Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން

މެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތަވާލު ކޮށްފި

ޝަރީއަތް ތާވަލު ކޮށްފައިވަނީ މާދަމާ ހެނުނު 10:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ޖޫން 2022 | ހުކުރު 13:29
މެއި 6ގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތައް

މެއި 6ގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ހޮނިހިރު ދުވަހަށް ތާވަލު ކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނުނު 10:00އަށެވެ. މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރުމަށްފަހު މި މައްސަލައިގައި ތާވަލު ކުރި ފުރަތަމަ އަޑުއެހުމެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އޭޕްރިލް 30ވަނަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތައް ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 މެއި 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމަކީ ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ދެފަރާތުން ވާހަކަދައްކައި ގޮތެއް ނިންމުމާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް މައްސަލަ ބައްލަވާ ގާޒީން ނެރެދެއްވިއެވެ. އެއަށްފަހު، މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް އެ ދުވަހު ވަނީ ފުރުސަތު ދެއްވާފައެވެ.

މެއި 6 ގެ ހަމަލާއާއި ގުޅިގެން 10 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މީގެ ތެރޭގައި އަޑުއެހުން ބާއްވަން ތާވަލު ކޮށްފައިވަނީ ފޮޅޭމާ، ގއ. ކޮނޑޭ، ތަހުމީން އަހުމަދާއި މއ. ފޭރުގެ މުޖާޒު އަހުމަދާއި ނޫރީގެ ނ. މަނަދޫ އަލީ ހައިޝަމް އާއި މއ. ކުދެހިގެ، އިސްހާގު އާއި ހުދުރުވާގެ، ގއ. ވިލިނގިލި ފަހުމީ އަލީ އަސަރީގެ، އއ. މާޅޮސް މުހައްމަދު ނާޒިމްގެއެވެ.

މި ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙުމަދު ރަޝީދު އަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ ވަކީލުންނަށް ދީފައެވެ.

ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
21 ޑިސެމްބަރު 2023

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
02 ޖޫން 2023

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

02 ޖޫން 2023
މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު
05 އެޕްރީލު 2023

ބޮމުގެ ހަމަލާގެ މައްސަލައިގައި ފެއިލްވިކަމަށް ގަބޫލެއް ނުކުރަން - މާރިޔާ

05 އެޕްރީލު 2023
ބޮމުގެ ހަމަލާގެ މައްސަލައިގައި ފެއިލްވިކަމަށް ގަބޫލެއް ނުކުރަން - މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު