ފުށިދިއްގަރު ފަޅު ކައިރިން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
3 ޖޫން 2022 | ހުކުރު 16:09ދޯނީގެ ބައެއް ފުށިދިއްގަރު ފަޅު ކައިރިން އިރުމައްޗަށް އޮޔާދާ ކަމަށް އެމްއެންޑީއެފުން ބުނޭ

އިދުހާމް ނަޢީމް | 3 ޖޫން 2022 | ހުކުރު 16:09

އޮޔާ ދާ ދޯނީގެ ބައި
ކ. ފުށިދިއްގަރު ފަޅު ކައިރިން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ހުކުުރު ދުވަހު ބުނީ ދޯނީގެ ބައެއް ފުށިދިއްގަރު ފަޅު ކައިރިން އިރުމައްޗަށް ވާ ގޮތަށް އޮޔާ ދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
ވީމާ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ރޭގަނޑު ވަގުތު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދޯންޏެއްގެ ބައެއް އޮޔާ ދާ ކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެންޑީއެފް އިން ހިއްސާ ކޮށްފައެއް ނުވެއެވެ.











