Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގައި ފެން ބޮޑުވުން

ބޯކޮށް ވާރޭވެހި، ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

18 މެއި 2022 | ބުދަ 13:14

1 ގޭގައި މީހުންނަށް ނޫޅެވޭވަރަށް ފެން ބޮޑުވުމުން، އެހެން ގެއަކަށް މީހުން ވަނީ ބަދަލުކުރެވިފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 18 މެއި 2022 | ބުދަ 13:14
ކުޅުދުއްފުށި ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ކުޅުދުއްފުށި ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ

މެންދުރުފަހު ބޯކޮށް ވާރޭވެހި ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ފެންބޮޑުވެފައިވާއިރު ބައެއްގޭގޭގައިވެސް ވަނީ ފެންބޮޑުވެފައެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ބައެއް ގޭގެއަށް ފެންވަދެގެން ރިޕޯރޓް ކުރަމުންދާކަމަށާއި، 1 ގޭގައި މީހުން ދިރިނޫޅެވޭވަރަށް ފެންބޮޑުވެގެން މީހުން ބަދަލުކޮށްފައިވާކަމަށެވެ. އެމީހުން ބަދަލުކޮށްފައިވަނީ އާއިލާގެ އެހެން ގެއަކަށް ކަމަށް ކައުންސިލުން ބުނެއެވެ. ވިއްސާރަޔާގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.

ކުޅުދުއްފުށި ސިޓީގެ ބައެއް ގޭގޭގަޔާއި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ގެއްލުން ވަމުންދާތީ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންދަނީ ލިބުނު ގެއްލުން ބަލަމުންކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާއިރު، މިފަދަ އެހީއެއް ބޭނުންވާ ފަރާތްތަކުން އެސެންޓަރުގެ ހޮޓްލައިން ނަންބަރ 6527173 ނަންބަރަށް ގުޅުއްވުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި ހާލަތު ހަމަޔަކަށް އެޅެންދެން އެ ސެންޓަރުން ޚިދުމަތް ދެމުންދާނެކަމަށް ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ، ކުޅުދުއްފުއްޓަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، ރަށުގެ ގިނަ ސަރަހައްދުތަކަކުން ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި މަސައްކަތުގައި ދިވެހި ރެޑް ކްރެސެންޓް، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް، ކުޅުދުއްފުށި ޕަބްލިކް ވޯރކްސް އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ސިޓީ ކައުންސިލުން ޝުކުރުއަދާކުރެއެވެ.

2021 ވަނަ އަހަރުވެސް ވިއްސާރަވެ ފެންބޮޑުވެގެން ކުޅުދުއްފުއްޓަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް