Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުނި ވަކިކުރުން

ކުނި ވަކިކުރުމަށް އެއްބާރުލުން ދިނަސް، ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަން

ޖޫން 1ން ފެށިގެން ގޭބީސީތަކުން ކުނި ނެރެނީ ވަކިކޮށްގެން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 09:56
ކުނި ވަކިކޮށްފައި

ކުނި ވަކިކޮށްފައި

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަނީ މަދު ގައުމެއްގައެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެ މައްސަލައަކީ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައޭވެސް ބުނެވިދާނެއެވެ. މިކަމަކީ ގިނަ ސްޓްރެޓެޖީތަކެއް އެކުލަވާލައި، އެތައް ޚަރަދެއް ކޮށްގެން، އެތައް އަހަރެއްގެ މަސައްކަތުން ނޫނީ ހައްލު ގެނެވޭނެ މައްސަލައެއް ނޫނެވެ. އެހެންކަމުން ގިނަ ގައުމުތަކަށް މިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއީ މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން މަސައްކަތްކުރަމުންދާއިރު، ކުނި އަންދައިގެން ޖައްވަށް ވިހަ ގޭސް ބޭރުވުން ހުއްޓުވަން މިވަނީ ޖެހިފައެވެ. އޭގެ ބަދަލުގައި ރައްކާތެރިގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތެއް ހޯދަން ވަނީ ޖެހިފައެވެ. މިކަމަށް އަހަރުތަކެއް ނެގި ނަމަވެސް، ކުޑަކުޑަ މަސައްކަތަކުން މިކަން ފަށައިފިނަމަވެސް ކުރިމަގުގައި ނަތީޖާ ފެނިދާނެނޫންތޯއެވެ؟ ކުނި މެނޭޖްނުކުރެވުމުގެ މައްސަލައަކީ ރާއްޖެއަށްވެސް ދިމާވެފައިވާ މައްސަލައެކެވެ. ހައްލެއް ނުހޯދި އެތައް އަހަރެއް ވީއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވައުދާ އެއްގޮތަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.

ސަރުކާރަށް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި މަސައްކަތް ފެށުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް، މިހާރު މިވަނީ ކުނި މެނޭޖްކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރެން މިހާރު ވަނީ އަންގާފައެވެ. އަދި މިހާރު މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރެމުން ދަނީ މިގޮތަށް އެކި ބައިތައް ވަކިކޮށްގެންނެވެ. މިކަމަށް ވެމްކޯއިންނާއި، ސަރުކާރުންވެސް ދަނީ ތައުރީފުކުރަމުންނެވެ. ހަގީގަތުގައި ސަރުކާރުން ފަށާފައިވާ ތަރައްގީގެ ބޮޑު މަސައްކަތަކަށް އާންމުންގެ ފަރާތުން އެ ދެވެނީ ވަރަށް ބޮޑު އެއްބާރުލުމެކެވެ. ސަރުކާރުގެ ވިސްނުމަކީ ޒަމާނީ ހައްލެއް މިކަމަށް ގެނައުމެވެ.

ކޮންމެ ކަމެއްވެސް އަލަށް ފަށާއިރު އެކަމަކަށް ހޭނެން ވަގުތުކޮޅެއް ނަގާނެއެވެ. ޝަކުވާތަކެއްވެސް ހުންނާނެއެވެ. މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ވަކިކޮށްގެން ނެރެން އެންގި ހިސާބުން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތައް ފެންމަތިވެގެންދިޔައެވެ. މާލެ ސަރަހައްދުގައި އުޅޭ ގިނަ މީހުންނަކީ ޖާގަ ބޮޑެތި ތަންތަނުގައި އުޅޭ ބައެއް ނޫނެވެ. ކުދި ކުދި ތަންތަންކޮޅުގައި އުޅޭއިރު، އެކި ވައްތަރުގެ ކުނި ވަކިކޮށްފައި ބެހެއްޓުމަކީ ހަގީގަތުގައިވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ގިނަ ގޭގޭގެ ތިރީގައިވެސް އެކި ވައްތަރުގެ ކުނި ވަކިކޮށްފައި ބެހެއްޓޭނެހާ ޖާގަ ނެތުމުގެ ސަބަބުން ހުރިހާ ކުންޏެއް ބަހައްޓަންޖެހެނީ އެއް ތަނަކަށް ޖަމާކޮށްފައެވެ. ކުނި ނެރޭއިރު ނެރެންޖެހެނީ ޕްލާސްޓިކް ކޮތަޅަށް އަޅާފައެވެ. ދުވާލަކު ތިން ކޮތަޅު މިކަމަށް ބޭނުންކުރަންޖެހޭއިރު، ކޮތަޅު ހޯދުމަކީވެސް އެންމެންނަށް ފަސޭހަ ކަމަކަށް ނުވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް މިހެން ހުރި ނަމަވެސް ހަގީގަތުގައި ސަރުކާރުން ފަށާފައިވާ މި މަސައްކަތަކީ މިގޮތުގައި ހިފަހައްޓާލައިފިނަމަ ވަރަށް ރަނގަޅު ނަތީޖާއެއް އެއިން ނުކުންނާނެ ކަމެކެވެ. ގޭބީސީތަކުން ކުނި ނެރޭއިރު މިގޮތަށް ކުނި ވަކިކޮށްގެން ނެރެން އަންގާފައިވަނީ އެކަމުން ރައްޔިތުންނަށް ފައިދާވާނެ މުހިންމު މަސައްކަތެއް ފެށުމަށެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމްކުރުމަށެވެ. މި މަސައްކަތަށް ބޭނުންވާ ކޮލިޓީގެ ކުނި ވެމްކޯއިން މިހާރު ގެންދަނީ އެއްކުރަމުންނެވެ. ގޭބީސީތަކުން ކުނި ވަކިކުރުމަކީ ވެމްކޯގެ މުވައްޒަފުން ކުނި ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުޑަވެ، އެ މަސައްކަތައް ބޭނުންވާ ކޮލިޓީގެ ކުނި ހޯދުމަށް މަގުފަހިވާ ކަމެކެވެ.

މާލެ ސަރަހައްދުން ނަގާ ކުނި ޖަމާކުރަމުންދާ ތިލަފުއްޓަށް ބަލާއިރު، ތިލަފުއްޓަކީ ކުނި ފަރުބަދަތަކުން މަޝްހޫރު ވެފައިވާ ރަށެކެވެ. އެހެންނަމަވެސް މިއަދު އެ ފަރުބަދަތަކުގައި ހުރި ކުނިތައް ޕްރޮސެސްކޮށް ކުނި ވަކިކޮށް، އެ ފަރުބަދަތައް ބިމާ ހަމަކޮށް ހުސްކުރުމުގެ މަސައްކަތް ވެމްކޯގެ ހީވާގި މަސައްކަތްތެރިން ދަނީ ކުރަމުންނެވެ. މިއަދު މަންޒަރު މިދަނީ ވަރަށް ބޮޑަށް ސާފުވަމުންނެވެ. މިއީ ކުނީގެ މައްސަލައަށް އޮތް ޒަމާނީ ހައްލެކެވެ. ސީދާ ރައްޔިތުންނަށް އެއިން ފައިދާކުރާނެ ހައްލެކެވެ. ހަމައެކަނި މާލެ ސަރަހައްދުން އުފައްދާ ކުނިންވެސް 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މިއީ ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ މައްސަލަ ހައްލުވާނެ ކަމެއްވެސް މެއެވެ.

އިހައްދުވަހަކު މާލެ ސަރަހައްދުން ކުނި ވަކިކޮށްގެން ނެރެން ފެށިނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި މިކަން މިގޮތަށް ކުރާތާ އަހަރުތަކެއް ވީއެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ މީހުންނާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ އަޅާކިޔުމަކީ މި ދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. މި ދަނޑިވަޅުގައި އެންމެ ބުއްދިވެރީ ސަރުކާރުން އަންގާފައިވާ ގޮތަށް މިކަން ކުރުމެވެ. މިކަމުން ނުކުންނަ ނަތީޖާ ފޮނިވާނެ ކަމާއިމެދު ޝައްކެއްނުކުރަމެވެ.

ކުނިވެމްކޯމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު