Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްލޫފު

"މާފުށި ކުޑަ ޖަލަކުން ނުކުމެގެން މި އާދެވުނީ އެއަށް ވުރެ މާބޮޑު ޖަލަކަށް"

10 ޖޫން 2017 | ހޮނިހިރު 00:01

މިނިވަން ކަމުގެ އިހްސާސެއް ނުކުރެވޭ ކަމަށް ވިދާޅުވި

| 10 ޖޫން 2017 | ހޮނިހިރު 00:01
ހުކުރު ދުވަހުގެ ޖަލްސާގައި މަހްލޫފް ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ޖަލްސާގައި މަހްލޫފް ވާހަކަ ދައްކަވަނީ

ޖަލަށް ލި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ދެކެ ބިރު ނުގަންނަ ކަމަށާއި މި އަނިޔާވެރި އަދި ކޮރަޕްޓް ސަރުކާރު ބަދަލުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް، ހުކުރު ދުވަހު ޖަލުން މިނިވަންވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފަށް މަރުހަބާ ކިޔުމަށްޓަކައި އެމްޔޫއޯއިން އެމްޑީޕީގެ ހަރުގޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަހްލޫފް ވިދާޅުވީ އޭނާއަށް ކީ ހޫނު މަރުހަބާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ނަމަވެސް "މިއީ އެއްގޮތަކަށް ވެސް އަޅުގަނޑަށް ކީ މަރުހަބާއެއް ނޫން ކަމަށާއި، މިއީ މި ފިކުރަށް [އިސްލާހީ ފިކުރަށް] ކީ މަރުހަބާއެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގާތްގަނޑަކަށް 11 މަހު މާފުށީ ޖަލުގައި އޮންނެވި މަހްލޫފު ވިދާޅުވީ ޖަލުން މިނިވަން ވެގެން ޕޯޑިއަމްގައި ހުންނެވި ނަމަވެސް މިނިވަންކަން އިހްސާސް ނުކުރެއްވޭ ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން މުޅި ދިވެހިރާއްޖެ "ޖަލަކަށް" ހަދާފައިވުމެވެ.

"މާފުށި ކުޑަ ޖަލަކުން ނުކުމެގެން މި އާދެވުނީ އެއަށް ވުރެ މާބޮޑު ޖަލަކަށް،" އޭނާ ވިދާޅުވި އެވެ.

'ނުބައި ނުލަފާ ސަރުކާރަކުން މި ވަނީ މުޅި ގައުމު ޖަލަކަށް ބަދަލުކޮށްފައި."

ޖަލުގައި ތިބޭ ގައިދީން ވެސް ހައްގުތަކުން މަހްރޫމްކޮށްފައިވާ ފަދައިން ޖަލުގައި ނެތް ރައްޔިތުންގެ ވެސް އެތައް ހައްގެއް މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ނުހައްގުން ޖަލަށް ލައިފާނެތީ އެތައް ސިޔާސީ ލީޑަރުންނެއް ރާއްޖޭން ބޭރުގައި އުޅުއްވާއިރު، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ނުދެވިފައި ވެސް ބައެއް ލީޑަރުންނާއި ސިޔާސީ ބޭފުޅުން އެބަ ތިއްބެވި ކަމަށް މަހްލޫފު ވިދާޅުވި އެވެ.

އެ އެންމެން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، އުމުރުން 37 އަހަރުގެ މަހްލޫފު ދެއްވި އެވެ.

ސިޔާސީ ބޭނުމަކަށް ހައްޔަރުކޮށްފައިވާ ކޮންމެ މީހަކު މިނިވަންވަންދެން މަސައްކަތް ކުރައްވާނެ ކަމަށާއި މަޖުބޫރީ ހާލަތު މެދުވެރިވެފައިވާ ބޭފުޅުންނަށް އެނބުރި ގައުމަށް ވަޑައިގެންނެވެން އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމުކޮށް، ޑީމޮކްރަސީ ގާއިމުކޮށް ހައްގުތައް ކަށަވަރުކުރެވެން ދެން، ރައީސް އަބްދުﷲ ޔާމީންގެ ދެކެ ބިރުން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އެންމެ އިންޗިއެއް ވެސް ނާޅުއްވާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އަދި ޑޮކްޓަރު އަފްރާޝީމާއި ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަލުން އަނބުރައި ޖަލަށް ދާންޖެހުނު ނަމަވެސް ސާބިތުވެ ދެމި ހުންނާނަން،" މަހްލޫފު ވިދާޅުވި އެވެ.

މި ސަރުކާރަކީ އަނިޔާވެރި ކޮރަޕްޓް ސަރުކާރެއްކަން ފާހަގަ ކުރައްވަމުން މަހްލޫފު ވިދާޅުވީ މި ސަރުކާރު ބަދަލުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ. ސަރުކާރު ބަދަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި އަނބިދަރީންނާއި ހާއްސަކޮށް ދަރިފުޅާ ދުރުގައި ހުންނަން ޖެހުމަކީ ވަރަށް އަސަރުގަދަ ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ. ދަރިފުޅަށް ޖަލުގައި އޮވެ ފޯނުކުރާ ކޮންމެ ފަހަރަކު ދަރިފުޅު ގާތަށް އައުމަށް އެދި ކުރަމުން ދިޔަ އާދޭސް ހިތަކުން ދުވަހަކު ވެސް ފިލައި ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި 11 މަހުގައި ވަރަށް ގިނަ ފިލާވަޅުތަކެއް ވެސް ލިބިވަޑައިގެންނެވި ކަމަށާއި ހެވާއި ނުބައި އެނގިގެން ހިނގެއްޖެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ފަނޑިޔާރުގެ މިނިވަންކުރުމުގެ ވާހަކަ ދެއްކިއިރު އެކަމާ ދެކޮޅަށް ވަކާލާތު ކުރެއްވުނު ކަމަށާއި އެކަމާ މިހާރު ހިތާމަ ކުރައްވާ ކަމަށެވެ.

އެގޮތަށް ކުރިން މަސައްކަތް ކުރެވިފައި އޮތުމުން، އޭނާ ޖަލަށް ލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުން ހިތަށް އަރާފާނެ ކަމަށާއި އަދި "މަހްލޫފަށް ހުންނާނީ ރާކަނި މަސް ކެވިފައި" ކަމަށް ބައެއް މީހުން ބުނާނެ މަހްލޫފު ވިދާޅުވި އެވެ.

އެމްޑީޕީން ފަނޑިޔާރުގެ މިނިވަން ކުރަން ކުރި މަސައްކަތަށް، އެނގުމާ ނޭނގުމުގެ ތެރެއިން ވެސް އޭނާއަށް ވަނީ ބީރު ކަންފަތެއް ވަނީ ދެވިފައި ކަމަށާއި އޭރު މަސައްކަތް ކުރަމުން ދިޔައީ ނުލަފާ ފަނޑިޔާރުންގެ ދިފާއުގައި ކަމަށް މަހްލޫފު ވިދާޅުވި އެވެ. ނަމަވެސް އެ ނުބައި ނުލަފާ އަތް އޭނާގެ ކަރުގައި ހިފައި، އެކަންކަން ތަޖުރިބާ ކުރެވުމުން، ފަނޑިޔާރުންގެ ދިފާއުގައި ކުރި ކުރި މަސައްކަތް ހިތަށް އެރިޔަސް ހޮޑުލަވާ ކަމަށާއި ލަދު ގަންނަ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އެހެންވެ، ލަހުން ނަަވެސް ރައްޔިތުންގެ ފަޅިޔަށް އެރުނީތީ އުފާ ކުރައްވާ ކަމަށާއި މިގޮތުގައި ސާބިތުވެ ހުންނަނަވާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް