Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް

ޚާރްކީވް ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، ޒެެލެންސްކީ އެސަރަހައްދުގެ ސެކިއުރިޓީ ޗީފް މަޤާމުން ވަކިކުރައްވައިފި

މިއީ ހަމަލާތައް ފެށިފަހުން ޒެލެންސްކީ އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 މެއި 2022 | ހޯމަ 02:16
ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިނުގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީ ރަޝިއާގެ ސިފައިން ސުންނާފަތިކޮށްފައިވާ ޔޫކްރެއިނުގެ ޚާރްކީވް ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ޚާރްކީވް ކައިރީގެ ބައެއް ސަރަހައްދުތަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މިއީ ރަޝިއާއިން އެ ސަރަހައްދަށް ހަމަލަދޭން ފެށިފަހުން ޒެލެންސްކީ އެތަނަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޚާރްކީވް އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. އެ ސަރަހައްދުން މިހާރު ރަޝިއާގެ ސިފައިން ވަނީ ފައިބާފައެވެ.

ޒެލެންސްކީ ކުރެއްވި ޒިޔާރަތުގައި ފެނުނު މަންޒަރުތަކުގެ ސަބަބުން އެމަނިކުފާނު ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ސާވިސަސްގެ ޗީފް މަޤާމުން ވަކި ކުރައްވާފައެވެ. އޭނާ މަޤާމުން ވަކި ކުރެއްވީ ހަވާލުކޮށްފައި އޮތް ސަރަހައްދު ދިފާއު ކުރަން ނުކުޅެދުމުން ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ސެކިއުރިޓީ ޗީފްގެ މަޤާމުގައި ހުންނެވި ބޭފުޅާ އުޅުއްވީ އަމިއްލަ ސަލާމަތައިގެން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން އެ ސަރަހައްދު ރައްކާތެރި ކުރުމުގައި އޭނާ އުޅުއްވަން ޖެހޭނެ ކަމަށެވެ.

މި ޒިޔާރަތަށްފަހު ޒެލެންސްކީ ވަނީ ހަނގުރާމައިގައި ހަރަކާތްތެރިވި ސިފައިންނަށް އެވޯޑު ހަވާލު ދެއްވާފައެވެ. މިއީ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނަށްޓަކައި ފުރާނަ ދޭން ތައްޔާރަ ތިބޭތީ ދެއްވި އެވޯޑުތަކެއް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކުގައި ޚާރްކީވް ސަރަހައްދުގެ 31 އިންސައްތައަށް ވަނީ އަތްގަދަކޮށްފައެވެ. އަދިވެސް އިތުރު ސަރަހައްދުތަކުގައި އެ ޤައުމުން ދަނީ ހަމަލާތައް ދެމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު