Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަރުގެ ޙުކުމް ތަންފީޒުކުރުން

ޓައިމްލައިން: ޔާމީން ސަރުކާރުގައި މަރުގެ ޙުކުމް ތަންފީޒުކުރުން އިބިލީހުގެ ކައިވެންޏަށް!

ރައީސް ޔާމީނު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރަށް ކެރޭނެ ކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 07:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ އިވެންޓެއްގައި ވާހަކަފުޅުދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ އިވެންޓެއްގައި ވާހަކަފުޅުދައްކަވަނީ

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދައްކައި އުޅުނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމަށާއި، އެކަމުގައި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރަކުން ގެނެސްފައި ނުވާކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވުމާއެކު، އިދިކޮޅުން މިވަނީ ކެކި އަރަން ފަށާފައެވެ.

އެހެންނަމަވެސް، ތާރީޚަކީ އޮޅުވާލެވޭނެ އެއްޗެއް ނޫނެވެ. ހަގީގަތަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިނިސްޓަރު އެ ވިދާޅުވީ ގޯސް ބަސްފުޅެއް ނޫންކަން އޮތީ ދިމާއަށް ފެންނާށެވެ. ޔާމީން ސަރުކާރުގައި މަރުގެ ޙުކުމް ތަންފީޒު ކުރުން އިބިލީހުގެ ކައިވެންޏަށް ހެދި ގޮތް އޮޅޭހާ ގިނަ ޒަމާންތަކެއް އަދި ނުވެއެވެ.

2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ތާރީޚެކެވެ. މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމުގެ ދަޅަ ސަރުކާރުން ފުރަތަމަ ދެއްކި ހިސާބެވެ. ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފިނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން އަމުރެއް ކުރިއެވެ.

އެހިސާބުން ދެން އައީ މަރުގެ ޙުކުމް ތަންފީޒު ކުރާނެ ގޮތުގެ ސުވާލެވެ. އެގޮތުން 9 ފެބްރުއަރީ 2014 ގައި އޭރުގެ ވަޒީރުންގެ މަޖިލީހުން ވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ޙުކުމް ތަންފީޒު ކުރެއްވުމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުއްވާފައެވެ.

ދެން ފެށިގެން ދިޔައީ މަރުގެ ޙުކުމް ޔާމީނުގެ ސަރުކާރުން ތަންފީޒު ކުރާނެ ކަމުގެ ސަޅި ބައިސާގެ ސިލްސިލާއެވެ. ބައެއް ތާރީޚުތަކަށް ބަލާލާނަމެވެ.

21 ނޮވެމްބަރ 2014 ގެ ތާރީޚެވެ. އެ ދުވަހު ރައީސް ޔާމީނު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރަށް ކެރޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮންމެއަކަސް އެހެން ގޮސް 2014 ނިމި 2015 ފެށިއްޖެއެވެ.

އަނެއްކާވެސް އިތުރު ތާރީޚެކެވެ. 27 އޭޕްރީލް 2015 އެވެ. މި ސަރުކާރުން ނުވަތަ ރައީސް ޔާމީން އެންމެ އުފާވެވަޑައިގަންނަވާނީ ޑރ. އަފްރާޝީމްގެ މަރުގެ ގާތިލު ހޯދައި އެ މީހަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެ ދުވަހު ދެއްވިއެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ސަޅި ބައިސާގެ އިތުރުން، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވުމަށްވެސް އޭރު ކުރި ކަންކަން މަދެއް ނޫނެވެ. އެގޮތުން ދައުލަތުން 2016 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަރުގެ ހުކުމް ތަންފީޒުކުރާ ތަނެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާ ހިމެނީ 14 ނޮވެމްބަރ 2015 ގައެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމަށް އަމުރު ނެރެވިއްޖެއެވެ. އެކަން ކުރާނެކަމަށް ބުނެފިއެވެ. އެކަން ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެންކަމަށްވެސް ބުނެފިއެވެ. ދެން އައީ އެކަން ކުރާނެ ތަނެއްގެ ވާހަކައެވެ. އެކަމަށް ބަޖެޓުވެސް ކަނޑައެޅިއްޖެއެވެ.

28 ނޮވެމްބަރު 2015 ގެ ތާރީޚެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކަށަވަރުކޮށް ނިންމާ ހިސާބުން މަރުގެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި، ހުކުމް ތަންފީޒުކުރަން ހަމަޖެހިފައި ވަނީ މާފުށީ ޖަލުގައި ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ. ތަނެއްވެސް ހަމަޖެހުނީއެވެ.

އެހެންނަމަވެސް، 2015 ވެސް ނިމިގެން ދިޔައީ ކީހާޅެން ފަރިއްސަށް ވެގެންނެވެ. ކަދުރު އަލީގެ ނަދުރެކޭ ތަފާތެއް ނެތެވެ.

2016 ފެށިއްޖެއެވެ. އޭރު ރައީސް ޔާމީނު ވިދާޅުވަމުން ގެންދެވީ މަރުގެ ޙުކުމް ތަންފީޒު ކުރެއްވުމަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ގޮންޖެހުންތައް ސަރުކާރަށް އޮތް ކަމަށެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ގޮންޖެހުންތައް ހުރި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވަނީ 5 ޖުލައި 2016 ގައި ވިދާޅުވެފައެވެ.

"ކުރައްވާނެ ކުރައްވާނެއެއްގައި" ވެރިކަމުގެ 3 އަހަރު ނިމެނީއެވެ. ހުސް ހޮޅި ވާހަކަ ނޫން އަޑެއް ނީވެއެވެ.

2017 ފެށިގެން ދިޔައީ ސަރުކާރުގެ ވަރަށް ބޮޑު ޔަޤީންކަމަކާއެކުއެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސްތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށާއި މިހާރު އެކަމަށް ތައްޔާރުވަމުން ދާ ކަމަށް ރައީސް ޔާމިން 23 އޭޕްރީލް 2017 ވަނަ ދުވަހު ވިދާޅުވިއެވެ. އެއާއެކު، ރައްޔިތުންވެސް ޔަޤީންކުރީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ފަށަން ދެން އޮތީ 3 މަސް ކަމެވެ.

ރައީސް ޔާމީނުގެ ބަސްފުޅަށް ބާރު ދެއްވައި ރައްޔިތުންގެ ލޮލުގައި އެމަނިކުފާނު އެޅުއްވި އަނދުނުގެ ކުލަ ގަދަ ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދެވެ. އެގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ 1 އޮގަސްޓް 2017 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނު ވިދާޅުވި 3 މަސްވެސް ފާއިތުވެއްޖެއެވެ. ޙުކުމް ތަންފީޒު ކުރާ ވާހަކަ ކަނޑުގައި އަޅާ ރޮނގެއް ފަދައެވެ. އެހިސާބުންވެސް އެ ވާހަކައަށް ބަދަލެއް ނާދެއެވެ. ސަރުކާރުގެ ރާގަކަށް ބަދަލެއް ނާދެއެވެ.

އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ސަރުކާރުން ދިނެވެ. އަނެއްކާވެސް އައު ޑެޑްލައިނެކެވެ. އެހެންނަމަވެސް 2017 ވެސް ނިމިގެން ދިޔައީ ހަމަ އެވަރެއްގައެވެ.

2018 ފެށިއްޖެއެވެ. ފެށުމާއެކުހެން އަނެއްކާވެސް ސަރުކާރުން ރައްޔިތުން ވާވެއްދުމަށް ކުރަމުން ދިޔަ މަސައްކަތް ފެށުނެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމި ފުރިހަމަ ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަނީ 2 ޖެނުއަރީ 2018 ގައި ވިދާޅުވެފައެވެ.

އޭގެ އިތުރުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ސަރުކާރުން ވަނީ 28 ޖެނުއަރީ 2018 ގައި ބުނެފައެވެ.

2018 ނިމި، ވެރިކަން ބަދަލުވިއިރުވެސް، އެއްކަލަ މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކަ އޮތީ ހަމަ ދައްކާލި ދަޅައެއްގެ ގޮތުގައެވެ. ވީއިރު، މިނިސްޓަރު އިމްރާން މަޖިލީހަށް ވަޑައިގެން، އެ ވާހަކަ ސަރުކާރުތަކުން ދައްކާފައި އޮތީ ސިޔާސީ ބޭނުމެއްގައޭ ވިދާޅުވުމުން، އެކަމާ ކޯފާވާނެ ކަމެއް ނެތެއްނޫންތޯއެވެ؟

ތިމާމެންނަށް ނުކުރެވުނު ކަމަކުން ލިބުނު ބަދުނާމެއް އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ސިޔާސީ މަންފާއެއް ހޯދުމަށް އުޅެގަތުމުގެ ބޭނުމެއްވެސް ނެތެއްނޫންތޯއެވެ؟

ރައީސް ޔާމީންމިނިސްޓްރީ އޮފް ހޯމް އެފެއަރޒްމިނިސްޓަރ އިމްރާންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު