Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުންގެ މުސާރަ

މިހާރު ވަޒީފާގައި ތިބި ޓީޗަރުން އައު އޮނިގަނޑަށް ހިޖުރަކުރުމުގައި ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކަށް ބަލާފައެއް ނުވާނެ

ޓީޗަރުންގެ މުސާރައިގެ އައު އޮނިގަނޑު އިއުލާންކުރީ މެއި މަހުގެ 1ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 01:58
އަލަށް އެކުލަވާލި އޮނިގަނޑަށް ހިޖްރަ ކޮށްފައިވަނީ، ޕްރިންސިޕަލުން، ޑެޕިއުޓީ ޕްރިންސިޕަލުން، މުދައްރިސުން، ކުރީގައި އީޑީއޯ އަދި އީއޯގެ މަޤާމުގައި ތިބި މުވައްޒަފުން

އަލަށް އެކުލަވާލި އޮނިގަނޑަށް ހިޖްރަ ކޮށްފައިވަނީ، ޕްރިންސިޕަލުން، ޑެޕިއުޓީ ޕްރިންސިޕަލުން، މުދައްރިސުން، ކުރީގައި އީޑީއޯ އަދި އީއޯގެ މަޤާމުގައި ތިބި މުވައްޒަފުން

މިހާރު ވަޒީފާގައި ތިބި ޓީޗަރުން އައު އޮނިގަނޑަށް ހިޖުރަކުރުމުގައި ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކަށް ބަލާފައި ނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އައު އޮނިގަނޑާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ، އައު އޮނިގަނޑަށް ހިޖުރަކޮށްފައިވަނީ މުވައްޒަފު ހުރި މަޤާމުގެ ރޭންކަށް ބަލައިގެން ކަމަށެވެ. އައު އޮނިގަނޑުން އަލަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާ ހަމަ ޖެހޭނީ އޮނިގަނޑުގައިވާ ޝަރުތު ހަމަވާނަމަ ކަމަށާއި، މިހާރު ހުރި ރޭންކުން އޭގެ މަތީ ރޭންކަށް ބަދަލުވާއިރު އޮނިގަނޑުގެ އެ ރޭންކުގައި ބުނާ ޝަރުތުތައް ފުރިހަމަވާން ވާނެ ކަމަށްވެސް ރައީސް އޮފީހުން ބެނެއެވެ.

Advertisement - newsAdvertisement

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ރޭންކް 2 އިން މަތީގެ ރޭންކްތަކުގެ ތަޢުލީމީ ފެންވަރުގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވާންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަލަށް އެކުލަވާލި އޮނިގަނޑަށް ހިޖްރަ ކޮށްފައިވަނީ، ޕްރިންސިޕަލުން، ޑެޕިއުޓީ ޕްރިންސިޕަލުން، މުދައްރިސުން، ކުރީގައި އީޑީއޯ އަދި އީއޯގެ މަޤާމުގައި ތިބި މުވައްޒަފުންނެވެ. ދެން ހުރި މަޤާމްތަކުގައި ތިބި މުވައްޒަފުން ތިބޭނީ، މިހާރުވެސް އަމަލުކުރެވެމުންދާ އޮނިގަނޑުތަކުގައެވެ.

އައު އޮނިގަނޑަށް ހިޖުރަ ކުރި ފަރާތްތަކަށް މުސާރަ ކަނޑައެޅިފައިވަނީ 3 ބަޔަކަށެވެ. އެއީ އަސާސީ މުސާރަ، ޖޮބް އެލަވަންސް، އެޓެންޑަންސް އެލަވަންސްއެވެ.

އައު އޮނިގަޑަށް ހިޖުރަ ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގައި 8 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށެވެ. ނަމަވެސް ރަސްމީ ވަގުތުގެ ފަހުން ކުރާ މަސައްކަތާއި އެ މަސައްކަތަށް ހޭދަވާ ވަގުތުގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

އައު އޮނިގަނޑަށް ހިޖްރަ ނުކުރާ ފަރާތްތަކަށް ލިބޭނީ ކުރީގައިވެސް ލިބެމުންދިޔަ މުސާރައެވެ. އޭގެ އިތުރުން އަސާސީ މުސާރައިގެ 35 އިންސައްތަ އެފަރާތްތަކަށް ލިބޭނެއެވެ.

އައު އޮނިގަނޑަށް ހިޖުރަ ނުކުރާ، އިދާރީ މުވައްޒަފުންގެ ތެރެއިން އެމް.އެސް ރޭންކާއި އޭގެ މަތީ ރޭންކުތަކަށް އިތުރުގަޑި ދެވޭނީ ހުކުރު، ހޮނިހިރު އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވާ 44 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށެވެ. އެސް.އެސް ރޭންކާއި ޖީ.އެސް ރޭންކުގެ މުވައްޒަފުންނަށް ކުރިންވެސް އިތުރުގަޑި ލިބުނުގޮތަށް ލިބޭނެއެވެ.

ޑިގުރީ ސަނަދެއް ޙާސިލުކޮށްފައިވާ ޓީޗަރަކު އައު އޮނިގަނޑަށް ހިޖުރަކުރުމަށްފަހު މާސްޓަރސް ސަނަދެއް ހުށަހަޅައިފިނަމަ އެމުވައްޒަފުގެ މަޤާމުގެ ރޭންކު ބަދަލުވާނީ އޮނިގަނޑުގެ ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

ލީޑިންގ ޓީޗަރުންގެ ޓެނުއަރޝިޕް އެލަވަންސް ދިނުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެއެވެ. މިހާރުވެސް ޓެނުއަރޝިޕް ލިމެބުންދާ ލީޑިން ޓީޗަރުންނަށް ބޮޑުވި އަދަދާ އެއްގޮތަށް އެލަވަންސް ދިނުމުން ފުދޭނެއެވެ. އެހެންނަަމަވެސް އަލަށް ލީޑީންގ ޓީޗަރުކަން ހަމަޖެހޭ ފަރާތްތަކަށް މިނިސްޓްރީގެ އުޞޫލާ އެއްގޮތަށް ފޯމު ހުށަހަޅައި ހުއްދަ ހޯދަންވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ލީޑިންގ ޓީޗަރުންނަށް ޓެނުއަރގެ ގޮތުގައި ދޭނީ މަހަކަށް 2000 ރުފިޔާއެވެ.

ޓީޗަރުންގެ މުސާރައިގެ އައު އޮނިގަނޑު އިއުލާންކުރީ މެއި މަހުގެ 1ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު