Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ދެވަނަ ޓީމުގެ ގޮތުގައި އޮއްފު އެފްސީ އެސޯސިއޭޝަން ކަޕަށް

23 މެއި 2022 | ހޯމަ 19:58

އޮއްފު އެފްސީ އެސޯސިއޭޝަން ކަޕުން ޖާގަ ހޯދީ ދެވަނަ ޓީމުގެ ގޮތުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2022 | ހޯމަ 19:58
އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަނުން ބާއްވާ އެސޯސިއޭޝަން ކަޕްގެ ޕްރެލިމިނަރީ ބުރުގެ ދެވަނަ ހޯދައި އޮއްފު އެފްސީން އެސޯސިއޭޝަން ކަޕަށް ކޮލިފައިވެއްޖެއެވެ.

އެއްވަނަ ޓީމުގެ ގޮތުގައި އެސޯސިއޭޝަން ކަޕުން ޖާގަ ހޯދީ ކުލަބް ވެމްކޯއެވެ. އެއީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު މެޗަކީ އޮއްފު އެފްސީ އާއި އައްޑޫ ސްޕޯޓްސް ކުލަބަށް މުހިންމު މެޗެކެވެ. މެޗުން މޮޅުވާ ޓީމެއް އެސޯސިއޭޝަން ކަޕަށް ކޮލިފައިވާނެއެވެ.

މިރޭގެ މެޗު އޮއްފު އެފްސީން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު އޮއްފު އޮއްފު އެފްސީން ހޯދީ 19-25 އަދި 16-25 ންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ވެސް ހޯދީ އައްޑޫ ސްޕޯޓްސް ކުލަބުންނެވެ. ވާދަވެެރި ކުޅުމަކަށްފަހު އައްޑޫ ސްޕޯޓްސް އިން ތިން ވަނަ ސެޓު ހޯދީ 25-27 ންނެވެ. ޖެހިގެން އައި ހަތަރު ވަނަ ސެޓު އެ ޓީމުން ހޯދީ 21-25 ންނެވެ. ވާދަވެރި ކުޅުމަކަށްފަހު އޮއްފު އެފްސީން ވަނީ 15-17 އިން ފަސް ވަނަ ސެޓު ހޯދައި މެޗުން މޮޅުވެފައެވެ. އެއާއެކު އޮއްފު އެފްސީއަށް ވަނީ އެސޯސިއޭޝަން ކަޕުން ޖާގަ ލިބިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮއްފު އެފްސީގެ މުހައްމަދު އަލީއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ކުޅުނީ ވެމްކޯއާއި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސްއެވެ. މިރޭގެ މެޗަށް ނިކުތްއިރުވެސް ވެމްކޯއަށް އޮތީ އެސޯސިއޭޝަން ކަޕުން ޖާގަ ލިބިފައެވެ. އެއީ އެ ޓީމު ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތުމުންނެވެ. ކުރިން ދެމެޗާ އެއްގޮތަށް މިރޭގެ މެޗުވެސް ވެމްކޯއިން ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 25-10، 25-12 އަދި 25-22 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އިސްމާއީލް ސާޖިދުއެވެ.

ޖުމުލަ ހަ ޓީމާއެކު އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފަށާނީ އަންނަ މަހުއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މާދަމާ ރޭ ފަށާނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް