Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

ލަމްހާއަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2022 | ބުރާސްފަތި 10:49
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާއާ ދެކޮޅަށް ހެކި ހުށައަޅާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ, "އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ"ގައި ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރެއިން 74 ހެކިންނަކީ ޝަފަހީ ހެކިންނެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގައި 18 ހެތްކެއް ދައުލަތުން ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި 11 ޝަފަހީ ހެއްކެއް ހިމެނެއެވެ.

އޭގެ އިތުރުން، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި، ކުށުގެ ދައުވާއާއި ގުޅިގެންވެސް ހުށައަޅާފައިވަނީ 11 ޝަފަހީ ހެކި ހިމެނޭހެން ޖުމުލަ 18 ހެތްކެކެވެ.

ދިފާއުންވެސް ވަނީ ލަމްހާގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ހެކި ހާމަކޮށްފައެވެ. އެގޮތުން ތިން ދައުވާއާ ގުޅިގެންވެސް 11 ހެތްކެއް ދިފާއުން ވަނީ ހުށައަޅާފައެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދެފަރާތަށްވެސް ދެއްވާފައެވެ.

ގާޒީ ވަނީ، ލަމްހާގެ މައްޗަށް ކުރާ 3 ދައުވާވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފައެވެ.

މި އަޑުއެހުމުގައި ލަމްހާގެ ބަންދާ ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން ލަމްހާގެ ބަންދާ ގުޅޭގޮތުން ދައުލަތުން ވަނީ ސިޓީއެއް ހުށަހަޅާފައެވެ.

ޑޮކްޓަރު ދެއްވާފައިވާ އިރުޝާދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަރެކްޝަންސްއިން ފުރިހަމަ ކޮށްފައިވާކަމަށް، ކަރެކްޝަންސްއިން ފޯރުކޮށްދިން މައުލޫމާތުތަކާ ހަވާލާދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި، ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް، ލަމްހާއަށް ބަރު އެއްޗެހި އުފުލަން ނުޖެއްސުމާއި، ސިޑިން އަރަންޖެހޭ ހާލަތްތަކުގައި އެހީ ފޯރުކޮށްދިނުމާއި، ލޯންޑްރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ފިޒިއޯތެރަޕީގެ ޚިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަން ކުރިއަށްދާކަމަށް ކަރެކްޝަންސްއިން ވަނީ ޔަގީންކޮށްދީފައެވެ.  

އެހެންނަމަވެސް، އޭނާ ގޭގައި ހުރެގެން ބެޑްރެސްޓްކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. ދިފާއުން ލަމްހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ދައުލަތުން ލިއުމުން ރައްދު ދީފައިނުވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއުގެ ލިއުމަށް ރައްދު ދިނުމަށް ދައުލަތަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އޭނާގެ ބަންދު މުރާޖައާއާމެދު ގޮތެއް ނިންމަވާނީ އޭގެ ފަހުންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2018

ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނާ ބައްދަލުކުރައްވައިފި

07 އޮކްޓޯބަރު 2018
ޔޫކޭގެ ފޮރިން މިނިސްޓަރު މާކް ފީލްޑް މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނާ ބައްދަލުކުރައްވައިފި
05 ޖޫން 2018

ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒެއް ނުކުރޭ: މަދަނީ ޖަމިއްޔާތައް

05 ޖޫން 2018
ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒެއް ނުކުރޭ: މަދަނީ ޖަމިއްޔާތައް
04 ޖޫން 2018

އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެ: އިމްތިޔާޒު

04 ޖޫން 2018
އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެ: އިމްތިޔާޒު
26 އެޕްރީލު 2018

މަދަނީ ބަސް ނޭހުމަކަށް ދިއުމަށް އަމީން އިބްރާހިމް ގޮވާލާއިފި

26 އެޕްރީލު 2018
މަދަނީ ބަސް ނޭހުމަކަށް ދިއުމަށް އަމީން އިބްރާހިމް ގޮވާލާއިފި
20 މާރިޗު 2018

ކައުންސިލަރުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިބުރާ ގޮވާލައްވައިފި

20 މާރިޗު 2018
ކައުންސިލަރުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް އިބުރާ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު