Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ބަލިމަޑުކަމަކާ ކުރިމަތިލާން ސަރުކާރުތައް އަދިވެސް ތައްޔާރެއް ނޫން: ޑަބްލިއުއެޗްއޯ

19 މެއި 2022 | ބުރާސްފަތި 09:50

ސިއްހީ ދާއިރާއާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމުތައް ތައްޔާރެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 މެއި 2022 | ބުރާސްފަތި 09:50
ޓެޑްރޯސް

ޓެޑްރޯސް

ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ މީގެ ކުރިން ހީވެސް ކުރެވިފައި ނެތް އެތައް ކަމަކަށް މުޅި ދުނިޔޭގެ ލޯ ހުޅުވާލަދިން ބަލިމަޑުކަމެކެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އެންމެ ވަރުގަދަ ޑިމޮކްރަސީތައް ހިންގަމުން ދާ ނުފޫޒުގަދަ ގައުމުތަކުގެ ސަރުކާރުތަކުގައިވެސް ފޫ ނުބެދޭ ބާގަނޑުތަކެއް ހުރިކަން ތިލަކޮށްލަދިން ބަލިމަޑުކަމެކެވެ. ވަކިން ހާއްސަކޮށް، ސިއްހީ ދާއިރާއާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމުތައް ތައްޔާރު ނޫންކަން ސާފުކޮށް އަންގައިދިން ބަލިމަޑުކަމެކެވެ.

ޗައިނާގެ ބާޒާރުމަތީ ސަރަހައްދަކުން ބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކުރި ފަހުން އަދާ ހަމައަށް 2 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެ ދިޔަ އިރުވެސް، ގައުމުތަކުން އެ ފަދަ 2 ވަނަ ހާލަތަކަށް ތައްޔާރު ތޯ ސުވާލު އުފެދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު އާންމު ކުރި ރިޕޯޓް ދިނީ ހިތާމަވެރި ހަބަރެކެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވިއިރު ތައްޔާރު ނުވެވި އޮތް ފަދައިން، ގައުމުތަކުގެ ސަރުކާރުތަކުން އާ ބަލިމަޑުކަމަކަށް ތައްޔާރު ނޫން ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ޖުލައި 2020 ގައި އެކުލަވާލި އިންޑިޕެންޑަންޓް ޕެނަލް ފޮރ ޕެންޑަމިކް ޕްރެޕެއާޑްނަސް އެންޑް ރެސްޕޯންސްއިން ވަނީ، ގައުމުގެ ސިޔާސީ ލީޑާޝިޕާއި، މާލީ އަދި ސާވޭލަންސް ނިޒާމްތައް ހަރުދަނާ ކުރުމަށް އަޅަން ފެންނަ ފިޔަވަޅުތައް ބަޔާންކޮށް، މިދިޔަ އަހަރުވެސް އިރުޝާދުތަކެއް ދީފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެކަން ކަމަށް މާބޮޑު ބަދަލެއް އައިސްފައި ވާތީއެއް ނުފެނެއެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކުރި ރިޕޯޓްގެ އިސް މުސައްނިފުން ކަމުގައި ވާ ނިއުޒީލަންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކްއާއި ލައިބީރިއާގެ ކުރީގެ ރައީސް އެލެން ޖޯންސަން ވިދާޅުވީ، ބަލިމަޑުކަމަކުން ދިފާއު ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް މިހާރު އެކަން ބާރު ދުވެއްޔެއްގައި އަމާޒަށް ވާސިލުވުމަށް އެތައް އަހަރެއް ހޭދަ ވާނެ ކަމަށެވެ.

ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ހާލަތަކަށް ދުނިޔެ އޮތީ ތައްޔާރު ނުވެކަމުގެ ނުރައްކާ އިންޒާރު، ރިޕޯޓްގައި ދީފައިވެއެވެ.

އިންސާފުވެރި އުސޫލަކުން ވެކްސިން ފޯރުކޮށްދެވެމުން ނިދިޔުމަކީ އެކަމަކުން އަރައިގަތުމަށް އެންމެ ދަތި ހުރަސް ކަމަށް ދިރާސާގެ މުސައްނިފުން ވަނީ ފާހަގަ ކުރައްވާފައެވެ. ކޮންޓްރޯލެއް ނެތި ބަލިމަޑުކަން ފެތުރިގެން ދިއުމަކީ އެ ބަލީގެ އާ ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ތަނަވަސް ކުރާ ކަމަކަށްވާއިރު، ޕެނަލްގެ ރިޕޯޓްގައިވެސް އެކަން ވަނީ ފާހަގަކޮށްފައެވެ. ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ބަލާއިރު އާބާދީގައި ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 13 ޕަސެންޓަށް ވުރެވެސް މަދު އަދަދެއްގެ ބައެއްކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ކަން މިހެން އޮތްއިރު ޖަރުމަނުވިލާތުން ވަނީ އާ ވޭރިއަންޓަކަށް ބިރުން، އިތުރު ވެކްސިން ޑޯޒްތައް ގަންނަން ނިންމާފައެވެ. ނަމަވެސް މިހާރު ވެކްސިން އުފައްދަމުން ދަނީ އުފެއްދެން އޮތް އެންމެ މަތީ މިންވަރަށް ކަން ޕެނަލުން ވަނީ ފާހަގަކޮށްފައެވެ. އަދި އުފެއްދުންތެރިކަން އިތުރު ކުރުމަކީ ވަގުތު ނަގާ ކަމެއް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާއިން ހުސްވި ހަފުތާގައި ކޮވިޑް-19 ވާޗުއަލް ސަމިޓްގެ 2 ވަނަ ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް، "ހިލޭ ސާބަހަށް އެހީވުމުގެ" އުސޫލުން އަމަލު ކުރުމަކީ، ކުރިއަށް އޮތް ތަނުގައި ބަލިމަޑުކަމަކަށް ތައްޔާރުވުން ނޫން ކަމަށްވެސް ޑަބްލިއުއެޗްއޯގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!

27 ސެޕްޓެމްބަރު 2017
އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!
13 ސެޕްޓެމްބަރު 2017

އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން

13 ސެޕްޓެމްބަރު 2017
އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން
22 އޯގަސްޓު 2017

އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން

22 އޯގަސްޓު 2017
އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން
19 އޯގަސްޓު 2017

ބާސެލޯނާގައި ދިން ހަމަލާގައި އިސްކޮށް ހުރި މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި

19 އޯގަސްޓު 2017
ބާސެލޯނާގައި ދިން ހަމަލާގައި އިސްކޮށް ހުރި މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި
18 އޯގަސްޓު 2017

އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ

18 އޯގަސްޓު 2017
އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
17 ޖޫން 2017

ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ

17 ޖޫން 2017
ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ
15 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

15 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް