Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީ ދަފްތަރު

ގަވާއިދާ ޚިލާފަށް ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކޮންމެ ޝަކުވާއެއް ބެލުމަށްފަހު ފިޔަވަޅު އަޅާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ޖޫން 2022 | ހުކުރު 02:16
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަނީ

އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަނީ

ގަވާއިދާއި ޚިލާފަށް ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ބުނީ، ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާއި ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައިވާ ކަމަށާއި، އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއްނެތި ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމަވާފައިވާކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްޙަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީން ނިންމީ ބުދަ ދުވަހުއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ނިންމުމާ އެއްގޮތަށް އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކާ މެދު އަމަލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ސައްޙަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ފުރަތަމަ ފަހަރު ރަޖިސްޓްރާ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ދެފަހަރަށް ވުރެ ގިނައިން އެކަން ތަކުރާރު ކޮށްފިނަމަ ކޮންމެ ފަހަރަކު ރަޖިސްޓްރާ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މިގޮތަށް އީސީން ނިންމީ ސައްޙަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމަށެވެ. މި ބަދަލުން ވެސް އެކަށީގެންވާ ހައްލެއް ނުލިބޭނަމަ ފޯމުގައި ސޮއި ކުރާ ކޮންމެ ހެކިވެރިޔަކުވެސް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތަށް އަމަލު ކުރާނީ މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ސައްޙަ ނޫން ފޯމުތައް ހުށަހަޅާކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.

އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު