Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްސީގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު

ދެވަނަ ފަހަރަށް ވޯޓު ނަގައިގެންވެސް ޝަހުބާން ސަލާމަތްވެއްޖެ

7 ޖޫން 2022 | އަންގާރަ 02:05

އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަަނަ ދުވަހުގެ ރޭ އޮތް ބައްދަލުވުމުގައި ޝަހުބާން ވަކިކުރަން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވެފައިވަނިކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2022 | އަންގާރަ 02:05
އެމްއެމްސީގެ ކުއްލި ޖަލްސާ

އެމްއެމްސީގެ ކުއްލި ޖަލްސާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެވަނަ ފަހަރަށް ނަގައިގެންވެސް އޭނާ ސަލާމަތްވެއްޖެއެވެ.

އެމްއެމްސީގެ މެންބަރު ކަމުން ޝަހުބާން ވަކިކުރުމުގެ މަސައްކަތް ކައުންސިލުން ފެށީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭ މައްސަލައިގައެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ އެމްއެމްސީގެ ކުއްލި ޖަލްސާއެއް ބާއްވާ އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަަނަ ދުވަހުގެ ރޭ އޮތް ބައްދަލުވުމުގައި ޝަހުބާން ވަކިކުރަން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވެފައިވަނިކޮށެވެ. ޝަހުބާން ވަކިކުރަން ބޭނުންވާ އަދަދަށް އެރޭވެސް ވޯޓު ލިބިފައެއްނުވެއެވެ.

ޝަހުބާން ވަކިކުރުމަށް ނެގުނު ވޯޓުގައި އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނެވެ. އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯވެއެވެ. ގާނޫނުގައި އޮންނަ ގޮތުން ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މެންބަރުކަމުން ވަކިކުރެވިދާނެއެވެ.

ނުވަ މެންބަރުންގެ ސޮޔާއެކު ޝަހުބާން ފަހުމީ އިސްތިއުފާ ދިނުމަށް ގޮވާލާ ގަރާރެއްވެސް އެމްއެމްސީން ވަނީ ފާސްކޮށްފައެވެ. ގަރާރުގައި ބުނެފައިވަނީ ކައުންސިލްގެ މެންބަރުން މީގެކުރިން އެދިފައިވާ ގޮތަށް ޝަހުބާން އިސްތިއުފާ ދީފައިނުވާތީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލައި ނުވަ މެންބަރުންގެ ސޮޔާއެކު އެ ގަރާރު ނެރުނީ ކަމަށެވެ. ގަރާރުގައި އިތުރަށް ބުނެފައިވަނީ ޝަހުބާންގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށް ތަހުގީގު ފެށިފައިވާކަމީ މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ޝަހުބާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފައެވެ.

އެމްއެމްސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ
31 އޮކްޓޯބަރު 2024

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
17 ޖުލައި 2023

ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

17 ޖުލައި 2023
ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ
10 ޖެނުއަރީ 2023

ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

10 ޖެނުއަރީ 2023
ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި
10 ޑިސެމްބަރު 2022

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި

10 ޑިސެމްބަރު 2022
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި
05 އޮކްޓޯބަރު 2022

އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

05 އޮކްޓޯބަރު 2022
އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
19 އޯގަސްޓު 2022

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

19 އޯގަސްޓު 2022
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
12 އޯގަސްޓު 2022

ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

12 އޯގަސްޓު 2022
ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި
01 އޯގަސްޓު 2022

ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި

01 އޯގަސްޓު 2022
ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް