Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ މަގު ހެދުމުގެ މަސައްކަތް

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ލަސްނުވެ ތާރީޚަށް ނިމޭނެ – އެފްކޮންސް

މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 09:51
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތް ލަސް ނުވެ ދީފައިވާ މުއްދަތުގެ ތެރޭގައި ނިމޭނެކަމުގެ ޔަގީންކަން އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން ދީފިއެވެ.

ނިމިގެންދިޔަ ހަފްތާ ތެރޭގައި، އިންޑިއާއަށް ދިވެހި ނޫސްވެރިން ކުރި ފެމިލިއަރައިޒޭޝަން ދަތުރުގެ ތެރެއިން، ރާއްޖޭގައި މިހާތަށް ކުރިއަށްގެންދެވޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު 2 މަޝްރޫއުކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް އަދި އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ އިސްވެރިންނާއި ވަނީ ބައްދަލުކޮށްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި، މި 2 ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުންޏާއި ހަވާލުކޮށްފައިވާ އައްޑޫ ސިޓީގެ 103.7 ކިލޯ މީޓަރުގެ މަގާއި، އެ މަސައްކަތާއެކު ކުރިއަށްގެންދާ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް މި މަސައްކަތް ކުރުމުގައި ބޮޑު ގޮންޖެހުމަކާއި ދިމާ ނުވާ ކަމަށާއި، ދިމާވާ މައްސަލަތައް ހައްލުކޮށް މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނެފައިވަނީ ސަރވޭގެ އިތުރުން ޖިއޯޓެކްނިކަލް ދިރާސާގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެއްއަވަށް އަނެއް އަވަށާއި ގުޅުވާލާ ފާލަމާއި، މަގުތަކާއި ފެން ހިންދާ ނިޒާމުގެ ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެފްކޮންސް އިން ބުނީ މިހާތަނަށް މި މަސައްކަތް ކުރުމަށް 585 މަސައްކަތު މީހުން އައްޑޫއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާ މީހުންގެ އަދަދު 900ށް އަރާނެ ކަމަށެވެ. މަސައްކަތުގެ މީހުންގެ އިތުރުން އިންޖިނިއަރުންގެ ގޮތުގައި 50 މީހަކު ފޮނުވާފައިވާއިރު، މަސައްކަތް ކުރިއަށްދާ ވަރަކަށް އިތުރު އިންޖިނިއަރުން ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެފްކޮންސް އިން ބުނީ މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ފޮނުވާފައިވާ އިރު، މަސައްކަތް ކުރާނެ ސައިޓް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި 21 ފެބްރުއަރީ 2021ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ. މި މަޝްރޫއުގެ އަގު 77،630،898.00 (ހަތްދިހަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިހަ އަށް) ޔޫއެސް ޑޮލަރަށް އަރާއިރު, އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1,197,068,447.16 (އެއްބިލިއަން އެއްސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހެވެ.

އައްޑޫ މަގުހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 27 މާޗުގައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރ ޑރ. އެސް ޖަޔަރ ޝަންކަރުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންޓަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ "އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ- އެލް.އީ.އޭ އެސޯސިއޭޓް ސައުތު އޭޝިއާ ޖޭވީ"އެވެ. އައްޑޫސިޓީގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ މަގުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ, ޑިޒައިންކުރުމާއެކު ކޮންސްޓްރަކްޝަންގެ މަސައްކަތް ހިމެނޭ ގޮތަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ. އެގޮތުން ގާއިމްކުރާ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެއެވެ.

އެގޮތުން ހިތަދޫގައި 51.23 ކިލޯ މީޓަރުގެ މަގު ތަރައްގީކުރާ އިރު، 55.95 ކިލޯމީޓަރގެ ފެންހިންދާ ނިޒާމް އަދި 180 ސީސީޓީވީ ކެމެރާ ހަރުކުރެވިގެންދާނެއެވެ. މަރަދޫ އަދި މަރަދޫ ފޭދޫގައި 16 ކިލޯ މީޓަރުގެ މަގު ތަރައްގީކުރެވިގެންދާ އިރު، 15.63 ކިލޯ މީޓަރުގެ ފެން ހިންދާ ނިޒާމާއި، 60 ސީސީޓީވީ ކެމެރާ ހަރުކުރެވިގެންދާނެއެވެ.

އަދި ހުޅުދޫ މީދޫގައި 29.97 ކިލޯ މީޓަރުގެ މަގު ތަރައްގީކުރެވިގެންދާ އިރު، 32.20 ކިލޯ މީޓަރުގެ ފެން ހިންދާ ނިޒާމާއެކު 76 ސީސީޓީވީ ކެމެރާ ހަރުކުރެވިގެންދާނެއެވެ. ފޭދޫގައި 6.6 ކިލޯމީޓަރުގެ މަގާއެކު 60 ސީސީޓީވީ ހަރުކުރުމަށް ވަނީ ހިމަނާފައެވެ.

376 ސީސީޓީވީ ކެމެރާތަކުގެ ތެރޭގައި ބުލެޓް ކެމެރާ، އެންޕީއާރު ކެމެރާ އަދި ޕީޓީޒީ ކެމެރާ ހިމެނެއެވެ. މަގު ހަދާ ނިމޭ އިރު 6 އަވަށުގައި 3600 މަގު ބައްތި ހަރުކުރެވޭނެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު އައްޑޫ ސިޓީގައި މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 4.3 ކިލޯމީޓަރު މަގުގެ ރީސަރފޭސިން މަސައްކަތް ކުރުމަށާއި, ތަރައްގީކުރާ މަގުތަކުގައި މަގުބައްތިއާއި ސީސީޓީވީ ކެމެރާ ހަރުކުރުމާއި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކަންކަމުގެ އިތުރުން، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 463.1 ކިލޯމީޓަރުގެ އައު 4 ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މިމަޝްރޫއުގެ ދަށުން ގާއިމްކުރެވޭނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ވެގެން ދާނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ތަރައްގީގެ އައު އަރުތަތަކަކަށެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫއެފްކޮންސްމަގު ހެދުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް

އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް

05 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
މި ސަރުކާރުން ފުވައްމުލައް ސިޓީގައި ތަރައްގީގެ މަޝްރޫއު ތަކަށް އެންމެ ވެލި ފުކެއް ވެސް އަޅާފައި ނުވޭ: ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ތަރައްގީގެ މަޝްރޫއު ތަކަށް އެންމެ ވެލި ފުކެއް ވެސް އަޅާފައި ނުވޭ: ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު