Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސޯޓް ކުލި

ރިސޯޓް ކުލި ނުދައްކާނަމަ އެގްރީމެންޓް ބާތިލު ކުރެވޭނެ، ޓުއަރިޒަމް ސިޔާސީ ހަތިޔާރަކަށް ނުހަދާނަން

ޓޫރިސްޓް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 16.9 ބިލިޔަން ރުފިޔާ އެބައޮތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 04:58
ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގެ ޖަލްސާގައި

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގެ ޖަލްސާގައި

ރިސޯޓް ކުލި ނުދައްކާނަމަ އެގްރީމެންޓް ބާތިލު ކުރެވޭނެ ކަމަށާއި، ޓުއަރިޒަމް ސިޔާސީ ހަތިޔާރަކަށް ނުހައްދަވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ، ކުލި ނުދައްކާ 18 ރިސޯޓަކަށް ނޯޓިސް ދެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރިސޯޓް ކުލި ނުދައްކާ ފަރާތްތަކުގެ އެގްރީމެންޓް ބާތިލު ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް އޮންނަ ކަމަށް އަދި އެއީ މުޅި އިޤްތިސާދަށް އެންމެ ރަނގަޅު ނިންމުމަކަށް ނުވާތީ މަސައްކަތް ކުރައްވަނީ ދެފަރާތުން ވާހަކަދައްކައިގެން އެކަމަށް ހައްލު ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް މިއީ ދާއިމަށް މިކަން ކުރެވޭނެ ގޮތެއް ނޫންކަމަށާއި އެހެންކަމުން ދައުލަތަށް ލިބެންޖެހޭ އެ ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަދި، ޓުއަރިޒަމް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުމެއް ނުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަޖިލީހަށް ވަަޑައިގެންނެވީ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ. މެމްބަރުވަނީ ނ.ވެލިދޫ ކައިރީ އޮންނަ ނ.ރާފުއްޓާއި، ނ.ދިއްދޫ ރިސޯޓު ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން ނިންމަންޖެހާ ނިންމުންތައް ލަސްވަމުންދާތީ، އެ ދެ ރަށުގައި ރިޒޯޓު ތަރައްޤީކުރުމުގެ މަސައްކަތް އަދިވެސް ފަށާނެ ގޮތެއް ނުވާ ކަމަށާއި، ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ނިންމަވައި އެ ދެ ރަށުގައި ރިޒޯޓު ތަރައްޤީކުރުމުގެ ފުރުޞަތު ދެއްވާނީ ކޮން އިރަކުންތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ، ރަށްތައް ނުހެދި ހުރުމަކީ އެންމެންގެ ކަންބޮޑުވުން ކަމަށެވެ. ނ.ރާފުއްޓަކީ އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނޭ ރަށެއް ކަމަށާއި، އެކަން ހައްލުކޮށް، ހައްގުތައް ބަދަލު ކުރުމުގެ ހުއްދަ ދެވިފައިވާކަމަށެވެ. އެހެންކަމުން އުންމީދަކީ ރަށުގެ ހައްގު ބަދަލު ކުރެވި އެރަށުގެ ތަރައްގީގެ މަސައްކަތް ފެށިގެން ދިޔުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދިއްދޫ އަކީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ނޫން ކަމަށެވެ. އެރަށް ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން ޕްލޭންތައް ހެދި އެމަސައްކަތް ކުރިއަށްދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެރަށުގެ އެއްބައި ލަގްޒަރީ ވިލާ އެޅުމަށްޓަކައި ހައުސިންގ މިނިސްޓްރީއިން މިހާރު ބިން ދޫކޮށްފައިވާކަމަށެވެ. ރަށުގެ އެއްބައި ދަނޑުވެރިކަމަށް ކަނޑައެޅިފައި އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިސޯޓް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާތީ އޮޑިޓަރ ޖެނެރަލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ 78 އިންސައްތައަކީ ރިސޯޓުތަކުގެ ކުއްޔާއި، އެއާ ގުޅޭ ޖޫރިމަނާގެ ފައިސާއެވެ. ޓޫރިސްޓް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 16.9 ބިލިޔަން ރުފިޔާގެ ތެރެއިން 13.5 ބިލިޔަން ރުފިޔާއަކީ ޖޫރިމަނާ އަދި އިންޓްރަސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު