ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 08:03
ލޯކަލް ކައުންސިލް އިންތިޚާބު 2020
ލޯކަލް ކައުންސިލް އިންތިޚާބު 2020
ރާއްޖެއެމްވީ
ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ޕީޕީއެމްއަށް
އެހެން ކެންޑިޑޭޓަކު ވާދަނުކުރާތީ، ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ޕީޕީއެމްއަށް
މިދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު

ހއ. ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ނަން ހުށަހަޅާފައިނުވާތީ، އެ ގޮނޑި އިދިކޮޅު ޕީޕީއެމްއަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ، ޕީޕީއެމްގެ ކެންޑިޑޭޓު ހއ. ވަށަފަރު ނިއުފޯސް، ޒުހާ އިބްރާހީމަށް އެ ގޮނޑި ލިބުނީ، އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި އޭނާ ފިޔަވައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، އިންތިޚާބަކަށް ނުގޮސްކަމަށެވެ. މިދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ވަށަފަރުގެ ގޮނޑި އިންތިޚާބަކާނުލައި ޕީޕީއެމްއަށް ލިބުމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްކުރައްވާފައެވެ. "ސިޔާސީ ޕާޓީ ތަކުގެ އެންމެ ބޮޑު މަގުސަދަކީ އިންތިޚާބުތަކުގައި ވާދަކުރުން. އެހެން ޕާޓީތައް ކޮބައިތޯ؟" ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޑަބްލިޔުޑީސީގެ ގިނަ ގޮނޑިތަކެއް ހުސްވެ، ބައި އިލެކްޝަންތައް ގިނައިން ބާއްވަންޖެހުމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް