Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެލްފެއާ، ވޯޓަށް ބަދަލު ކުރުން

ވެލްފެއާ، ވޯޓަށް ބަދަލު ކުރަން އެނގޭނެތަ؟

23 މެއި 2022 | ހޯމަ 09:48

މީހުން ބުނާ ގޮތުގައި މޯދީ މަސައްކަތް ކުރެއްވީ ނަފްސީ ޝަހްސިއްޔަތު އިސްކޮށް، ޕާސަނަލިޓީ ކަލްޓެއް ބިނާ ކުރެއްވުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 މެއި 2022 | ހޯމަ 09:48
ނަރެންދްރަ މޯދީ - ދުވަހު ނޫސް ކިޔައި ނޫޅޭ މީހުންނާއި ސަރުކާރު ވެބްސައިޓްތަކަށް ނުވަންނަ މީހުންނަށް، މޯދީގެ ފޮޓޯއަކީ ވެލްފެއާގެ ސިއްކައެއް

ނަރެންދްރަ މޯދީ - ދުވަހު ނޫސް ކިޔައި ނޫޅޭ މީހުންނާއި ސަރުކާރު ވެބްސައިޓްތަކަށް ނުވަންނަ މީހުންނަށް، މޯދީގެ ފޮޓޯއަކީ ވެލްފެއާގެ ސިއްކައެއް

އެއީ 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބެވެ. ލަންޑަންއަށް ދިއުމަށް ދަތުރު ހަދައިގެން އިން އިންޑިއާ އަންހެނަކު، ފްރެންކްފާޓް އެއާޕޯޓަށް އޭނާގެ ވެކްސިން ކާޑު ހުށަހެޅިއެވެ. އެއާލައިންގެ އޭޖެންޓް، ވެކްސިން ކާޑަށް ބަލާލުމަށްފަހު އަންހެން މީހާގެ މޫނަށް ބަލާލިއެވެ. އަނެއްކާވެސް ކާޑަށް ބަލާލިއެވެ. އެ މޫނުމަތިން ފާޅުވީ ނުރުހުމުގެ އަސަރެވެ. ކަމެއް ގޯސްވެއްޖެއެވެ. ފަސެންޖަރާ ދިމާއަށް އަމާޒު ކުރީ ފްރޯޑްގެ އިލްޒާމެވެ. އޭނާ ހުށަހެޅި ކާޑުވީ ފޭކަކަށެވެ. އޭގައި ޖަހާފައި އޮތީ އެހެން މީހެއްގެ ފޮޓޯއެކެވެ. ކަނޑައެޅިގެން ބޮޑު ތުނބުޅިއެއް ހުރި ފިރިހެނެއްގެ ފޮޓޯއެކެވެ.

ފަސެންޖަރު ހިންދެމިލުމުގެ ނޭވާއެއް ލިއެވެ. އަދި ވެގެން އުޅޭ ތަފްސީލުކޮށްދޭން ފެއްޓިއެވެ. "ތީ ނަރޭންދްރާ މޯދީ؛ އަހަރަމެންގެ ބޮޑުވަޒީރު". އަންހެން މީހާ ކިޔައިދިނެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި ހިންގާ ވެކްސިން ކެމްޕޭންގައި ދޫކުރާ ވެކްސިން ކާޑުގައި ޖަހާފައި އޮންނަނީ ބޮޑުވަޒީރު މޯދީގެ ފޮޓޯއެކެވެ. އެއީ ތެދެކެވެ.

މި ދަންނަވާލީ މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ވައިރަލްވި ވާހަކައެކެވެ. އިންޑިއާ ރަށްވެހިންނަށް ވަރުގަދަ މެސެޖެއް ދިން ވާހަކައެކެވެ. އާނއެކެވެ. ބޮޑުވަޒީރުގެ ކިބައިން "ސަލާމަތް ނެތް" ކަމުގެ މެސެޖެވެ. އަތުގައި ޖެހޭ ނޫސް ކަރުދާހަކަސް، އެއްލާ ކަޅިއަކުން ފެންނަ ބިލްބޯޑަކަށް، ސްކްރޯލް ކޯލާ ވެބް ޕޭޖަކަސް، ކަން އޮތީ އެހެނެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ އުސޫލުން، ހުރިހާ ތާކު މޯދީގެ ފޮޓޯއެވެ.

ދުވަހު ނޫސް ކިޔައި ނުއުޅޭ މީހުންނާއި ސަރުކާރު ވެބްސައިޓްތަކަށް ނުވަންނަ މީހުންނަށް، މޯދީގެ ފޮޓޯއަކީ ވެލްފެއާގެ ސިއްކައެކެވެ. އަލަށް ފަށާ މަޝްރޫއުތަކުގެ ނަން ފެށެނީވެސް "ޕްރަދާން މަންތްރީ" ނުވަތަ "ބޮޑުވަޒީރު"ގެ ލަފުޒުންނެވެ. ފަޤީރު އަވަށްތަކަށް ސަރުކާރުން ފޯރުކޮށްދޭ ޒަރޫރީ ކާބޯތަކެތި ހިމެނޭ ބަސްތާތަކުންވެސް ފެންނަނީ މޯދީގެ ހިނިތުންވުމެވެ. އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ނަމުން ނަން ދެވިގެން ހިންގި ގެދޮރުވެރި ކުރުމުގެ މަޝްރޫއެއްގެ ނަންވެސް "ބޮޑުވަޒީރުގެ" ނަމަށް ބަދަލު ކުރިއެވެ.

ފްރޭންކްފާޓް އެއާޕޯޓްގައި ހިނގާދިޔަ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ގިނަ މީހުން އެކަން ކޮށްފައި ވަނީ މޯދީއަށް ފާޑުކިއުން އަމާޒުކުރުމުގެ ރޫހެއްގައެވެ. އެ މީހުން ބުނާ ގޮތުގައި މޯދީ މަސައްކަތް ކުރެއްވީ ނަފްސީ ޝަހްސިއްޔަތު އިސްކޮށް، ޕާސަނަލިޓީ ކަލްޓެއް ބިނާ ކުރެއްވުމަށެވެ. ހަޤީޤަތް އޮތީ ކިހިނަކުން ތޯ ބަލާއިރު، މަންޒަރު އަދި މާ ހައްސާސްއެވެ. މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އިން މަސައްކަތް ކުރަމުން ދަނީ، މީހުން އެންމެ ގަޔާވާނެ ކަންކަން ކޮށްގެން ކްރެޑިޓް ހޯދުމަށެވެ.

2014 ވަނަ އަހަރު ބީޖޭޕީއިން އިންޑިއާގެ ވެރިކަމާ ހަވާލުވިއިރު، ގެދޮރުވެރި މަޝްރޫއުތަކުގެ ކްރެޑިޓް މައި ސަރުކާރަށް ދިނީ އެންމެ 5 ބައިކުޅަ 1 ބައި މީހުންނެވެ. ރަށްފުށުގެ ސަރަހައްދުތަކަށް ވަޒީފާ ކަށަވަރުކޮށްދިނުމަށް ކްރެޑިޓް 4 ބައިކުޅަ 1 ބައި މީހުންނެވެ. ފުރަތަމަ ދައުރުގެ ވެރިކަން ނިމި، 2019 ވަނަ އަހަރުގެ އިންތިޚާބަށް ވީ އިރު، 2 ބައިކުޅަ 1 ބައި މީހުން ކްރެޑިޓް ދިނީ މައި ސަރުކާރަސެވެ. ކައްކާ ގޭސް ފޯރުކޮށްދިނުން ފަދަ އާ މަޝްރޫއުތަކަށް ބަލާއިރު 70 ޕަސެންޓް މީހުން ކްރެޑިޓް ދިނީ މައި ސަރުކާރަށެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވެރިކަން ކުރަމުންދާ އިދިކޮޅު ޕާޓީތަކުން އެ ފިލާވަޅު ރަނގަޅަށް ދަސްކޮށްފިއެވެ. މަހާރާޝްތުރާގެ ސަރުކާރުން ފޯރުކޮށްދޭ އެހީތައް ނޫހަށް އަރައެވެ. ރާޖަސްތާނުގައިވެސް އެކަން އޮތީ އެހެންނެވެ. "މޯދީގެ ކޮޕީކެޓުން" މުޅި ޤައުމަށް ފެތުރުނީއެވެ.

ފަޤީރުންނަށް ބަލާއިރު ނަސީބު ހިފީ ސީދާ އަތުގައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމަށް މަރުކަޒީ ސަރުކާރުން މަސައްކަތް ކުރާއިރު، އެ މަޝްރޫއުތަކާ ވާދަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ސްޓޭޓް ސަރުކާރުތަކުންވެސް ކުރަނީ އެއްކަމެކެވެ. ރައްޔިތުން އުޅެމުންދާ ދަތި ހާލު ބަޔާންކޮށްދީގެން ވޯޓު ހޯދުމުގެ ބަދަލުގައި، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީގެން ވޯޓު ހޯދުން ނުވަތަ ވެލްފެއާ ވޯޓަށް ބަދަލު ކުރަން، އިންޑިއާގެ ޕޮލިޓީޝަނުން ކިތަންމެހާ ރަނގަޅަކަށްވެސް ދަސްކޮށްފިއެވެ. ހިންދޫ މެޖޯރިޓީ އޮތެއް ކަމަކު މުސްލިމުންނަށްވެސް މަންފާ ލިބެއެވެ.

މިހާ ހިސާބަށް ވާހަކަ ދިޔައިރު ރައްޔިތުންނަށް ލިބެނީ މުޅިންވެސް ފައިދާއޭ ހީވާ ކަހަލައެވެ. ނަމަވެސް، ހަޤީޤަތަކީ ހަމަ އަސްލުވެސް އެއީތޯ ސުވާލު ކުރަންޖެހެއެވެ. އާންމު ފާޚާނާ ބަރިތައް ގާއިމު ކުރުމާއި ބޭންކު އެކައުންޓްތައް ހުޅުވާދިނުން ފަދަ ވަގުތުން ނަތީޖާ ފެންނަ މަޝްރޫއުތައް މެކުހަށް ޖަހާފައި އޮތެއް ކަމަކު، ލޮލަށް ނުފެންނަ މަޝްރޫއުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ތައުލީމާއި ސިއްހީ ނިޒާމުގެ ހާލަތުގެ އިތުރު ތަފްސީލަކަށް ބޭނުމެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
26 ޖޫން 2017

އީދަށް ފަހު އަނެއްކާ ވެސް ފިލިޕީންސްގެ މިންޑަނާއޯގައި ހަމަލާ ބަދަލުކުރަން ފަށައިފި

26 ޖޫން 2017
އީދަށް ފަހު އަނެއްކާ ވެސް ފިލިޕީންސްގެ މިންޑަނާއޯގައި ހަމަލާ ބަދަލުކުރަން ފަށައިފި
12 ޖޫން 2017

މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި

12 ޖޫން 2017
މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި
07 ޖޫން 2017

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
15 މެއި 2017

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް