Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަތަފަންދޫ ގިރާ ސަރަހައްދުގެ މަސައްކަތް

ރަތަފަންދޫ ރައްޔިތުންގެ ދިގު އިންތިޒާރުގެ ނިމުން: ގިރާ ސަރަހައްދުގެ މަސައްކަތް ޖޫން މަހު ފަށަނީ

19 މެއި 2022 | ބުރާސްފަތި 08:08

މި މައްސަލައަށް ވަނީ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މެއި 2022 | ބުރާސްފަތި 08:08
ރަތަފަންދޫ ގިރާ ސަރަހައްދު

ރަތަފަންދޫ ގިރާ ސަރަހައްދު

ގދ. ރަތަފަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހު ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރަތަފަންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަސް ހައްލެއް މި މައްސަލައަށް ލިބުމެވެ. މީގެ ކުރީ ސަރުކާރުތަކުން މި މަސައްކަތް ކޮށްދޭނެ ކަމަށްބުނެ އެއްވެސް ސަރުކާރަކުން މަސައްކަތް ނިންމައިދީފައިނުވާތީ، އެރަށު ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

މިސަރުކާރުން ވަނީ ރަތަފަންދޫ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރަތަފަންދޫއަށް ވަޑައިގެން ގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

އެ ސަރަހައްދު ބައްލަވާލެއްވުމަށްފަހު އާޒިމް ވިދާޅުވީ މި މަސައްކަތުގެ އީއައިއޭ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ މޮބިލައިޒް ކުރުމުގެ މަސައްކަތް ކަމަށާއި، ޖޫން މަސް ތެރޭގައި މަސައްކަތް ފެށުމަށް މަސައްކަތްކުރައްވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

ރަށްރަށަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ހިންގާ މަޝްރޫއުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ މަޝްރޫއުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މި މަސައްކަތް ފަށަން ނިންމާފައިވާ ތާރީޚު ޖޫން ޖުލައިގައި ކޮޅިގަނޑާ ދިމާވި ނަމަވެސް އިތުރު ހިތްވަރެއް ލައި، އެ ރަށުގެ ރަށް ގިރުމުގެ ޕްރޮޖެކްޓް މިއަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަސައްކަތާ ގުޅިގެން ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ މިއީ އެރަށު ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެންކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. މިކަމުގެ ސަބަބުން އެރަށު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ލިބޭ ކަމަށާއި، އެ ސަރަހައްދުން އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރަންވެސް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަތަފަންދޫއިން "ރާއްޖެއެމްވީ" އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި މިއީ 1990 ވަނަ އަހަރުން ފެށިގެން އެ ރަށަށް ދިމާވަމުންދާ މައްސަލައެކެވެ. ރާޅު އަރާއިރުގައި އެ ހިސާބުގައި ހުރި ގޭއްގޭގެ ފާރު މަތިން ރާޅު އަރައިގެންދާކަމަށް އޭނާ ކިޔައިދިނެވެ. އަދި 50 ވަރަކަށް ފޫޓު ގިރައިގެން ގޮސްފައިވާކަމަށް އޭނާ ބުންޏެވ

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް