Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ބެނަރ

އިންޑިއާ އައުޓް ބެނަރ ނެގުމަށް އަމުރު ހޯދަން އެދުނު ސަބަބު ހައިކޯޓަށް ސާފު ނުވޭ - ރައީސް ނަޝީދު

ކްރިމިނަލް ކޯޓުގައި އަމުރު ހޯދަން ފުލުހުން އެދުނީ މައިގަނޑު 6 ސަބަބެއްގެ މައްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 05:22
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ކްރިމިނަލް ކޯޓުގައި އަމުރު ހޯދުމަށް ފުލުހުން އެދިފައިވާ ސަބަބު ހައިކޯޓަށް އެންމެ ރަނަގަޅަށް ސާފުވެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، އާދީއްތަ ދުވަހު ހައިކޯޓުން ކުރި ހުކުމެއްގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހުކުމަކީ ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބޮޑު ބެނަރ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރި ހުކުމެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުން އެ އަމުރު ހޯދަން އެދުނީ އެންމެ ސަބަބެއްގެ މައްޗަށް ނޫން ކަމުގައެވެ. ކްރިމިނަލް ކޯޓުގައި އަމުރު ހޯދަން ފުލުހުން އެދުނީ މައިގަނޑު 6 ސަބަބެއްގެ މައްޗަށް ކަމަށާއި، މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު އެ ގާނޫނު އެކުލާވި ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަ ކުރުމުގައި ރަމްޒުވެފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ނިޔަތް އެންމެ ރަނަގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހުކޮށް މަޖިލީހުން އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ފަނޑިޔާރު ހަސަން ޝަފީއު ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ކޯޓު އަމުރަކީ ހަމައެކަނި ތައްގަނޑެއް ޖަހާލުމަށް ކޮށްލާ ކަމެއް ނޫންކަން ބަޔާން ކުރައްވައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ، އަމުރެއް ނެރޭއިރު އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް އަރައިނުގަންނާނެކަން އަދި ދުސްތޫރީ ރައްކާތެރިކަން ކަށަވަރު ކޮށްދެންޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާއިރު، އަމުރު ނެރޭ ސަބަބު ހުށައެޅިފައިވާ މައްސަލައިން ސާފުނުވާކަމަށް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ. އަމުރެއް ނެރުމުގައި ޤާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަމާއި ނިންމުމަށް ވާސިލުވި ގޮތާއި ގުޅޭގޮތުން ސާފުވާން ޖެހޭ ކަންކަން މި އަމުރުން އެކަށީގެންވާ ގޮތެއްގައި ސާފުނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނިންމުމަށް ވާސިލުވި ގޮތް ބަޔާންވެފައި ނެތުމަކީ އިސްތިއުނާފީ ޙައްޤަށްވެސް އުނި އަންނަ ކަމެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ޙަސަން ޝަފީއު ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ފަނޑިޔާރު ނިޔާޒް ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ ކުށެއްގެ ރުކުންތައް ފުރިހަމަ ނުވާ އަމަލަކާ ގުޅިގެން ނެރުނު އަމުރެއްކަމަށް ޔާމީންގެ ފަރާތުން ވިދާޅުވެފައިވާއިރު، ކޯޓުން އަމުރު ނެރެފައިވަނީ ކުށަކަށް ނުވާ އަމަލެއް ކުށެއްކަމަށް ބަލައިގެންތޯ ބަލަންޖެހޭކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ،

ކުށުގެ އަމަލެއް ހިނގާތީ، ނުވަތަ ކުށަކާއި ގުޅޭ ހެއްކެއް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ވަދެވިދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް، މި މައްސަލައިގައި ބެނަރ ހަރުކުރުން ކުށަކަށްވީ ގޮތެއް ކޯޓު އަމުރުން ސާފު ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަމުރު ނެރުމަށް އެދުނީ، ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުންނެވެ. އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދިނުމާގުޅޭ އަމަލުތައް ބަޔާންކުރާ މާއްދާއެވެ.

އެ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވަނީ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން، ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމަށެވެ.

ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާންކުރަނީ އާންމު ތަނެއްގައި ހުރެ ކުރާ ކުށެއްގެ ވާހަކަ ނަމަވެސް، އިންޑިއާ އައުޓް ބެނަރ އަކީ އާންމު ތަނެއްގައި ހުރި ބެނަރ އެއްކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެއީ ކުށަކާއި ގުޅިގެން ހޯދަމުންދާ ހެއްކެއްކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބެއްވެސް ފެންނަން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވުމާއެކު، ފަނޑިޔާރު ނިޔާޒުވެސް ތާއީދު ކުރައްވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ނިންމެވުމަށެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށްކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ނުކުތާއަކީ ހައިކޯޓުން ބަލާ މައުޟޫއާ ގުޅޭ ނުކުތާއެއް ނޫންކަމުން އެއީ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމަށް ފަނޑިޔާރު ނިޔާޒު ދެކިލައްވައެވެ.

ހަމައެއާއެކު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީވެސް މުތުލަޤަށް ލިއްބައިދީފައިވާ މިނިވަންކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބޭ ކިޔައިގެން ދައްކާ ވާހަކައަކީ ސިޔާސީ މަންފާއަށް ދައްކާ ނާޖާއިޒު ވާހަކައަކަށް ވެދާނެ ކަމަށާއި، އެއީ ރަނގަޅު ވާހަކައަކަށްވެސް ވެދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ނުކުތާގައި ވަކި ގޮތެއް ނިންމެވުމަކީ ހައިކޯޓުން ކުރަންޖެހޭ ކަމެއް ނޫންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ފަނޑިޔާރު ހުސައިން ޝަހީދުވެސް ތާއީދު ކުރެއްވީ ކޯޓު އަމުރު ބާތިލު ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއިންޑިއާ އައުޓްރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު