Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޕްރެންޓިސްޝިޕް ޕްރޮގްރާމް

ހިތަދޫ ޕޯޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހިތަދޫ ޕޯޓުގައި މަސައްކަތް ކުރުމަށް ހުޅުވާލާފައިވަނީ 6 ފުރުސަތު

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 1 ޖޫން 2022 | ބުދަ 11:35
 ހިތަދޫ ޕޯޓް ގެ މުވައްޒަފުން ހިންގި ސާފު ކުރުމުގެ ހަރަކާތެއްގެ ތެރެއިން

ހިތަދޫ ޕޯޓް ގެ މުވައްޒަފުން ހިންގި ސާފު ކުރުމުގެ ހަރަކާތެއްގެ ތެރެއިން

ހިތަދޫ ޕޯޓް ލިމިޓެޑުގެ ވަޒީފާތަކާއި އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒް ކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ  ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ދެކުނުގެ ސަރަޙައްދީ ބަނދަރުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު 4 ދާއިރާ އަކުން ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓް ކުރުމާއި މެރިން މެކޭނިކުގެ ދާއިރާއާއި މެކޭނިކަލް އިންޖިނިއަރިން ގެ އިތުރުން  ވިންޗްމަންގެ ދާއިރާ ހިމެނެއެވެ.

Advertisement - newsAdvertisement

މި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެމްޕީއެލްއިން ކަނޑައަޅާ ތަނެއްގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމަށް ހޭދަކުރާ 3 މަސްދުވަހުގެ ތެރޭ، ދަތުރު ޚަރަދާއި،ހުރުމާއި ކެއުމާއި އެހެނިހެން ޚަރަދުގެ ގޮތުގައި މަހަކު -/11000 ރުފިޔާ ހަމަޖެހޭނެ ކަމަށް ހިތަދޫ ޕޯޓުން މަޢުލޫމާތު ދެއްވައެވެ. އެޕްރެންޓިސްޝިޕްގައި ބައިވެރިވެ ޓްރެއިނިންގ އަށް ހޮވޭ ފަރާތްތައް ހިތަދޫ ޕޯޓްގައިވެސް އިތުރު 3 މަހު މަސައްކަތް ކުރާއިރު އެމުއްދަތުގެ ތެރޭ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާތާ 6 މަސްފަހުން  ޕޯޓްގެ ދާއިމީ ވަޒީފާ އެބައިވެރިންނަށް ހަމަޖެހުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޓްރެއިނިންގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ވަނީ ހުޅުވާލާފައެވެ. ހިތަދޫ ޕޯޓަކީ  100 އަށް ވުރެ ގިނަ މުވައްޒަފުން މިހާރުވެސް މަސައްކަތް ކުރަމުންދާ ތަނަކަށްވެފައި ފަހަކަށް އައިސް އެތަނުގެ ވަޒީފާތަކަށް އަންހެނުން ޝައުގުވެރިވާ ނިސްބަތްވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެމްޕީއެލް އާއި  ޔޫތް މިނިސްޓްރީ ގުޅިގެން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އައްޑޫސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑްއައްޑޫ ސިޓީ ހިތަދޫ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
29 ޖެނުއަރީ 2025

އައްޑޫ ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 20 އަށް ވުރެ ގިނަ މުވައްޒަފުންގެ ރިސްކު އެލަވަންސް ކަނޑާލައިފި

29 ޖެނުއަރީ 2025
އައްޑޫ ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 20 އަށް ވުރެ ގިނަ މުވައްޒަފުންގެ ރިސްކު އެލަވަންސް ކަނޑާލައިފި
04 ފެބުރުއަރީ 2024

ސ. ހިތަދޫ އިހުގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

04 ފެބުރުއަރީ 2024
ސ. ހިތަދޫ އިހުގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ
06 ޑިސެމްބަރު 2022

ސ.ހިތަދޫ އިސްލާމިކް ސެންޓަރު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

06 ޑިސެމްބަރު 2022
ސ.ހިތަދޫ އިސްލާމިކް ސެންޓަރު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު