Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

"އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމަށް ފައިދާހުރި ކެމްޕޭނެއް ނޫންކަން އެކަން ކުރާ ފަރާތްތަކުންވެސް ޤަބޫލުކުރޭ"

އެއީ އިންޑިއާއާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2022 | ހޯމަ 08:46
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމަށް ފައިދާހުރި ކެމްޕޭނެއް ނޫންކަމަށް އެ ކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުންވެސް ޤަބޫލުކުރާކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ދިވެހިރާއްޖެއަށް އިންޑިއާ އައުޓް ޙަރަކާތާއި ގުޅޭގޮތުން ގެއްލުންވޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ގެއްލުންހުރި ކެމްޕޭނެއްކަމަށް ރައީސްގެ ޤަރާރަކުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން އަވައްޓެރި ޤައުމުތަކާ ދެމެދު ފިތުނަ އުފެދޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ކެމްޕޭނަކީ ޤައުމަށް ފައިދާހުރި ކެމްޕޭނެއް ނޫންކަން އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުންވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ އިދިކޮޅު ކޯލިޝަނުން އިންޑިއާއާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތަކަށްވާތީ، އެއީ ޤައުމީ ސަލަމާތަށް ހުރި ނުރައްކަލެއް ކަމަށް ނިންމައި ރައީސް ވަނީ ޤަރާރެއް ނެރުއްވާފައެވެ. ނަމަވެސް އިދިކޮޅުން އެ ހަރަކާތް ހުއްޓައެއްނުލައެވެ. އެގޮތުން މާލޭގެ އެކި ތަންތަނުގައި "އިންޑިއާ އައުޓް" ޖެހުމާއި ބެނާތައް ނެގުމާއި ކަރުދާސް އެޅުން ފަދަ ކަންކަން އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ތަފާތު އެކި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި އިންޑިއާއިން ލިއްބައިދޭ އެހީތެރިކަމަށްވެސް އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އެ މަސައްކަތުގައި ގޮންޖެހުން ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ވަސީލަތްތަކުގެ ގޮންޖެހުންވެސް ކުރިމަތިވާ ކަމަށެވެ.

މީގެއިތުރުން، ކޯޓުތަކުން ވަގުތުން ވަގުތަށް ނަގަންޖެހޭ އަމުރުތަކާއި، ހެކި ރައްކާތެރި ކުރުމުގައި ދިމާވާ ގޮންޖެހުންތައް މިފަހުން ދިމާވި އެފަދަ ބޮޑެތި މައްސަލަތަކުގައިވެސް ފާހަގަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާ އައުޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައްޔިތުންގެ މަޖިލިސްމިނިސްޓަރ އިމްރާން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު