Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މޭނޭޖް ކުރުން

ކުނި މެނޭޖްކުރުން: އެއް އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ވަސީލަތްތައް ގާއިމްކުރަން ޖެހޭ

31 މެއި 2022 | އަންގާރަ 12:14

ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށުފެންވަރުގައި ދޭން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2022 | އަންގާރަ 12:14
ކިނޮޅޮހުގެ ކުނި މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ސަރަހައްދު

ކިނޮޅޮހުގެ ކުނި މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ސަރަހައްދު

ކޮންމެ ރަށެއްގައި އެއް އަހަރުގެތެރޭގައި އެކަމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި، ވަސީލަތްތައް ގާއިމް ކުރުން ލާޒިމްކޮށްފައިވާ "ކުނި މެނޭޖްކުރުމުގެ ބިލު"ގެ ބަހުސް ފަށައިފިއެވެ.

ބިލު ހުށައެޅުއްވީ، ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދުއެވެ.

Advertisement - newsAdvertisement

ބިލުގެ ބަހުސް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. ބަހުސްގައި މިހާތަނަށް ވާހަކަދެއްކެވި ގިނަ މެމްބަރުންވަނީ ކޮންމެ ރަށެއްގައި ކުނި މެނޭޖް ކުރުމަށް ޚާއްސަ ވަސީލަތްތައް ގާއިމްކުރާއިރު މިކަމަށް ބޭނުންވާ ފައިސާއާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ކުނިން ހަކަތަ އުފައްދައިގެން ފައިދާ ވާނެ ކަމަށާއި، ކުންޏަކީ އެކަމުން ރަނގަޅު އާމްދަނީއެއް ހޯދޭނެ އެއްޗެއްކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

ރާޝިދު ހުށައެޅުއްވި ކުނި މެނޭޖުކުރުމުގެ ބިލުގެ މަޤްޞަދަކީ ކުނީގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރު އެޅުމާއި، ކުނި އުފައްދާ މިންވަރު މަދުކޮށް ކުނި އަލުން ބޭނުންކުރުމާއި ރިސައިކަލް ކުރުމަށް ބާރު އެޅުމެވެ. އަދި ކޮންމެ ރަށެއްގައިވެސް އެރަށަކާ އެކަށީގެންވާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުންވެސް ބިލުގެ މަގްސަދުތަކުގެތެރޭގައި ހިމެނެއެވެ.

މި ބިލުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް ކައުންސިލުތަކަށް ގިނަ ޒިންމާތަކެއް މަތިކޮށްފައިވެއެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށު އަދި ސިޓީ ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސައި، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށުފެންވަރުގައި ޕްލޭންކުރުމާއި، މަޝްރޫޢުތައް އެކުލަވާލުމާއި، މަޝްރޫއުތައް ތަންފީޒްކުރުން ހިމެނެއެވެ. އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ރަށު އަދި ސިޓީ ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާލީ އަދި ފަންނީ ވަސީލަތް ހޯދުންވެސް ކައުންސިލްތަކުގެ ޒިންމާތަކުގެ ގޮތުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެރަށެއް ނުވަތަ ސިޓީއެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތުން ނަގާނެ އަގެއްވެސް ކަނޑައަޅަންޖެހެއެވެ. އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ކައުންސިލްތަކުން ފޯރުކޮށްދޭނަމަ އެ މަސައްކަތް ހަވާލުކުރަންވާނީ ކުނި މެނޭޖުކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާކަމަށްވެސް މި ބިލުގައި ބަޔާންކުރެއެވެ.

މި ބިލުގައިވާ ގޮތުން ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ކައުންސިލްތަކުން ހިންގަންޖެހެއެވެ. އަދި ކުންޏާބެހޭ ގައުމީ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި ކަމާގުޅުންހުރި އިދާރާތަކަށް ފޯރުކޮށްދިނުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެވެ. މީގެއިތުން މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ އެއް އަހަރު ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައަޅަންޖެހެއެވެ.

ބިލުގައި ކުނި މަދުކުރުމަށް އެކުލަވަލާ ސިޔާސަތުތަކާއި ކުނި މެނޭޖުކުރުމަށް ޤައުމީ ޕްލޭން އެކުލަވާލުމާއި ގުޅޭ ސިޔާސަތުތަކާއި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުތަކާއި، ކުނީގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުކުޑަކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. ކުންޏާބެހޭ މައުލޫމާތު އެއްކޮށް ރެކޯޑްތައް ބަލަހައްޓައި އޮޑިޓްކުރެވޭނެ އިންތިޒާމް ކަނޑައެޅުމާއިއެކު، މި ޤާނޫނާ ޚިލާފުވެއްޖެނަމަ ދޭނެ އަދުބުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން ކުނި މެނޭޖުކުރުމުގެ ޤާނޫނާ ޚިލާފުވެއްޖެނަމަ ފަސް ހާސް ރުފިޔާއާއި ފަންސާސް ހާސް ރުފިޔާއާއި ދެމެދު ޖޫރިނަމާކުރެވޭނެކަަމަށް ބުނެފައިވެއެވެ. ސިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭން ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ނުހަދައިފިނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ވަގުފާރީގެ އަމަލެއްކަމަށް ބަޔާންކޮށް އެފަދަ ކުށެއްކޮށްފިނަމަ ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ބިިލުގައި ވަނީ ބުނެފައެވެ.

ކުނި މެނޭޖްކުރުންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް