Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

މަނީ ލޯންޑްރިންގގެ މައްސަލައެއްގައި ޝަހްބާޒް ޝަރީފް އާއި ދަރިކަލުން ހައްޔަރުކޮށްދިނުމަށް އެފްއައިއޭއިން އެދިއްޖެ

ހޮނިހިރު ދުވަހުގެ އަޑުއެހުން ކޯޓުން ނިންމާލާފައި ވަނީ ޝަހްބާޒާއި ހަމްޒާގެ އިންޓަރިމް ބެއިލް ޖޫން 11 ވަނަ ދުވަހަށް ދިގުދައްމާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2022 | ހޮނިހިރު 16:34
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

މަނީ ލޯންޑްރިންގގެ މައްސަލައަކާ ގުޅިގެން ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއި ފިރިހެން ދަރިކަލުން އަދި ޕަންޖާބްގެ ޗީފް މިނިސްޓަރ، ހަމްޒާ ޝަހްބާޒް ހައްޔަރުކޮށްދިނުމަށް އެގައުމުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން އެދިއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން 16 ބިލިއަން ރުޕީސް ލޯންޑަރ ކުރިކަމުގެ މައްސަލައަކާ ގުޅިގެން މިދެބޭފުޅުން ހައްޔަރުކުރުމުގެ އަމަރު ނެރެދެއްވުމަށް ހޮނިހިރު ދުވަހު އެފްއައިއޭ އިން ވަނީ ހުށަހަޅާފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަހްބާޒް އަދި ހަމްޒާގެ އިންޓަރިމް ބެއިލް ވަނީ ޖޫން ހަތަރުވަނަ ދުވަހަށް ދިގުދައްމާލާފައެވެ. ހޮނިހިރުދުވަހު ޝަހްބާޒް އަދި ހަމްޒާވެސް ވަނީ ކޯޓަށް ހާޒިރުވެފައެވެ.

ކޯޓުން ވަނީ މިމައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ސުލޭމާން ޝަހްބާޒް އާއި ތަހިރް ނަޤްވީ އަދި މާލިކް މަޣްސޫދު ހައްޔަރުކުރުމުގެ އަމުރުތައް އަލުން އިއްވާފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެފްއައިއޭ އިން ވަނީ މިމައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ތަހްގީގް ރިޕޯޓެއްވެސް ހުށަހަޅާފައެވެ.

ހޮނިހިރު ދުވަހުގެ އަޑުއެހުންތައް ކޯޓުން ނިންމާލާފައި ވަނީ ޝަހްބާޒާއި ހަމްޒާގެ އިންޓަރިމް ބެއިލް ޖޫން 11 ވަނަ ދުވަހަށް ދިގުދައްމާލާފައެވެ.

ޝޭހްބާޒް ޝަރީފް ޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު