Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ

ބީޖޭޕީގެ ދެ އޮފިޝަލުން، ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ 15 ގައުމަކުން ކުށްވެރިކޮށްފި

އޯއައިސީން ވެސް ވަނީ ޕީޖޭޕީގެ އޮފިޝަލުންގެ ވާހަކަ ކުށްވެރިކޮށް އިންޑިއާގެ މުސްލިމުންނަށް ހިމާޔަތް ދިނުމަށް ގޮވާލާ އދ އަށް ޕްރެޝަރު ކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 04:27
ބީޖޭޕީގެ އޮފިޝަލް ނުޕުރް ޝަރުމާ ހައްޔަރުކުރުމަށް ގޮވާލާ އިންޑިއާގައި ކުރި މުޒާހަރާއި ބޭނުންކުރި ޕޯސްޓަރަކަށް މީހަކު ފައިން އަރަނީ

ބީޖޭޕީގެ އޮފިޝަލް ނުޕުރް ޝަރުމާ ހައްޔަރުކުރުމަށް ގޮވާލާ އިންޑިއާގައި ކުރި މުޒާހަރާއި ބޭނުންކުރި ޕޯސްޓަރަކަށް މީހަކު ފައިން އަރަނީ

ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ, ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ އޮފިޝަލުން ކަމަށްވާ، ނުޕުރް ޝަރްމާ އާއި ނަވީން ކުމާރު ޖިންދާލް ދެއްކި ވާހަކަތަކަކާ 15 ގައުމަކުން ކުށްވެރިކޮށްފިއެވެ.

އެ ދެމީހުންގެ ވާހަކަތައް ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކަކުން ދަނީ އިހުތިޖާޖުކުރަމުންނެވެ. އިންޑިއާގައިވެސް އެގައުމުގެ އިސްލާމުން ވަނީ މިކަމާ ދެކޮޅަށް ގައުމުގައި އިހުތިޖާޖުކޮށްފައެވެ. މިގޮތުން ހޯމަ ދުވަހު މިކަމާ ގުޅިގެން އިންޑިއާގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި 38 މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްލާމީ ގައުމުތައް ކަމަށްވާ އީރާން، ކުވައިތު، ގަތަރު އަދި ސައުދި އަރަބިއްޔާ ހިމެނޭހެން އޮމާން، ޔޫއޭއީ، އީރާނުން ވެސް ވަނީ އެކަށް ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އުރުދުން، އަފްގާނިސްތާން، ބަހުރައިން، ދިވެހިރާއްޖެ އަދި ލީބިޔާއާއި އިންޑޮނޭޝިއާއިން ވެސް ވަނީ އެކަން ކުށްވެރިކޮށް، އެގޮތަށް އެކަން ކުރުމަށް މަގުފަހިކޮށްފައިވާތީ އިންޑިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް ގޮވާލާފައެވެ.

މި 15 ގައުމުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ބަލައިނުގަނެވޭނަކަމަށް ބުނެ އިންޑިއާ ސަރުކާރުން އެކަމާއި ގުޅިގެން މައާފަށް އެދުމަށް ގޮވާލާފައެވެ.

އިންޑިއާގައި ވެސް އިދިކޮޅު ޕާޓީތަކުން ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ބީޖޭޕީގެ 2 އޮފިޝަލުން ގައުމުގެ އަގުވައްޓާލިކަމަށް ބުނެ ގާނޫނީ ފިޔަވަޅު އެޅުމަށް ބާރުއަޅާ އިންޑިއާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ފުރައްސާރައިގެ ޓްވީޓްތަކާއި ކޮމެންޓުތަކަކީ އެއްވެސް ހާލަތެއްގައި ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި، އެއީ އެމީހުންގެ އަމިއްލަ ހިޔާލުކަމަށެވެ.

މީގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިންޑިއާގެ އާބާދީ މަދު މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް އދ އަށް ގޮވާލާފައެވެ. މީގެ އިތުރުން ގަލްފުގެ ގައުމުތަކާއި އިސްލާމީ އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އިންޑިއާ ސަރުކާރުގެ ސަފީރުންނާ މަންދޫބުން ގައުމުތަކުން ވަނީ އެގައުމުތަކުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެދެމީހުންގެ އަމަލު ކުށްވެރިކުރާކަން އަންގާ އެކަމުގެ ލިއުން ދީފައެވެ.

ބީޖޭޕީގެ ދެ އޮފިޝަލުންގެ މި އަމަލުތަކާއެކު ސޯޝަލް މީޑިއާގައި އެކި ގައުމުތަކުން އަންނަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

ނުޕުރު ޝަރްމާ ބީޖޭޕީން ވަކިކޮށްފައިވާއިރު، ޖިންދަލް ވަނީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ. ބީޖޭޕީގެ މިނިންމުމަށް ސައުދީ މަރުހަބާ ކިޔާފައިވާއިރު، ނިއު ދިއްލީގައި ހުންނަ ގަތަރުގެ އެމްބަސީގެ އިސް އޮފިޝަލަކު ވަނީ އެ ދެ މެމްބަރުންގެ ވާހަކަތަކުން ސަރުކާރު އެއްކިބާވާ ކަމަށް އިންޑިއާގެ ސަރުކާރުން އާންމުކޮށް އިއުލާނުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައެވެ. އެގޮތުން އެ އޮފިޝަލް ވަނީ ދީނަށް ފުރައްސާރަ ކުރުމަކީ އިގުތިސާދީ ގޮތުން އިންޑިއާއަށް އެކަމުގެ ތަކުލީފު އުފުލަން ޖެހިދާނެ ކަމެއް ކަމަށް ފާހަގަކޮށް، ގަތަރުގެ ބައެއް ސުޕަރމާކެޓް ތަކުން މިހާރުވެސް އިންޑިއާގެ މުދާ ބޮއިކޮޓްކުރުމަށް ރިޕޯޓުތައް ހުށަހަޅަމުންދާކަމަށް ބުނެފައެވެ.

ނުޕުރް ޝަރްމާ، ރަސޫލާއަށް ފުރައްސާރަކޮށްފައިވަނީ ޓީވީއެއްގައި ކުރިއަށް ގެންދިޔަ ބަހުސްއެއްގެ ތެރެއިންނެވެ. ބީޖޭޕީ މީޑިއާގެ ޗީފް ނަވީން ކުމާރު ޖިންދަލް ރަސޫލާއަށް ފުރައްސާރަކޮށް ކުރީ ޓްވީޓެކެވެ. ނަމަވެސް ޕްރެޝަރާއެކު އޭނާ ވަނީ ފަހުން އެ ޓްވީޓް ޑިލީޓްކޮށްފައެވެ.

މި މައްސަލަ ހޫނުވެ އިންޑިއާގައި މުސްލިމުން މުޒާހަރާ ކުރަމުން އަންނަ އިރު، ނުޕުރް އަށް މަރުގެ އިންޒާރު ލިބިފައިވާކަމަށް ބުނެ އޭނާ ވަނީ ދިއްލީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. ޓީވީގައި ދެއްކި ވާހަކަތަކާއި ގުޅިގެން ފަހުން ނުޕުރް ވަނީ ޓްވިޓާގައި މައާފަށް އެދިފައެވެ.

ބީޖޭޕީ އިންޑިއާމުސްލިމުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު