Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތާރީޚުގެ އެންމެ ފަޚުރުވެރި ބިނާއަށް 63 އަހަރު!

އޮލިމްޕަސް ހުޅުވުނީ 21 މޭ 1959 ދުވަހުގެ ރޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 26 މެއި 2022 | ބުރާސްފަތި 05:57
އޮލިމްޕަސް - އޮލިމްޕަސް ހުޅުވުނީ 21 މޭ 1959 ގައި

އޮލިމްޕަސް - އޮލިމްޕަސް ހުޅުވުނީ 21 މޭ 1959 ގައި

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ މެދުގައިވާ އެންމެ މުހިންމުމަގު، މަޖީދީމަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ "ރަސްގެފާނު" ކަމުގައި ހިމެނުނު ތާރީޚީ ބިނާއެވެ.

"މީގެ ދެ އަހަރު ކުރިއެވެ. މަޖީދީ މަގުގައި ހުރި އާގަރާ ގޯތީގައި ހުރީ ގޯނބިލި ގަހާއި ކުދި ވިނަގަސްތަކެކެވެ. އޭގެ ދެ އަހަރު ފަހެވެ. އެ ބިމުގައިވާ ބިޔަ ބޮޑު ޢިމާރާތަކީ މުޅި މަޖީދީ މަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ "ރަސްގެފާނެވެ". މޭ 1959 ގައި "ސިނަމާ" މަޖައްލާގައި ލިޔެފައި ވެއެވެ.

މިއިން ދޭހަވަނީ މީގެ 63 އަހަރު ކުރިން ހުޅުވުނު އޮލިމްޕަސް ތިއޭޓަރަކީ މާލޭގައި އަދި މުޅި ރާއްޖޭގައި އޭރު ހުރި އެންމެ ފުރިހަމަ އެއް ބިނާ ކަމެވެ.

"އޮލިމްޕަސް" ހުޅުވުނީ 21 މޭ 1959 ދުވަހުގެ ރޭ އަށެއް ޖެހިއިރުއެވެ. ރަސްމީ ގޮތުން މި ބައިސްކޯފުގެ ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. މި ތާރީޚީ އިޙްތިފާލްގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އޮލިމްޕަސް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ޚިޔާލު ފާޅުކުރެވުނީ ސިނަމާ ކުންފުނިން ހިންގަން ފެށި ފުރަތަމަ ސިނަމާ "ފަރީދީ ސިނަމާ" (މިހާރު ރިޔާސީ ވެހިކަލް ގަރާޖު ހުރި ބިން) އަށް ވުރެ ފުރިހަމަ ސިނަމާއެއް ދިވެހިރާއްޖޭގައި ހުންނަން ވެއްޖެ ކަމަށް ދެކެވުނު ވާހަކަތަކުގައެވެ. މި މަޝްވަރާތައް ކުރެވުނީ 1957 ގައި ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރެވެ. ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ލަސްތަކެއް ނުވެ ހަމަ އެ އަހަރު (1957 ގައި) ފެށުނެވެ.

މި މަޝްރޫޢުގެ މަސައްކަތް ރޭވިފައިވަނީ ރާއްޖޭގައި އެ ދުވަސްވަރު ނެތް ފަދަ ރީތި ފުރިހަމަ ބޮޑު ޢިމާރާތެއް ކުރާ ގޮތަށެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ރަނގަޅު ސިނަމާތަކާއި އެއް ފެންވަރުގެ ފުރިހަމަ ސިނަމާއެއް ބިނާކުރުމަށެވެ. އެހެން ކަމުން މިފަދަ މަސައްކަތެއް ކުރެވޭ ވަރުގެ ޤާބިލްކަން ހުރި ބަޔަކާއި މަސައްކަތް ޙަވާލުކުރުމަށް ނިންމައި އެ މަސައްކަތް ޙަވާލުކުރެވުނީ ސިލޯނުގެ ކަމާ ބެހޭ ތަޖުރިބާކާރު ކުންފުންޏަކާއެވެ.

ސިލޯނުގެ (މިހާރު ނަމަ ސްރީލަންކާގެ) އެޗް.އެސް. އާޓިސަންސް ކުންފުނިން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އެ ދުވަސްވަރާއި އަޅާ ބަލާއިރު ހައިރާންވާ ފަދަ ބާރުމިނެއްގައި ކުރު މުއްދަތެއްގައި ވަރަށް ފުރިހަމައަށެވެ. 11 ޑިސެމްބަރު 1957 ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާ ދެއްވުމުން، 12 ޑިސެމްބަރު 1957 ގައި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށެވެ. މި މަޝްރޫޢުގެ މަސައްކަތް އެހާ ފުރިހަމަ ގޮތެއްގައި ކުރެވުނީ ޚުދު ބޮޑުވަޒީރު އިބްރާހީމް ނާޞިރު މި ކަމަށް ދެއްވި ސަމާލުކަމާއި ސިނަމާ ކުންފުނީގެ ވެރިންގެ ހިންގުންތެރި ކަމުގެ ސަބަބުންނެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މި ބޮޑު މަސައްކަތް ނިންމައި ފުރިހަމަ ކުރެވުނެވެ. ސިނަމާއަކަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ވެސް އެކުލެވޭ ގޮތަށެވެ. އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު މިއީ ވަރަށް އުނދަގޫ ކަންކަމެވެ. ދަތުރުފަތުރާއި މުވާޞަލާތުގެ ގޮތުން ބެލިޔަސް އެހެނިހެން ގޮތްގޮތުން ބެލިޔަސް މި ދުވަސްވަރު ކަންކަން ކުރާ ގޮތްތަކާއި، އެ ދުވަސްވަރު ކަންކަން ކުރެވެން ހުންނާނެ ގޮތްތައް ވަރަށް ތަފާތެވެ. އަވަހަށް ކަންކަން ކުރަން އުނދަގޫވާނެއެވެ. އެހެން ނަމަވެސް މިފަދަ ކުރު މުއްދަތެއްގައި މި ބޮޑު މަސައްކަތް ފުރިހަމަ ކުރެވުނު ކަމީ، ތާރީޚީ ލާމަސީލު މިސާލެކެވެ.

"އޮލިމްޕަސް" މި ނަމަށް ބަލާއިރު، މިއީ ފަންނީ ގޮތުންނާއި ފަލްސަފާގެ ގޮތުން މަޝްހޫރު ޔޫނާނު (ގްރީކް)ގެ ނަމެއް ކަން ފާހަގަކުރެވެއެވެ.

އޮލިމްޕަހުގައި ފުރަތަމަ ދެއްކި ފިލްމުތަކުގެ ތެރޭގައި ގިނައީ ހިންދީ ފިލްމުތަކެވެ. އަދި އިނގިރޭސި ފިލްމުތައް ވެސް ދައްކައެވެ.

1960 އާއި 1970ގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫންވެސް ފިލްމުތައް ފޯރިއާއެކު އޮލިމްޕަހުގެ ބޮޑު އިސްކްރީނުގައި ދެއްކިއެވެ. ވަރަށްބޮޑު ތަރްޙީބެއް ލިބިގެންނެވެ. 1980ގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫންވެސް ފިލްމުތަކުގެ އިތުރަށް ދިވެހި ފިލްމުތައްވެސް ދައްކަން ފެށުނެވެ. އެކިއެކި ތަމްސީލް ޝޯވތައްވެސް އޮލިމްފަހުގެ ސްޓޭޖުގައި ހުށަހަޅައިދެވުނެވެ. 1990ގެ އަހަރުތަކުގައި ސްކޫލްކުދިންގެ ލަވަ މުބާރާތް ފޯރިއާއެކު އޮލިމްޕަހުގައި ކުރިއަށްގެންދެވުނެވެ.

އޮލިމްޕަހުގެ ތާރީޚުގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ އެއް ކަމަކީ، "އޮލިމްޕިއަންސް" މިއުޒިކް ބޭންޑެވެ. މިއީ 1970 ގެ އަހަރުތަކުގައި މުޅި ރާއްޖޭގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ބޭންޑެވެ. މި ބޭންޑުގެ ލަވަތަކަކީ، ދިވެހީންގެ ހިތްތަކާއި ވިންދާއި ގުޅިފައިވާ ލަވަތަކެކެވެ. ވީމާ، އޮލިމްޕަހަކީ ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގައި އެއްވަނަ ދަރަޖަ ޙާޞިލްކޮށްފައިވާ ތާރީޚީ ބިނާއެވެ.

މިހާރުގެ މެދު ޢުމުރުގެ މީހުންނާއި، މުސްކުޅިން، އެ މީހުންގެ ކުޑައިރާއި ޅަފުރާގެ އަދި ޒުވާން ޢުމުރު ހިތްހަމަޖެހުމާއި މުނިފޫހިފިލުވުން އެ ތަނަކާއި ގުޅިފައިވާ ތާރީޚީ ބިނާއަކީ އޮލިމްޕަސް ފިޔަވައި ދެވަނަ ތަނެއް ނޫނެވެ. މި ގޮތުން ބަލާއިރުގައި 60 އާއި 70 ގެ އަހަރުތަކުގައި ދެ ޖިންސުގެ ޒުވާނުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އެންމެ މުހިންމު މަރުކަޒަކީ އޮލިމްޕަސް ފިޔަވާ ދެވަނަ ތަނެއް ނުމެ ނޫން މެއެވެ.

އޮލިމްޕަހުގައި އެންމެ ކުލަގަދަ ގޮތެއްގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް އޮތީ، 1960 ގެ އަހަރުތަކާއި 1970 ގެ އަހަރުތަކުގައިކަން ފާހަގަކުރެވެއެވެ. 1980 ގެ އަހަރުތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި އެ ކަން ކުރިއަށް ދިޔައެވެ. 1990 ގެ އަހަރުތަކުގައި ވެސް 2000 ގެ އަހަރުތަކުގައި ވެސް އެންމެ ފުރިހަމަ ގޮތެއްގައި ނޫން ނަމަވެސް އެ ކަންކަން ކުރެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު