Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫތު ލީޑަރސް ފޯރަމް

ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޒުވާން ޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން - ހޯމް މިނިސްޓަރު

ފޯރަމްގައި 13 ރަށުން 100 އެއްހާ ޒުވާނުން ބައިވެރިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 05:09
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޔޫތު ލީޑަރސް ފޯރަމުގައި ވާހަކަފުޅުދައްކަވަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޔޫތު ލީޑަރސް ފޯރަމުގައި ވާހަކަފުޅުދައްކަވަނީ

ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހެން ވިދާޅުވީ ޔޫތު ލީޑަރސް ފޯރަމް ށ.މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅުގެ ޒުވާނުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޔޫތު ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްސީލުކުރާ ނެޓްވޯކެކެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތު ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ. އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ މުއާތިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލު އަޅުގަނޑުމެންނަށް ހޯދާ ނުފެންނާނެތީ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޤައުމެއްގެ މުސްތަޤްބަލު ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށް ކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމު ދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެޤައުމެއްގެ މުސްތަޤްބަލާމެދު ހުރި ހިތާމައެއްގެ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ށ. އަތޮޅުގެ 13 ރަށެއްގެ ޒުވާނުންނާ މުޚާތަބުކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަދު އެ ލޮބުވެތި ޒުވާނުންގެ ކޮނޑުގައި އަޅުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށެވެ.

އަޅުގަނޑުމެންގެ މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއްކަމަށެވެ. މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޔޫތު ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ފޯރަމްގެ ކަންކަން ހޯމް މިނިސްޓްރީން ކުރިއަށްގެންދެވީ އެމަނިކުފާނާ މަޝްވަރާ ކުރައްވައިގެންކަމަށެވެ. އަދި ފޯރަމްގެ މައުލޫމާތު ހިއްސާކުރެއްވި ވަގުތުވެސް ކަމުގެ މުހިއްމުކަން ޤަބޫލުކުރެއްވުނުކަމަށެވެ. ށ.އަތޮޅަށް އަމާޒުކުރައްވައިގެން މިލަންދޫގައި މިފަދަ ފޯރަމެއް ބޭއްވީތީ މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފްވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

03 ޖުލައި 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު