Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނާއި އިންޑިއާގެ ގުޅުން

ރައީސް ޔާމީނާއި އިންޑިއާގެ މިސާލަކީ އިނދެވަރިކޮށްފައި ތިބި ދެމީހުންގެ މިސާލެވެ.

ރައީސް ޔާމީނަކީ ރާދަ ދޫނީގެ އިނދެ ވަރިވާ 12 އިންސައްތަ ދޫނީގެ ތެރޭގައި ހިމެނޭ ބޭފުޅެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 09:55
ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ ސަލާމްކުރައްވަނީ

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ ސަލާމްކުރައްވަނީ

ފުރަތަމަ ދިމާވާއިރު ޖޯޑެއްގެ މިސާލަކީ އެކަކު އަނެކަކަށްޓަކައި މަރުދޭ ރާދަ އަސްދޫނި ނުވަތަ ސްވޯންގެ މިސާލެކެވެ. ރާދަ އަސްދޫނީގެ ތެރެއިން ވެސް އެ އާއިލާގެ އެއް ބާވަތެއް ކަމަށްވާ މިއުޓް ސްވޯން ނުވަތަ މައްމަނު ރާދަ އަސްދޫންޏަކީ އޭގެ ހަޔާތް އެކަކާ އެކީގައި ހޭދަކޮށްލާ ދޫންޏެކެވެ. ނަމަވެސް މި ދޫނީގެ ތެރޭގައި ވެސް 12 އިންސައްތަ ޖޯޑު ވަރިވާ ކަމަށްވެއެވެ.

އެކި ސަބަބުތަކާ ހުރެއެވެ. ބައެއްފަހަރު އާއިލާއެއް ބިނާ ނުކުރެވިގެން ނުވަތަ ބޭނުންވާ ކަމެއް ނުވެގެންނެވެ. އަނެއްބައި ފަހަރު ދެ ދޫނިންކުރެ ދޫންޏެއް މަރުވުމުންނެވެ. ގިނަ ފަހަރު މަރުވެދަނީ ވެސް އެކީގައެވެ. އެހާވެސް ލޯބިން އުޅޭ އެއްޗެކެވެ.

މި ފާހަގަކޮށްލި މައްމަނު ރާދަ އަސްދޫނީގެ އެއްކަލަ 12 އިންސައްތައިގެ ތެރޭގައި ރާއްޖޭގެ ކުރީގެ ވެރިއަކު ހިމެނިވަޑައިގަންނަވައެވެ. އެފަދަ މިސާލެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ދުވަސްވަރު އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ގާތް އެއް ޤައުމަކީ އިންޑިއާއެވެ. އިންޑިއާއަކީ ރާދަ އަސްދޫނީގެ ފިރިހެން ދޫނިކަމެއް އަންހެން ދޫނިކަމެއް ނޭނގެއެވެ. ރައީސް ޔާމީންގެ ވެރިކަން އޮތީ އިންޑިއާގެ އުނގަށް ވެއްޓިއެވެ. ރާދަ އަސްދޫނީގެ މިސާލުގައި ހަމަ ލޯބިން އުމުރު އެކުގައި ހޭދަކޮށްލުމަށެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސް ޔާމީން ނ. ވެލިދޫއަށް ވަޑައިގެން ދެއްކެވި ބައެއް ވާހަކަތަކަށް ބަލާލާނަމެވެ. ރައީސް ޔާމީނާއި އިންޑިއާގެ ލޯބީގެ ކުރީ ދުވަސްކޮޅުގައި ފެނިގެންދިޔަ ޖާޒުބީ ބަސްތަކަށް ބަލާލާނަމެވެ.

ރައީސް ޔާމީން ރާދަ އަސްދޫނީގެ 12 އިންސައްތައިގެ ތެރޭގައި ހިމެނިވަޑައިގަންނަވަން ފެއްޓެވި ދުވަސްކޮޅެވެ. އެހެން ރާދަ އަސްދޫންޏެއް ފެނިވަޑައިގެން އެމަނިކުފާނުގެ ރާގުފުޅު އެއްކޮށް ބަދަލު ނުވަނީސް ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ޗައިނާއާއެކީ މިނިވަން ވިޔަފާރީގެ އެގްރީމަންޓު ކުރުމުގެ ބޭނުމަކީ އެއްގޮތަކަށްވެސް އެހެން ޤައުމަކާ އަޅުގަނޑުމެންނާ ދޭތެރޭގައި މައްސަލަޖެހޭ ކަމެއްނޫން" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިލްތިމާސްކުރައްވަން ބޭނުންފުޅުވަނީ، އަޅުގަނޑުމެންގެ ލިޔުންތެރިންނަށްވެސް، ނޫސްތަކުގައި ލިޔުއްވާ ބޭފުޅުންނަށް، ޚަބަރު ގެނެސްދެއްވާ ބޭފުޅުންނަށް ވެސް، އަޅުގަނޑުމެން މި އެގްރީމަންޓް (ޗައިނާއާއެކީ މިނިވަން ވިޔަފާރީގެ އެގްރީމަންޓް) ކޮށްގެން، އެއްގޮތަކަށްވެސް އިންޑިއާގައި ބައެއް އަމިއްލަ މީހުންގެ ޚިޔާލުގައި އެ އަންނަ ވާހަކަތަކަށް އިންޑިއާއާ ދިމާއަށް އެއްޗެއް ވިދާޅުވާކަށް ނުޖެހޭ ކަމަށެވެ. އަދި އިންޑިއާއަކީ އެންމެ ގާތް ޤައުމު ކަމަށާއި، އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމަކީ އިންޑިއާ ކަމަށެވެ.

ރައީސް ޔާމީން ދެން ވިދާޅުވީ އަޅުގަނޑުމެން ޗައިނާއާއެކީ ފްރީ ޓްރޭޑް އެގްރީމަންޓެއް ކުރެވިގެން، މިނިވަން ވިޔަފާރީގެ އެގްރީމަންޓެއް ކުރެވިގެން، އެކަމުގައި އިންޑިއާގެ ތެރޭގައި ބައެއް އަމިއްލަ މީހުންގެ، ނޫނީ ޖާނަލިސްޓުންގެ ޚިޔާލު ތަފާތުވެގެންދާ ދިޔުމަށް އެމީހުން ދައްކާ ވާހަކައަކަށް އަޅުގަނޑުމެންގެ ނޫސްވެރިން ރައްދުދޭކަށް ނުޖެހޭ ކަމަށެވެ.

އެއީ ވަރަށްދެރަ ކަމެއް ކަމަށާއި، އެ ކުރެވެނީ މުޅި ދައުލަތުގެ މަސްލަޙަތާއި، މުޅި ރައްޔިތުންގެ މަސްލަޙަތަށް މިކަމުން ކުރާނީ ކޮންކަހަލަ އަސަރެއްތޯ ވިސްނައިނުލާ ކުރާ ކަންތައް ކަމަށެވެ. އަދި އެކަންކަމާ ދޭތެރޭގައި ވިސްނާލަން ޖެހޭ ކަމަށެވެ.

އަދިވެސް އެމަނިކުފާނުގެ މިފަދަ އެއް ދަތުރުފުޅަކަށް ބަލާލާނަމެވެ. 27 މޭ 2014 ގައި އިންޑިޔާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް އެމަނިކުފާނުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެނބުރި ރާއްޖެވަޑައިގެން ވިދާޅުވީ ދިވެހި ވަފުދަށް ބޮޑުވަޒީރާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށެވެ.

ހަމައެހެންމެ، އެ ބައްދަލުކުރެއްވުން ނިންމަވާފައި، އިންޑިއާގެ ރައީސާއި ބައްދަލުކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެން ކަމާއި، އިންޑިއާއިން ވަރަށް ރަނގަޅަށް ދިވެހިރާއްޖެއާ ދޭތެރޭގައި ކަމޭހިތައި، ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެއްވާފައި ހުރިކަމަށް ވިދާޅުވިއެވެ.

އަދި ބޮޑުވަޒީރުގެ ފުރަތަމަ ބައްދަލުވުމުން ކަށަވަރުކޮށްދެއްވީ، އިންޑިއާގައި އޭގެ ކުރިން އޮތް ކޮންގްރެސްގެ ސަރުކާރުން ދިވެހިރާއްޖެއާ ދެމެދު ކުރެވިފައި ހުރި މުޢާމަލާތްތަކުގައި ކޮށްދެއްވަން ވިދާޅުވެފައި ހުރި ހުރިހާ ކަންތައްތަކަކަށް ހަމަ ހަންޑްރެޑް ޕަސެންޓް ކޮމިޓްމަންޓް ދެއްވި ވާހަކަފުޅެވެ.

ރައީސް ޔާމީންގެ މި ވާހަފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށް ވެގެންދިޔައީ މިސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ހުރި މުޢާހަދާތަކާއި އަދި ޑިފެންސް ފެކްޓުތަކާއި، މިކަހަލަ ވާހަކައާއި، އިންސާނީ ޙައްޤުތަކާ، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމާއި، ދެން މިހެން ހުރި ކަންތައްތައްތަކާއި ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަފުޅެވެ.

އަދި މިހާރު އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ ކުދިންކޮޅު ގޮވަމުންދާ އިންޑިއާގެ މިހާރު އޮތް އަނިޔާވެރި ބީޖޭޕީ ސަރުކާރަށް ވެސް ރާއްޖެ އަންނަން އެމަނިކުފާނު ދައުވަތު ދެއްވިކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އިންޑިއާގެ އުތުރުން އެމަނިކުފާނަށް ފެނިވަޑައިގެންނެވި އެހެން ރާދަ ދޫންޏެއްގެ އަސަރުގައި ޖެހި އެއްކަލަ ކަރާ ކަރު މަހާލާ ހިތްތައް ފަޅުވަމުން ލޯބީގެ ފަސާނާ ކިޔަމުން ދުވި އިންޑިއާ މިއަދު އެކަށްޗަކަށްވެސް ނުވިއެވެ. އިނދެފައި ވަރިކުރުމުން ވަރިކުރިފުޅު ގޯސްވާހެން ރައީސް ޔާމީނަށް އިންޑިއާ ގޯސްވީ އެހެނަކުން ނޫނެވެ. ޗައިނާއިން ދިން މަދު އެއްޗެއްގެ ދަހިވެތިކަމުގައި އިންޑިއާއަށް ނުގޮވާ އެއްޗެއް ނެތެވެ.

އެއްކަލަ ދުވަހު އިންޑިއާއަށް ބަދުބަސް ނުބުމުމަށް ރައްޔިތުންގެ ކައިރީގައި އާދޭހާއެކު އިލްތިމާސް ދަންނަވަމުން ވަޑައިގެންނެވި ރައީސް ޔާމީން މިއަދު އިންޑިއާއަށް ރަތްމަހަކަށް ނުގޮވާ ވަރުކޮށްލައެވެ. ވެރިކަން ވެސް ގެއްލުނީ އިންޑިއާއާ ހެދިކަމަށް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު