Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝާޝީ ވީރަވަންސަ ހައްޔަރުކުރުން

ފޭކް ޕާސްޕޯޓެއް ހެއްދެވި މައްސަލައިގައި ލަންކާގެ ކުރީގެ މިނިސްޓަރެއްގެ އަނބިކަނބަލުން ޖަލަށްލައި، ޖޫރިމަނާކޮށްފި

އޭނާއަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2022 | ހޮނިހިރު 07:12
ޝާޝީ ވީރަވަންސައާއި ވިމާލް ވީރަވަންސަ

ޝާޝީ ވީރަވަންސައާއި ވިމާލް ވީރަވަންސަ

ފޭކް ޕާސްޕޯޓެއް ހެއްދެވި މައްސަލައިގައި ސްރީލަންކާގެ ކުރީގެ މިނިސްޓަރެއްގެ އަނބިކަނބަލުން ޖަލަށްލައި، ޖޫރިމަނާކޮށްފިއެވެ.

ލަންކާގެ ކުރީގެ މިނިސްޓަރ ވިމާލް ވީރަވަންސަގެ އަނބިކަނބަލުން ޝާޝީ ވީރަވަންސަ، ސައްހަ ނޫން މައުލޫމާތު ހިއްސާކުރައްވައިގެން ފޭކް ޕާސްޕޯޓު ހެއްދެވި މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހު ވަނީ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްގެންގޮސްފައެވެ.

މި މައްސަލައިގައި އަޑުއެހުމުގައި ވަނީ ޝާޝީ 2 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަދި 100،000 ރުޕީސްއިން ޖޫރިމަނާކުރުމަށްވެސް ކޯޓުން ހުކުމްކޮށްފައިވެއެވެ. ޖޫރިމަނާ ފައިސާ ނުދައްކަވައިފިނަމަ އިތުރު 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ކޯޓުން ބުނެފައިވެއެވެ.

ސައްހަ ނޫން މައުލޫމާތު ހިއްސާކުރައްވައިގެން ދެ ޕާސްޕޯޓެއް ހެއްދެވިކަމުގެ ތުހުމަތު ޝާޝީ ވީރަވަންސަގެ މައްޗަށް ކުރެއެވެ. މި މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 2015ގައެވެ. އަދި އޭނާ ވަނީ ބެއިލްކޮށް، މިނިވަންވެފައެވެ. އެއަށްފަހު 2020 ވަނަ އަހަރުގެ ޖުލައި މަހު ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ވަނީ އޭނާ ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު