Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަރުދަނާ އާއިލާއެއް ބިނާކުރުން

ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ ހަޔާތުގެ ބައިވެރިއަކަށް ދީންވެރި، ޚުލްގުހެޔޮ މީހަކު އިޚްތިޔާރުކޮށްގެން: ޚުތުބާ

ރަނގަޅު މުޖުތަމައެއް ބިނާކުރަން އެންމެ ފުރަތަމަ ހަރުދަނާކުރަންޖެހެނީ އާއިލާތައް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 ޖޫން 2022 | ހުކުރު 08:22
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

އާއިލާއެއްގެ ބިންގާ އަޅާއިރު ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ދީންވެރި، ޚުލްގުހެޔޮ މީހަކު އިޚްތިޔާރުކުރުމަށް އިސްކަންދޭންޖެހޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހަރުދަނާ އާއިލާއެއް ބިނާކުރުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނީ މުޖުތަމައެއް އުފެދެނީ ކުދިކުދި އާއިލާތަކުން ކަމުގައެވެ. މުޖުތަމައެއް ހަރުދަނާކުރުމަށް އެންމެ ފުރަތަމަ ހަރުދަނާކުރަންޖެހެނީ މި ކުދި ކުދި އާއިލާތައް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މުޖުތަމައުގެ އަޚްލާގީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ބޮޑެތިވަމުން އަންނަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ނުދެވުމެވެ. އެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ދީންވެރި، ޚުލްގުހެޔޮ މީހަކު އިޚްތިޔާރުކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކައިވެނިކުރުމަށް އިޚްތިޔާރުކުރާ އަންހެން މީހާގެ ކިބައިގައި ރަނގަޅު ސިފަތަކެއް ހުންނަންޖެހޭ ފަދައިން ފިރިހެން މީހާގެ ކިބައިގައިވެސް ރަނގަޅު ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޚުތުބާފައި ބުނެފައިވެއެވެ. ދީންވެރި، އޯގާތެރި، ޚުލްގު ހެޔޮ މީހަކު ހަޔާތުގެ ބައިވެރިއަކަށް ޚިޔާރުކޮށްފިނަމަ އެމީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެއެވެ.

ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ބަލަންވީ އެންމެ އެކަށީގެންވާ މިންގަނޑު އިސްލާމް ދީނުގައި މިގޮތަށް އައިސްފައިވީނަމަވެސް މި މިންގަނޑަށް ބަލައިލެވެނީ ކިހާ ވަރަކަށްތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ. ރަނގަޅަށް ބަލައިނުލާ އިޚުތުޔާރުކުރާ ބައިވެރިޔާގެ ހަޤީޤީ ސޫރަ ފެންނަން ފަށަނީ ކައިވެނިކޮށް، ދަރިންވެސް ލިބޭ ފަހުން ކަމަށާއި، އެންމެ ފަހުން އާއިލާ ރޫޅި، ދަރިންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދެމަފިރިން އެކަކު އަނެކަމަށް ވަގުތު ނުދިނުމަކީވެސް ފެންނަ ވަރަށް ގޯސް މަންޒަރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކޮންމެ ދުވަހަކުވެސް އާއިލާއާއި ދަރިންނަށް ދޭންވާ ވަގުތު ނުދޭނަމަ އާއިލާއަށް ވާނީ ކިހިނެއްތޯ ޚުތުބާގައި ސުވާލުކޮށްފައިވެއެވެ.

އާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ހޯދުމަށް މައިންބަފައިން ދަރިންނަށް ރިވެތި ނަމޫނާއެއް ދައްކަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު