Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ރިޒަރވް

ޖުލައި މަސް ނިމޭއިރު، ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގެ ތަފްސީލް ހިއްސާކުރެއްވުމަށް އީވާ އެދިވަޑައިގެންފި

މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޖޫން 2022 | އަންގާރަ 09:42
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގެ ތަފްސީލް ހިއްސާކުރެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އަރިހުން، ރައްޖިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގެންފިއެވެ.

މިނިސްޓަރ އަމީރަށް ލިޔުމުން ޖަވާބު ދެއްވުމަށް ހުށައަޅުއްވާފައިވާ ސުވާލުގެ ނޯޓިސް އީވާ ވަނީ ޓްވިޓަރގައި ހިއްސާކުރައްވާފައެވެ. އެ ސުވާލުގައި އީވާ އެދިވަޑައިގެންފައިވަނީ، ޖުލައި މަސް ނިމޭއިރު، ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި، ކިތައް ދުވަހުގެ ކާޑާއި، ތެޔޮ އަދި ބޭހުގެ ފައިސާގެ ތަފްސީލް ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

އީވާ ވިދާޅުވީ މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. މި ހިނގާ ޖޫން މަހާއި، ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު، ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ ކަމަށާއި، މި ދެމަހަށް ބަޖެޓް ކޮށްފައިވާ ޑެފިސިޓްއަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށް އީވާ ވިދާޅުވެފައިވެއެވެ.

ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އިތުރުވަމުން އަންނ ޑޮލަރުގެ އާމްދަނީއާއެކު ދައުލަތުގެ ރިޒަރވް ކޮވިޑްގެ ކުރިން ހުރިވަރުގައި ހިފެހެއްޓޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތައް ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތަށް އަޑުއިވުމުން, ދުނިޔެ މިއޮތް ނާޒުކު ފައްތަރުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ. އަދި އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވަނީ "ވާންވެފައި" ކަމަށެވެ. މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށާއި، މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެންކަން ފާހަގަކުރައްވަމުން މިނިސްޓަރވަނީ ސަރުކާރުން ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުންގެންދާކަމަށެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ރަސްމީ ރިޒަރވް ހުރީ 829 މިލިއަން ޑޮލަރުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސްއެމްއެމްއޭ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު