Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ކޮންގްރެސް

ވިކްޓްރީގެ ސަސްޕެންޝަން އުވާލައިފި

6 ޖޫން 2022 | ހޯމަ 13:18

ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯއަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 ޖޫން 2022 | ހޯމަ 13:18
ވިކްޓްރީން ދެވަނަ ޑިވިޝަނަށް ތައްޔާރުވުމަށް ޕްރެކްޓިސްކުރަނީ

ވިކްޓްރީން ދެވަނަ ޑިވިޝަނަށް ތައްޔާރުވުމަށް ޕްރެކްޓިސްކުރަނީ

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ވިކްޓްރީ ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް, އެފްއޭއެމްގެ ކޮންގްރެސްއިން މިއަދު އެސަސްޕެންޝަން އުވާލައިފިއެވެ. ވިކްޓްރީގެ ސަސްޕެންޝަން އުވާލާފައި މިވަނީ އެކްލަބުން ކުޅުންތެރިންނަށް ދޭންހުރި މުސާރައާއި, ދަރަނިތައް ޚަލާސްކުރުމުންނެވެ.

އެފްއޭއެމްއިން ވިކްޓްރީގެ ސަސްޕެންޝަން އުވާލިއިރު ދެވަނަ ޑިވިޝަންގައި ވާދަކުރަން ޓީމެއް އެކުލަވާލައި, އާދިއްތަ ދުވަހުގެރޭ އެޓީމުން ވަނީ ޕްރެކްޓިސްވެސް ފަށާފައެވެ. ޓީމުން ދަރަނިތައް ދައްކައި، ޕްރެކްޓިސް ފެށީ އާ ބޯޑެއް އިންތިޚާބުކޮށްގެންނެވެ. އާބޯޑާއެކު ވިކްޓްރީގެ ޗެއަރމަންކަމަށް އިންތިޚާބުވީ މުލީއާގޭގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް (އާދަމްބެ)އެވެ. އެބޯޑްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވައެވެ.

2019 ވަނަ އަހަރު ވިކްޓްރީ ސަސްޕެންޑްކުރީ، މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކެއްގެ ސަބަބުންނެވެ. އޭރު ކްލަބްގެ ޗެއަރމަންއަކަށް ހުންނެވީ އަހުމަދު ނާޝިދު (ނާޝް)އެވެ. އާބޯޑް އިންތިޚާބުވެ، ދާދި އަވަހަށް ވަނީ ކުޅުންތެރިންގެ މުސާރަ އެފްއޭއޭއެމްއާ ހަވާލުކޮށްފައެވެ. އަދި ބިދޭސީ ކުޅުންތެރިންނާއި, ލަންކާގެ ކޯޗު ޕަކީރު އަލީއާއެކު ޓީމެއް އެކުލަވާލާފައެވެ.

ވިކްޓްރީއަށްވުރެ ކުރިން ސަސްޕެންޑްކުރި އެންމެ ކާމިޔާބު ކްލަބް ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާނުލިނަމަވެސް، ދަރަނިތައް ދެއްކުމުން ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯއަށް ދިނުމަށް މިއަދުގެ ކޮންގްރެސްއިން ވަނީ ނިންމަވާފައެވެ. ނިއުރޭޑިއަންޓުންވެސް އާ ބޯޑެއް އިންތިޚާބުކޮށް, ދަރަނިތައް ދައްކައި، ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބާރުލެއްވުން ލިބޭކަމަށް ނިއުރޭޑިއަންޓްގެ އާބޯޑުން ބުންޏެވެ. މިއަދު ކޮންގްރެސްގައި ވިކްޓްރީގެ ސަސްޕެންޝަން އުވާލުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވިދާޅުވީ، ސަސްޕެންޝަންގައި އޮތް ދެކްލަބްގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލު ގެނައުން ކޮންގްރެސްގައި އޮންނާނެކަމަށާއި, ރައީސުލްޖުމްހޫރިއްޔާއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް