދިމާވާ އިގުތިސާދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށެވެ. މިއަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ދުޅަހެޔޮ ސިއްހަތަކަށް ރައްކާތެރި ކާބޯތަކެތި" މިއެވެ. މިގޮތުން ދަނޑާ ހަމައިން ފެށިގެން ސުފުރާއާ ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިން މި ތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މި ޝިއާރުން ބުނެދެއެވެ.

ކާން ބޭނުންކުރާ އެއްޗެއްގައި އެ އެކުލެވޭ ބާވަތްތަކާއި، އެ އެއްޗެއްގެ މުއްދަތު ހަމަވާ ތާރީޚަށް ބަލާލަނީ ހަގީގަތުގައި ވަރަށް މަދު ބައެކެވެ. އެކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެ ބޭނުންކުރާ އެއްޗަކީ ކިހާ ރައްކާތެރި އެއްޗެއްތޯ ބެލުމެއްނެތި އެ ބޭނުންކުރުމުން ސިއްހީ އެކިއެކި މައްސަލަތަކަށް މަގުފަހިވެގެންދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކޮށްގެން އޭގެ ނުރައްކަލާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު އަހަރަކު 600 މިލިއަނުން މައްޗަށް އަރައެވެ. މީގެ ތެރެއިން 420،200 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދެއެވެ.

މިކަމުގެ ނުރައްކާތެރިކަން ހީކުރާވަރަށްވުރެ ބޮޑެވެ. ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއް ކެވިއްޖެނަމަ ނުވަތަ ބޮވިއްޖެނަމަ، އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ޖެހެއެވެ. ފަރުދީ ފެންވަރުގައި ކާބޯތަކެއްޗަކީ ކިހާ ރައްކާތެރި އެއްޗެއްތޯ ބެލެން ހުންނަނީ މަދު ގޮތަކަށެވެ. މީގެ ތެރޭގައި އެކުލެވޭ މާއްދާތައް ބެލުމާއި، މުއްދަތު ހަމަވެފައިވާ އެއްޗެއްތޯ، ނުވަތަ މުއްދަތު ހަމަވެފައިވާ އެއްޗެއްތޯ ބެލުން ހިމެނެއެވެ. އެ އެއްޗެއްގެ އަސްލު ހާލަތު ފަރުދީ ފެންވަރުގައި ނުބެލުނުނަމަވެސް މިވަރުންވެސް މީހެއްގެ ފުރާނަ ގެއްލުމުން ސަލާމަތްކުރެވިދާނެއެވެ.

މިއީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ މައްސަލައަކަށް ވާއިރު، ގައުމުތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަނީ ކިހާ މިންވަރަކަށްތޯ ސުވާލުއުފެދެއެވެ. ރާއްޖެއަށް ބަލާލާއިރު، ރާއްޖޭގައި ބޭނުންކުރާ ގިނަ ތަކެއްޗަކީ އެހެން ގައުމުތަކުން އެތެރެކޮށްގެން ބޭނުންކުރާ ތަކެއްޗެވެ. އެތަކެތީގެ ރައްކާތެރިކަން ބަލަނީ ރާއްޖެ އެތެރެކުރާއިރު ބޯޑަރުން އެކަންޏެވެ. އިންސްޕެކްޓު ކުރުމުގައިވެސް ވަކިން ޚާއްސަ ސަމާލުކަމެއް ދޭ ތަކެތީގެ ތެރޭގައި، ހައިރިސްކު ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ހިމެނެއެވެ. އަދި މައްސަލައެއް އުޅޭ ބާވަތެއް ފާހަގަވާނަމަ އެ އޮންނަ އުސޫލުގެ ތެރެއިން އެ އެއްޗަކާމެދު އަމަލުކުރެއެވެ.

ބޯޑަރުން އެ ބަލާ ބެލުމަށްފަހު އެ އެއްޗެއްގެ ރައްކާތެރިކަން އިތުރަކަށް ނުބަލައެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާއިރު، އެ އެއްޗެއް އެތެރެކުރުމަށްފަހުވެސް ދޭތެރެ ދޭތެރެއިން އިންސްޕެކްޓްކުރަންޖެހެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް މިގޮތަށް އަމަލުކުރަމުން ދެއެވެ. ރާއްޖެއިންވެސް މިގޮތަށް އަމަލުކުރަން ފަށައިފިނަމަ މިއީ މި މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ.

ކާބޯތަކެތިހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު