Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ގަވާއިދު

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ނިންމާ ގެޒެޓްކޮށްފި

18 މެއި 2022 | ބުދަ 17:44

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިމެނޭހެން ޖުމުލަ 20 ގަވާއިދެއް ގެޒެޓްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2022 | ބުދަ 17:44
މަތީތައުލީމާއި ތަމްރީނާއި ގުޅޭ 20 ގަވާއިދެއްވަނީ ގެޒެޓްކޮށްފައި

މަތީތައުލީމާއި ތަމްރީނާއި ގުޅޭ 20 ގަވާއިދެއްވަނީ ގެޒެޓްކޮށްފައި

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެކުލަވާލައި ނިންމައިފިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކޮށް ގައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި މީހުންބިނާކުރުމަށް ދޭ އިސްކަން އިތުރުކުރުމަށް 2018 ވަނަ އަހަރު "މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން" ގެ ނަމުގައި ދައުލަތުގެ ވަކި ވުޒާރާއެއްވަނީ އުފައްދަވާފަ އެވެ. މި ވުޒާރާ އުފެދުމާ ގުޅިގެން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ހަރުދަނާކޮށް މޮނިޓަރކުރުމަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ފުރަތަމަ ފަހަރަށް މަތީ ތަޢުލީމާ ތަމްރީނުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފެށިފައި ވެއެވެ. މިބިލު 16 މެއި 2021 ދުވަހު، ދިވެރިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ނަމުގައި ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

Advertisement - newsAdvertisement

މި ޤާނޫނު ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން މި ޤާނޫނު 71 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި އަދި އެހެނިހެން ބާބުތަކުގައި އެކިއެކި ޚާއްޞަ ކަންކަމާ ގުޅިގެން އެކުލަވައިލަންޖެހޭ ގަވާއިދުތަކެއް ކަނޑައެޅި، އެ ގަވާއިދުތައް އެޤާނޫނަށް ޢަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމްކޮށްފަ އެވެ. އެގޮތުން، މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިމެނޭހެން ޖުމުލަ 20 ގަވާއިދެއް 16 މެއި 2022 އާ ހަމައަށް ވަނީ އެކުލަވާލައި ގެޒެޓްކޮށްފައެވެ.

މި ޤަވާއިދުތައް އެކުލަވައިލުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު މާހިރުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ވަނީ ފުޅާދާއިރާއެއްގައި ހޯދާފަ އެވެ. އަދި މި ގަވާއިދުތައް ތަންފީޒު ކުރަމުންދާއިރު ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ގަވާއިދުތައް މުރާޖައާކުރަންޖެހޭ ހާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން އެކަންކަން ކުރަމުން ގެންދާނެ އެވެ.

މި ގަވާއިދުތައް ތަންފީޒުކުރަން ފެށުމުން، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު، ކަނޑައެޅޭ ވަކި މިންގަނޑެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށްވެ، މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާވެ، މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް އެކަމުގެ ފައިދާކުރާނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް