Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނާއި ނަރުދަމާ ގާއިމްކުރުން

ފެނާއި ނަރުދަމާގެ އިތުރު 20 މަޝްރޫއެއް މިއަހަރު ނިންމާނަން: ޝާހު

26 މެއި 2022 | ބުރާސްފަތި 05:55

އަހަރުގެ މިހާތަނަށް 4 މަޝްރޫއެއް ވަނީ ނިމިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 މެއި 2022 | ބުރާސްފަތި 05:55
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

މިއަހަރުތެރޭގައި ފެނާއި ނަރުދަމާގެ އިތުރު 20 މަޝްރޫއެއް ނިންމަން އަމާޒު ހިފާފައިވާކަމަށް މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހާ ގުޅިގެން ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މިއަހަރަކީ އެކުންފުނީގެ ދިގު ތާރީޚުގައިވެސް އެންމެ ގިނަ މަޝްރޫއުތައް ހިންގާ އަހަރު ކަމަށެވެ. އެގޮތުންވޭތުވެދިޔަ އަހަރު ފެށުނު މަޝްރޫއުތަކާއެކު ފެނާއި ނަރުދަމާގެ 31 މަޝްރޫއު މިހާރު ކުރިއަށް ދާކަމަށް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ މިހާރު ކުރިއަށްދާ 31 މަޝްރޫއުގެ ތެރެއިން 4 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ. އަދި މިއަހަރުތެރޭގައި އިތުރު 20 މަޝްރޫއު ނިންމުމަށް އަމާޒު ހިފައި މަސައްކަތްކުރައްވަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ކުންފުންޏެއްގެ އެންމެ ބޮޑު އެސެޓަކީ ކުންފުނީގައި ތިބޭ ގާބިލް މުވައްޒަފުން ކަމަށެވެ. އެހެންކަމުން އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ޝާހު ވިދާޅުވިއެވެ. މިގޮތުން މިދިޔަ އަހަރު ސަރުކާރުން ހިންގި މުހިންމު ތަމްރީނު ޕްރޮގްރާމުތައް އެ ކުންފުނީގެ މުވައްޒަފުން ވަނި ފުރިހަމަކޮށްފައި ކަމަށް ޝާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ކުންފުނީގައި ގާބިލް މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑަބްލިއުއެސްސީގައި މިވަގުތު 1،275 މުވައްޒަފުން ތިބިއިރު އޭގެތެރެއިން އަންހެން މުވައްޒަފުންގެ ގޮތުގައި ތިބީ އެންމެ 112 މުވައްޒަފުން ކަމަށެވެ. މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށާއި، އަންހެނުން ބާރުވެރިކުރުމަށްޓަކައިވެސް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މިފަދަ ކުންފުންޏެއްގައި، އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންވެސް ކޮންމެވެސްވަރަކަށް ކުންފުނީގައި އެބަ ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. މިވަގުތު 18 މުވައްޒަފަކު މަސައްކަތް ކުރާ ކަމަށާއި، މިހާރުވެސް އިތުރަށް ތިން މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސައިދިނުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ވަރަށް ރަނގަޅު ކަމަށާއި، ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް މިކަމަށް އިތުރަށް ވިސްނައި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް، ހޯދައިދިނުމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް