Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗްގެ ހިދުމަތްތައް

ދުވާލެއްގެ މައްޗަށް 700 އެޕޮއިންޓްމަންޓް ދޫކުރާ އިރު ޑޮކްޓަރަށް ދައްކަން އަންނަނީ 80 އިންސައްތަ މީހުން – އައިޖީއެމްއެޗް

20 އިންސައްތަ މީހުން ޑޮކްޓަރަށް ދައްކަން އަންނާނެކަމުގެ ޔަގީންކަން ދިނުމަށްފަހުގައި ނާދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މެއި 2022 | ބުދަ 17:15
އައިޖީއެމްއެޗްއަށް ވަންނަ އިރު ހަދާފައި ފްލޫ ސްކްރީނުން ޑެސްކް

އައިޖީއެމްއެޗްއަށް ވަންނަ އިރު ހަދާފައި ފްލޫ ސްކްރީނުން ޑެސްކް

އައިޖީއެމްއެޗުން ދުވާލެއްގެ މައްޗަށް 700 އެޕޮއިންޓްމަންޓް ދޫކުރި ނަމަވެސް، އަންނާނެކަމުގެ ޔަގީންކަން ދީފައި ޑޮކްޓަރަށް ދައްކަން އަންނަނީ އޭގެ ތެރެއިން 80 އިންސައްތަ މީހުން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ހިދުމަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެސިސްޓަންޓް ކަސްޓަމަރ ސަރވިސް އޮފިސަރ ރިމްޒާދު ސިއްދީގު ވިދާޅުވީ، ފަހުން ގެނެވުނު ބަދަލާއެކު އައިޖީއެމްޗްގެ ވެއިޓް ލިސްޓް ކުޑަކުރެވި ދުވާލެއްގެ މައްޗަށް 700 ވަރަކަށް އެޕޮއިންޓްމަންޓް ދޫކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެޕޮއިންޓްމަންޓް ދޫކުރުމަށްފަހު އެ އޮޕޮއިންޓްމަންޓަކާއި ގުޅޭ ޑިޕާޓްމަންޓުން ބަލިމީހާއަށް ގުޅާ ޑޮކްޓަރަށް ދައްކަން އަންނާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރާ ކަމަށާއި، މި 700 އެޕޮއިންޓްމަންޓުގެ ތެރެއިން 80 އިންސައްތަ މީހުން ޑޮކްޓަރަށް ދައްކާ ނުވަތަ ހިދުމަތް ހޯދާ ކަމަށެވެ. ބާކީ 20 އިންސައްތަ މީހުން ޑޮކްޓަރަށް ދައްކަން އަންނާނެކަމުގެ ޔަގީންކަން ދިނުމަށްފަހުވެސް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަހުން ގެނެވުނު ބަދަލާއެކު ޕޭޝަންޓުން ވެއިޓް ލިސްޓްކުރާތާ މާ ގިނަ ދުވަސްތަކެއް ނުވެ މެސެޖެއްގެ ޒަރިއްޔާއިން އެބޭފުޅަކަށް އެޕޮއިންޓްމަންޓް ހަމަޖެހިފައި އިނީ ކޮން ދުވަހެއްގައި ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އާންމުކޮށް 1 ހަފްތާ ކުރިއަށް ގިނަ ޑިޕާޓްމަންޓްތަކުގެ ވެއިޓިންގ ނެތި ވަރަށް އަވަހަށް ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން އަދި ގުޅައިގެން ނަމަވެސް އައިޖީއެމްއެޗަށް ވަޑައިގެން ނަމަވެސް ވެއިޓްލިސްޓްކުރާ ފަރާތްތަކަށް ކުރު މުއްދަތެއްގައި ތެރޭގައި އެޕޮއިންޓްމަންޓް މިހާރު ލިބިގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ މުހައްމަދު މުނައްވަރު ވިދާޅުވީ އައިޖީއެމްއެޗްއިން ހިދުމަތް ދެމުން އަންނަނީ ބްލޮކްމޯޑަށް ކަމަށެވެ. އަދި ބްލޮކްމޯޑަށް ހިދުމަތްދޭ އިރުގައި ވަކި ޕޭޝަންޓުންނަށް ވަކި ގަޑިއެއް ކަނޑައެޅިގެން ދެމުންދާ ކަމަށެވެ. އަދި ކޮންމެ 10 މިނެޓަކުން ނުވަތަ ކޮންމެ 5 މިނެޓަކުން ޕޭޝަންޓުން އަންނަ އިރުގައި، ޑޮކްޓަރުގެ ޑިއުޓީ 10 ޖަހާއިރު ފަށާކަމުގައި ވާނަމަ ހުރިހާ ޕޭޝަންޓުން 10 ޖަހާއިރަށް ނުގެންނާނެ ކަމަށެވެ.

އަދި އެގޮތަށް ގަޑިތައް ބަހާލައިގެން ޕޭޝަންޓުންނަށް ބްލޮކްމޯޑަށް އެޕޮއިންޓްމަންޓް ދޫކުރާ ކަމަށާއި، ޕޭޝަންޓުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި ލިބޭ ކަމަށެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު