Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބައްޔަކާމެދު ކަންބޮޑުވުން އުފެދުން

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

17 މެއި 2022 | އަންގާރަ 04:43

މަންކީ ޕޮކްސް އަރާކަމަށް ބޮޑަށް ބެލެވެނީ ޖަނަވާރުންގެ ފުށުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 17 މެއި 2022 | އަންގާރަ 04:43
މަންކީ ޕޮކްސް ޖެހިފައިވާ މީހެއް

މަންކީ ޕޮކްސް ޖެހިފައިވާ މީހެއް

އަނެއްކާވެސް ބައްޔަކާމެދު ދުނިޔޭގެ ސިއްޙީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިފަހަރު އާންމުވާން ފެށި ބައްޔަށް ކިޔަނީ މަންކީ ޕޮކްސްއެވެ. މިއީ ފާނަބަސަންދު ނުވަތަ ޗިކަން ޕޮކްސް އާއި ދާދި އެއްގޮތް ސިފަތަކެއް ހުންނަ ބައްޔެކެވެ.

މި މޭމަހުގެ 7ން 14 އާއި ދެމެދު މަންކީ ޕޮކްސްޖެހިފައިވާ ހަތް މީހުން އިނގިރޭސި ވިލާތުން ފެނި އެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ބަލި ފުރަތަމަ ޖެހުނު މީހާއަކީ މިފަހުން ނައިޖީރިޔާއަށް ދަތުރުކޮށް އިނގިރޭސި ވިލާތަށް ދިޔަ މީހެއްކަމަށް ވެއެވެ. ފަހުން ފެނުނު ހަތަރު ކޭސް ފެނިފައިވަނީ ވެރިރަށް ލަންޑަނުންނެވެ. މޭ 14 ވަނަ ދުވަހު ފެނުނު ދެކޭސް އެއްގައި ހިމެނޭ ދެމީހުންނަކީ އެކުގައި އެއްގެއެއްގައި ދިރިއުޅޭ ދެމީހުންނެވެ. ނަމަވެސް މިދެމީހުންނާ ހަމަ އެދުވަހު ފެނުނު އަނެއް ދެކޭސްއާ ގުޅުމެއްނެތް ކަމަށް ވެއެވެ.

ވައިރަސް އަކުން އަރާ މަންކީ ޕޮކްސް ޖެހޭތާ ފަސް ދުވަހާ 21 ދުވަހާ ދޭތެރޭ އަލާމާތްތައް ފެނެއެވެ. ބަލިޖެހުމުން ފުރަތަމަ އަލާމާތަކަށް ވަނީ ހީކަރުވާފަ ގަދަޔަށް ހުންއައުމާއެކު ބޮލުގައި ރިއްސުމާ ގައިގަ ރިއްސުމެވެ. މިއާއެކު ހަށިގަޑުގަ ހުންނަ ގްލޭންޑްތައް ދުޅަވެއެވެ. އަދި ވަރުބަލިވުންވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ބަލިޖެހޭތާ ހަތަރު ފަސް ދުވަހުގެ ތެރޭ މޫނުގައި ފޮޅުތަކެއް ނަގައެވެ. އަދި ހަށިގަނޑުގެ އެހެން ތަންތަނަށް ފޮޅުތައް ފެތުރެއެވެ. ބަލިޖެހޭ ގިނަ މީހުންގެ ކިބައިން އަލާމާތްތައް ފެންނަލެއް ކުޑަކަމަށް ވެއެވެ. އަދި އިންފެކްޓް ވާތާ ދޭއް ނުވަތަ ހަތަރު ހަފްތާ ތެރޭ ގިނަ މީހުން ރަނގަޅުވާކަމަށް ވެއެވެ. ނަމަވެސް ބައެއް މީހުންނަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހެއެވެ.

އިނގިރޭސި ވިލާތުގައި މަންކީ ޕޮކްސްގެ ކަންބޮޑުވުން މިވަގުތު އޮތްނަމަވެސް އިންސާނުން ގައިން އިންސާނުން ގަޔަށް އެހާ ފަސޭހައިން އަދި ބަލި ނާރާކަމަށް ވެއެވެ.

ހުޅަނގު އަދި ސެންޓްރަލް އެފްރިކާއިން ފެންނަ ބައެއް ކަހަލަ ޖަނަވާރުގެ ފުށުން އައި ކަމަށް ބެލެވޭ މަންކީ ޕޮކްސް އިންސާނުންނަށް ޖެހޭނީ ބަލި ހުރި ޖަނަވާރެއް ދަތްއެޅުމުން، ނުވަތަ އެފަދަ ޖަނަވާރެއްގެ ލޭ، ހަށިގަނޑުގެ ފެން، އަދި ކުރަމަގާލީގެ އިތުރުން ފޮޅުފަދަ އެއްޗެތިން ނިކުންނަ ފެނުންނެވެ. އިނގިރޭސި ނެޝަނަލް ހެލްތު ސަރވިސް އާއި ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަންކީ ޕޮކްސް ޖެހިފައިވާ އެއް އިންސާނެއްގެ ފުށުން އެހެން އިންސާނަކަށް ޖެހުން އަދި އެހާ އާންމެއް ނޫނެވެ.

އެންމެ ފަސޭހައިން އިންސާނެއްގެ ފުށުން އިންސާނަކަށް ބަލި އަރާނީ ބަލީގެ ސަބަބުން ނަގާފައި ހުންނަ ފޮޅު އަދި ކުރަމަގާލި ލާފަހުންނަ ތަންތަނުގަ ޖެހުމާ، ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިބިހި އެޅުމުގެ ތެރޭންވެސް ފެތުރުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހެއްގެ އަންނައުނު، އެނދުފޮތި ތުވާލި ފަދަ އެއްޗެތިން ބަލި އެރުމުގެ ފުރުސަތު އޮންނަ ކަމަށް ވެއެވެ.

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މަންކީ ޕޮކްސް ޖެހިފައިވާ ޖަނަވާރެއްގެ މަސް ރަނގަޅަށް ނުކައްކާ ކައިފި ނަމަވެސް ބަލި ޖެހޭނެއެވެ. އަދިހަމަ ބަލިޖެހިފައިވާ ޖަނަވާރެއްގެ ހަން ނުވަތަ ކެހެރިގަނޑުގައި އަތްލާ ހެދުމުންވެސް ބަލި އަރައެވެ.

މަންކީ ޕޮކްސް އެންމެ އާންމުކޮން ފެންނަނީ މީދަލުގެ ވައްތަރުތަކާއި ސްކުއިރަލް ނުވަތަ މުގޮށި މީދަލުންނެވެ. މި ބަލި އަދި އެންމެ އާންމުކޮން ފެންނަނީ ހުޅަނގު އަދި ސެންޓްރަލް އެފްރިކާގެ ބައެއް ހިސާބު ތަކުންނެވެ.

މިހިސާބުތަކަށް ދަތުރު ކުރާނަމަ ނުވަތަ އެހިސާބުން އަންނަ މީހުންނާއި މުއާމަލާތު ކުރާނަމަ މިބައްޔަށް ޚާއްސަ ސަމާލުކަމެއްދޭން ޖެހެއެވެ. މިގޮތުން ގިނަ ގިނައިން އަތް ދޮވުމާއި ސެނިޓައިޒަރު ބޭނުން ކުރުމުގެ އިތުރުން ރަނގަޅަށް ކައްކާ ރޯފިލުވައިގެން ނޫނީ އެއްގަމު މަސް ބޭނުން ނުކުރުން މުހިންމެވެ. މީގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ފިޔަވައި އެހެން ޖަނަވާރުތަކާ ކައިރި ނުވުން، ޚާއްސަކޮށް ބަލިވެފައިވާކަމަށް ފެންނަ ޖަނަވާރުތަކާއި އަދި މަރުވެފައިވާ ޖަނަވާތުތަކާ އެއްގޮތަކަށްވެސް ކައިރި ނުވުން ވަރަށްވެސް މުހިންމެވެ.

މަންކީ ޕޮކްސް ބަލި އާންމުވާން ފެށުމާއެކު އިނގިރޭސި ނެޝަނަލް ހެލްތު ސަރވިސްއިން މިހާރު ގެންދަނީ ޚާއްސަ ސަމާލުކަމެއް ދީގެން މިބަލި ތަހުލީލު ކުރަމުންނެވެ. ބައްޔަކީ ކްލޯސް ކޮންޓެކްޓުން، ނުވަތަ ބަލިޖެހިފައިވާ މީހުންނާ ގާތުން ބައްދަލުވެފައިވާ މީހުންގެ ފުށުން ފެތުރިގެން ހިނގައިދާނެ ބައްޔަކަށް ވެދާނެތީ، އެފަރާތްތަކުން އަންނަނީ ބައްޔަށް ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.

ދުއާއަކީ އަޅުގަޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް މިފަދަ ބަލިތަކާއި ބަލާ މުސީބާތްތަކުން ރައްކާތެރި ކުރައްވާ ހިމާޔަތް ކުރެއްވުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އެޕްރީލު 2018

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

28 އެޕްރީލު 2018
ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!
24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
11 އެޕްރީލު 2018

ގާޑިޔާތައް ބަދަލުކުރުމުން ވިޔަފާރި ވަރަށް ދަށް، އިންތިހާއަށް ކަންބޮޑުވުން!

11 އެޕްރީލު 2018
ގާޑިޔާތައް ބަދަލުކުރުމުން ވިޔަފާރި ވަރަށް ދަށް، އިންތިހާއަށް ކަންބޮޑުވުން!
05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް