Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޕް ގާޑިއޯލާ

މެސީއަކީ އަބަދު ވެސް އެންމެ މޮޅު ކުޅުންތެރިޔާ: ގާޑިއޯލާ

28 މެއި 2022 | ހޮނިހިރު 13:12

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ މެސީގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2022 | ހޮނިހިރު 13:12
މެސީއާއި ގާޑިއޯލާ

މެސީއާއި ގާޑިއޯލާ

ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެސީއާއެކު ކުރިން ބާސެލޯނާގައި ދުވަސްތައް ހޭދަކުރި ގާޑިއޯލާއަކީ އަބަދުވެސް މެސީގެ މޮޅު ވާހަކަ ދައްކާ ކޯޗެކެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ މެސީގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.

މެސީއާއެކު ހޭދަކުރެވުނު އެންމެ ފާހަގަކޮށްލެވޭ ވަގުތުތަކީ ކޮބައިތޯ އެހުމުން ގާޑިއޯލާ ބުނީ، އެތައް ބައިވަރު ވަގުތުގެ ހަނދާންތައް ހުންނާނެކަމަށެވެ. މިލިއަނުން ފާހަގަކުރެވޭވަރުގެ ކަންކަން ހުންނާނެކަމަށެވެ. އަދި ގާޑިއޯލާ ބުނީ މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އެއީ އެހާވެސް ފަސޭހަ ޖަވާބެއް ކަމަށެވެ.

މީގެ ކުރިން ގާޑިއޯލާ ބުނީ އޭނާ ބާސާއަށް ކޯޗުކަން ކޮށްދިން ދުވަސްވަރު މެސީ އެ ޓީމުގައި ހުރުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ. އަދި އޭނާގެ ކެރިއަރުގެ ހުރިހާވެސް އެއްޗަކީ މެސީ ކަމަށާއި، އޭނާ ކޮމްޕެޓެޓިވް މީހަކަށް ހެދީ މެސީކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. ގާޑިއޯލާ ބުނީ މެސީ ނެތްނަމަވެސް އޭރު ބާސާއަށް ތަށި ހޯދުނީސް ކަމަށާއި، ނަމަވެސް މެސީ ނެތްނަމަ ބާސާގެ އެންމެ ރަން ދުވަސްވަރު ހޯދި ކާމިޔާބީތަކެއް ނުލިބުނީސްކަމަށެވެ.

ބާސާއާއެކު ގިނަ ކާމިޔާބީތަކަށް ހޯދާފައިވާ ގާޑިއޯލާ ބުނީ އޭނާގެ ކެރިއަރުގައި މޮޅެތި ކުޅުންތެރިންތަކަކާ ދިމާވެއްޖެކަމަށެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރުވެސް މެސީވަރުގެ މޮޅު ކުޅުންތެރިޔަކު އޭނާ ނުދެކޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް