Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

އިންސާނުން ފުރިހަމަ ނަމޫނާ ލިބިގަންނަންވީ މާތް ނަބިއްޔާގެ ސީރަތުން: ޚުތުބާ

20 މެއި 2022 | ހުކުރު 08:41

ރަސޫލާގެ މުޅި ހަޔާތްޕުޅަކީ އަހަރެމެންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 މެއި 2022 | ހުކުރު 08:41
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

އަހަރެމެންގެ ހަޔާތުގައި ބަލަންޖެހޭ އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ މުހައްމަދު ﷺ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މާތް ނަބިއްޔާ ﷺ ގެ ޚުލްގުފުޅުން ނަމޫނާ ލިބިގަތުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ އަހަރެމެންގެ ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގު ދެއްކެވުމަށްޓަކައި މާތް ﷲ އަހަރެމެންގެ ގާތަށް ފޮނުއްވި ރަސޫލާގެ ސީރަތުން ފިލާވަޅުތަކާއި، ދަރުސްތައް ހާސިލްކުރަންޖެހިފައިވާކަމަށެވެ.

ކީރިތި ރަސޫލާގެ މުޅި ހަޔާތްޕުޅަކީ އަހަރެމެންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކަލޭގެފާނުގެ މަތިވެރި ޝަޚްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައިވިޔަސް އެއީ ލާމަސީލު ނަމޫނާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކީރިތި ރަސޫލާއަކީ މީސްތަކުންގެ ތެރޭގައި އުޅުއްވި ދިރިހުރި ގުރުއާނެއް ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ އަހަރެމެންނަށް އަންގަވަނީ ރިވެތި އަޚުލާގުން ޒީނަތްތެރިވުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާއެކު އަނެކުންނާ ބައްދަލުކުރުމަށް ކަމަށާއި، މިއީ ވަގުތަކަށް، މުދަލަކަށް، ތަނަކަށް ބޭނުންވާނެ ކަމެއް ނޫންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖުގެ އަސަރު ވަރަށް ފުންވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމުން ކުރާ ކޮންމެ ކަމެއް ރަނގަޅަށް ފުރިހަމަކޮށް ކުރުމަށް ރަސޫލާ ގޮވާލައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކަމެއް ކުރާއިރު، އެކަން ނިންމަންޖެހޭ ވަގުތަށް ނިންމުމަށް ސަމާލުކަން ދިނުމަށާއި، ގަޑިނުޖެހި މަސައްކަތަށް ދިއުމަށް ނަސޭހަތްތެރިވެއެވެ. އަދި ކުރާ މަސައްކަތްތައް ފަރުވާ ބަހައްޓައިގެން ކޮށްފިނަމަ މަސައްކަތް ކުރުމުގެ އިސްލާމީ ސަގާފަތް އަހަރެމެންގެ ތެރޭގައި އަށަގަންނާނެ ކަމަށް ޚުތުބާގައި ވެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް