Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގަށް ޖެހޭ ކުއްލި ލޯބި!

ގާނޫނު އަސާސީން ވަނީ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 މެއި 2022 | ހޮނިހިރު 05:15
އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެކެވެ. ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު ގާނޫނު އަސާސީގެ އެ ދެ މާއްދާއަށް ވަރަށް ފަރިތަވެސްމެއެވެ. މާއްދާ 27 މއަކީ ދިވެހިންނަށް ވަރަށް ފަރިތަ މާއްދާއެކެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ބަޔާންވެގެންވާ މާއްދާއެވެ. އެއްވެއުޅުމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަނީ 32 ވަނަ މާއްދާއިންނެވެ.

މިއަށްވުރެ ތަފްސީލުކޮށް މިދެ މާއްދާއަށް ބަލައިލުމަށް، މާއްދާގައި ބުނެފައިވާ އެއްޗެއް ބަލައިލާނަމެވެ. 27 ވަނަ މާއްދާގައި ބުނެފައިވަނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. 32 ވަނަ މާއްދާގައި ބުނެފައިވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދަމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

ގާނޫނު އަސާސީގައި ސަރީހަ ދިވެހި ބަހުން މި ދެ ހައްގު ފުޅާކަން ބޮޑުގޮތެއްގައި ދީފައި އޮތްނަމަވެސް މި ދެ ހައްގަކީ ބައެއް ވެރިން ވަރަށް ބޮޑަށް ޖެހިލުންވާ ދެ ހައްގެވެ. އެކަން މާޒީން ވަނީ ފެނިގެންގޮސްފައެވެ. އެކަމާ ބިރުފުޅުން ގާނޫނުތައް ހައްދަވައިގެން އެހައްގުތައް ވަނީ ހަނިކުރައްވާފައެވެ. ހައްގުތައް ތަންމިނަށް ހުޅުވާލުމުން މުޖުތަމައު ފަސާދަވެ ހަމަނުޖެހުން ހިނގަނީ ކަމަށާއި، އެކަމުގައި ވަކި މިންތަކެއް ހުންނަންޖެހޭކަމަށް ވިދާޅުވެއެވެ. ނަމަވެސް ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ މުޖުތަމައެއް ބިނާކޮށް މުޖުތަމައުގެ އެންމެންގެ އަޑު، ވެރިކަމުގައި ހުންނަވާ ވެރިއަކަށް ނުވަތަ ކަމާބެހޭ ފަރާތްތަކާއި ހަމައަށް ގެންދިޔުމަށް އެންމެ މުހިންމު ދެ ހައްގެވެ. ވަކި މިންތަކެއް ކަނޑައެޅިފައި ނަމަވެސް ކޮންމެހެންވެސް ލިބެންޖެހޭ ދެ ހައްގެވެ.

އެހައްގުގެ ބޭނުންކުރުމުން ބޮޑެތި އަދަބު ދޭގޮތަށް ގާނޫނުގެ ދިގު އަތް އޮންނަނަމަ، އެމުޖުތަމައެއްގެ ތެރެއިން ފެނިގެންދާނީ ޚުދުމުޚުތާރުކަމެވެ. ވަކި މީހެއްގެ ބާރުގަދަވެ، ހަންފެތުރުމުގެ ބައި ބޮޑުވެގެންދެއެވެ. މުޖުތަމައުގެ ގިނަ ބަޔަކު ބިރުގަނެ، ދިމާވާ ކަންކަމުގެ ވާހަކަ ދައްކަން ޖެހިލުންވެއެވެ. މިއީ ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ވެރިން، ވަކިން ޚާއްސަކޮށް ވެރިމީހާއަށް ބޮޑަށް ފައިދާވާގޮތަށް ކަންކަން ކުރައްވާ ވެރިން ކަންކުރައްވާގޮތެވެ.

ވެރިކަމުގައި ހުންނަވަނީ މިސިޔާސަތު ގެންގުޅޭ ވެރިއެއްނަމަ، އެ ވެރިއަކަށް ތާއީދުކުރާ ފަރާތްތަކުންވެސް އަޑަށް ބާރުލާފައި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގައި ވަކި އިންތަކެއް އޮންނަންވާނެކަމަށާއި ޒިންމާތަކެއް އޮންނަ ވާހަކަ ނިކަން ބާރަށް ދައްކައެވެ. އެއީ އެވެރިކަމެއްގައި ކުރާ ނުރަނގަޅު ނުވަތަ ރައްޔިތުން ނުރުހޭ ކަމެއްގެ ވާހަކަ މާބާރަށް ދައްކާތީ އެވާހަކަތަކުގެ އަޑު ކަނޑުވާލުމަށެވެ. އެއްވާން ޖެހޭ ހެއްޔޭ، އެއްވާން ބޭނުންނަމަ ހައްޖަށް ދާންވީނޫންހޭ، ބުނެ އެކަމަށް ހަޖޫވެސް ޖައްސަވައެވެ. ފަހަރެއްގައި އެހެން ވިދާޅުވަނީ އުމުރު ދުވަހު ވެރިކަމުގައި ހުންނަވާނެކަމަށް ހީފުޅުކުރައްވައިގެންނެވެ. ހާލަތު ބަދަލުނުވާނެކަމަށް ހީކޮށެވެ.

ނަމަވެސް ދުނިޔެ ދައްކާ މަންޒަރަކީ އެޔެއް ނޫނެވެ. ދުނިޔެއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ތަނެކެވެ. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯވެއެވެ. އެގޮތުން ވެރިކަންވެސް ނިމި ހާލަތު ބަދަލުވެގެންދެއެވެ. ތިމާމީހާ ވެރިކަމުގައި ހުރެ ހަނިކުރި ހައްގުތައް އަނެއް ބަޔަކު އައިސް އެއޮތްގޮތަށް ހަމަ ބާއްވަވެސްފާނެއެވެ. ނުވަތަ އެއަށްވުރެ ބޮޑަށް ދީވެސް ފާނެއެވެ. ނަމަވެސް މީގައި ފާހަގަކުރަން ބޭނުންވަނީ، ވެރިކަމުގެ އާރުބާރާއި ގެއްލުމުން އެއްކަލަ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގަށް ޖެހޭ ކުއްލި ލޯތްބެވެ. އެހިސާބުން އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ނިކަން އަޑަށް ބާރުލާފައި ދައްކައެވެ. ވެރިކަމުގައި ހުރިއިރު ދެ މީހަކު މަގެއްގެ މަތީގައި ތިއްބަސް ފުލުހުން ފޮނުވައި އެބަޔަކު ހައްޔަރުކުރި ކަމެއް ހަނދާނެއް ނުހުރެއެވެ. އެއްވާންބޭނުންނަމަ ހައްޖަށް ދާންވީ ނޫންހޭ ބުނެވުނު ކަމެއްގެ ހަނދާނެއް ނުހުރެއެވެ. އެއްވުމެއް ބާއްވާއިރަށް ޕެޕަރ ސްޕްރޭއިން، މީހަކުވެސް ވަކިނުކުރެވޭވަރު ކޮށްލެވުނު ކަމެއް ހަނދާނެއް ނުހުރެއެވެ. މީހުންނަށް ކުރި އަނިޔާއެއް ހަނދާނެއް ނުހުރެއެވެ.

ދެން ދައްކަން ފަށަނީ އެއިރެއްގައި އޮންނަ ސަރުކާރެއް ހާދަ ޚުދުމުހުތާރޭ، އަނިޔާވެރިއޭ ކިޔާ އެވާހަކަތަކެވެ. ހައްގުތައް ހަނިކުރާކަމުގެ ވާހަކައެވެ. ތިމާމީހުންނަށް މީގެ ކުރިން ކިޔުނީ ކީކޭ ކަމެއް ހަނދާނެއް ނުހުރެއެވެ. އަދިވެސް ދިވެހިންނަށް ތަދުވަނީ އަމިއްލަ މީހާގެ ގައިގައި ޖެހީމައެވެ. އެތަދު ފިލާއިރު އޮންނަނީ އެކަންވެސް ހަނދާންނެތިފައެވެ. އެހެންކަމުން މިފަދަ އަސާސީ ހައްގުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފޭތަނެއް ނާދެއެވެ. ކޮންމެ ބަޔަކުވެސް ވެރިކަމުގައި ތިބޭ ހިތުން، މިފަދަ ހައްގުތައް އޮންނަނީ ދީފައިކަމަށާއި ހަނިނުކުރާ ކަމަށް ބުނެއެވެ. ނަމަވެސް ބާރު ގެއްލޭ ހިސާބުން އެހައްގުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ބޭނުންވެއެވެ. ކުއްލިކުއްލިއަށް މިހައްގުތައްދެކެ މިވާ ލޯތްބެއް ހަމަ އެއްގޮތަަކަށްވެސް ނޭންގެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު