Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ރޮނާލްޑޯގެ ލަނޑުން ރެއާލްއަށް މޮޅެއް

25 ނޮވެމްބަރު 2017 | ހޮނިހިރު 18:18

އަމިއްލަ ދަނޑުގައި މަލާގާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ނޮވެމްބަރު 2017 | ހޮނިހިރު 18:18
މަލާގާއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ

މަލާގާއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ

ސްޕެނިޝް ލަލީގާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑުން ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މަލާގާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ރީތި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ރެއާލްއިންނެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. މި ލަނޑަކީ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް މަލާގާގެ ގޯލުގެ ދަނޑީގައި ޖެހުމަށް ފަހު ކުޅުމުގެ ތެރެއަށް އަނބުރާ އައުމުން ރީބައުންސްގައި އޭނާ ޖެހި ލަނޑެކެވެ.

އެހެން ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ކީކޯގެ އެހީތެރިކަމާއެކު ޑިއޭގޯ ރޯލާން ވަނީ ލަނޑެއް ޖަހައި މަލާގާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މަލާގާއިން ލަނޑުޖެހިތާ ދެ މިނެޓު ނުވަނީސް ކްރޫސް ނަގައިދިން ކޯނަރަކުން ބޮލުން ލަނޑެއް ޖަހައިދީ ކަސެމީރޯވަނީ އަލުން އަނބުރާ ރެއާލްއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމާ ހާފު ރެއާލް ކުރީގައި އޮވެގެން ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ހާފުގައި ގޮންޒާލޯ ކާސްޓްރޯ ވަނީ ލަނޑެއް ޖަހައިދީ އަނެއްކާވެސް މަލާގާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ދެ ޓީމު އެއްވަރުވެއޮވެ މެޗު ނިމެން ދަނިކޮށް ރެއާލްއިން މެޗުގެ ލީޑު ނެގީ 76 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ މަލާގާގެ ކީޕަރު އަތުގައި ޖެހުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައުމުން އޭނާ ޖެހި ލަނޑެކެވެ.

މި މެޗުގައި ރޮނާލްޑޯ އަދި ބެންޒެމާގެ ފަރާތުން ފެނިގެން ދިޔަ ލަނޑުތަކަކީ އެ ކުޅުންތެރިން މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި މިހާތަނަށް ޖެހި ދެވަނަ ލަނޑެވެ.

ލަލީގާގައި ސެލްޓަ ވީގޯ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލެގާނޭސް ބަލިކޮށްފައެވެ. ހަމައެހެންމެ އެއިބާ ވަނީ 2-1 ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށްފައެވެ.

ރެއާލްގެ މި މޮޅާއެކު އެ ޓީމު އޮތީ ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު އެ ޓީމު ދެން ކުޅޭ މެޗުގައި ނުކުންނާނީ އެތްލެޓިކް ބިލްބާއޯއާއި ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް