Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
100 ކިލޯ ޑްރަގް ކޭސް

100 ކިލޯ ޑްރަގް ކޭސް: ޒާއިދުއާއި މުހައްމަދު އަހުމަދު ދައުވާއަށް އިންކާރު

ދެން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އޮންނާނީ 3 އޯގަސްޓުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 10:40
އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން- މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައި

އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން- މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައި

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި 18 މޭގައިވެސްއަޑުއެހުމެއްކުރިއަށް ގެންދިޔައެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހުންނަށް ދައުވާ އިއްވުމާއި، ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާން، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު، ކ. މާފުށި، ސްވީޓްމީޑް، އަހުމަދު މާހިރު، ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު، ދ. ބަނޑިދޫ، ޕޮލާރިސް، މުހައްމަދު ހުސައިންގެ އިތުރުން، ބިދޭސީ ދެ ރައްޔިތުން ކަމަށްވާ ބަންގްލަދޭޝްގެ ޑީއެމް މޮބިންއާއި، އެމްޑީ ރަފީގުލް އިސްލާމްގެ މައްޗަށެވެ.

އެހެންނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ދުވަހު މުހައްމަދު އަހްމަދުގެ ބައި ކުރިއަށް ގެންދެވިފައިނުވާއިރު، މި މައްސަލައިގައި ދައުވާލިބޭ ޒާއިދު ކޯޓަށް ހާޒިރުވެފައިނުވާތީ އޭނާގެ ބައިވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ވުމާއެކު، ހޯމަ ދުވަހުގެ އަޑުއެހުމަކީ އެމީހުންގެ މައްޗަށް ކުރާ ދައުވާގެ ބައި ކުރިއަށް ގެންދިއުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ އެދެމީހުންގެ މައްޗަށް ކުރާ ދައުވާ އިއްވައި، ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބުވެސް ބަޔާން ކޮށްދީފައެވެ. އެގޮތުން ދައުވާ ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއާ 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެ ދައުވާ ސާބިތުނުވެ، މި ކުށުގެ އަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރިވިކަން ނުވަތަ ކުށް ކުރަން އުޅުނުކަން ސާބިތުވެއްޖެނަމަ 18 އަހަރަށް ޖަލަށް ލުމާއެކު، 75،000 ރުފިޔާއާއި، 7،500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޒާއިދުއާއި މުހައްމަދު އަހުމަދުވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ވުމާއެކު. ދައުލަތުން ވަނީ އެދެމީހުންގެ މައްޗަށް ހެކި ހުށައަޅާފައެވެ.

ދެން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އޮންނާނީ 3 އޯގަސްޓުގައެވެ.

މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު