Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ނަޝީދު

ލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ނަޝީދު ހަމަޖެއްސުމުން ރައީސްގެ މަރުޚަބާ

ކުރިޔަށް އޮތް ތަނުގައި ވެސް ލަންކާއަށް ދިވެހިންގެ އެހީ ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 02:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ސްރީލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ދޭދޭ ޤައުމުތަކުން އެހީ ހޯދަން އެހީތެރިވާ މަންދޫބަކަށް ރައީސް ނަޝީދު ހަމަޖެއްސީ، އެ ޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ އެވެ. އެއީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމަކަށް ރަނިލް އިޖާބަދެއްވާ ހަވާލުކުރެއްވި މަސައްކަތެކެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ކުރެއްވި ޓްވީޓުގައި، ކުރިޔަށް އޮތް ތަނުގައި ވެސް ލަންކާއަށް ދިވެހިންގެ އެހީ ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ލަންކާއާ އެކީގައި ކަމަށާއި މި އުނދަގޫ ވަގުތުން އަރައިގަންނަން ވެދެވެން އޮތް ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށެވެ.

ރައީސް ޞާލިހުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ ރައީސް ނަޝީދަށް މަރުޚަބާ ވިދާޅުވެ ޓްވީޓެއްކުރައްވާފައެވެ. މިޓްވީޓްގައި ރާއްޖެ އާއި ލަންކާއަކީ ޒަމާންވީ ދެ ރަހުމަތްތެރިންކަމަށާއި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިޤްތިސާދީ ކާރިސާގައި ކުރިއަށް އޮތް ދުވަސްތަކީ ދަތި އުދަނގޫ ދުވަސްތަކަކަށް ވާނެ ކަމަށް ބޮޑުވަޒީރު ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ. އަދި ލަންކާއަށް ބޭނުންވާ ޒާރޫރީ މުދާ ގެނައުމަށް ޚަރަދުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވީހާވެސް އަވަހަށް 75 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ލަންކާގެ އިޤްތިސާދީ ކާރިސާއަކީ އެޤައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤްތިސާދީ ކާރިސާއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު