Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ޗީފް ޝިޔާމުގެ މައްސަލަ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުން އޮންނާނީ 19 މޭ ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 މެއި 2022 | ހޯމަ 08:58
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާއެވެ. ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ޝިޔާމްގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ޝިޔާމްގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވަނީ މައިގަނޑު 4 ހުށައެޅުމެއް ހުށައަޅުއްވާފައެވެ.

އެއް ކަމަކީ ދައުވާގައި އުނިކަން ހުރިކަމަށް ބަޔާންކޮށް ހުށައެޅުއްވި ހުށައެޅުއްވުމެވެ. ވަކީލު ވިދާޅުވި ގޮތުގައި ޝިޔާމްގެ ބައްޕާފުޅު އެތަނުގައި ބެހެއްޓެވީ އެވަގުތު އާއިލީ އިމަރޖެންސީއެއްގެ ސަބަބުން، ބައްޕާފުޅު ބެއްލެވުމާ ޙަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.

އެ އަމަލު މަނާކުރާ ޤާނޫނީ ނައްސެއް ހުށައަޅަން ދައުލަތަށް ލާޒިމުކަމަށް އޭނާ ވިދާޅުވިއެވެ. ދިފާއީ ވަކީލު ވިދާޅުވާ ގޮތުގައި އެއީ މީގެ ކުރިންވެސް ސިފައިންނަށް ލިބެމުން އައި ލުއިފަސޭހަތަކެކެވެ.

ދެވަނަ ކަމެއްގެ ގޮތުން ހުށައެޅުއްވީ، ޚާއްސަ އިމްތިޔާޒު ލިބިލައްވާފައިވާ ކަންކަމާއި ގުޅިގެން، ސިފައިންގެ ދައުރު އަދާ ކުރުމުގައި ހެޔޮ ނިޔަތުގައި ކުރައްވާ އަމަލުތަކުގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ބަޔާންކޮށް ހުށައެޅުއްވި ނުކުތާއެވެ.

ވަކީލު ވިދާޅުވާ ގޮތުގައި ސިފައިންގެ ޤާނޫނުގައި ބަޔާންވެފައިވާ ޚާއްސަ އިމްތިޔާޒުގެ ހިމާޔަތް ޝިޔާމަށް ލިބިވަޑައިގަންނަވަން ޖެހެއެވެ. ސަބަބަކީ އޭނާ ބައްޕާފުޅު އެތަނުގައި ބެހެއްޓެވީ، އިމަރޖެންސީ ޙާލަތެއް ދިމާވުމުން، ވަޒީފާގެ މަސްއޫލިއްޔަތުވެސް މެދުކެނޑުމެއް ނެތި އަދާ ކުރެއްވޭނެ މަގަކީ އެއީކަމަށްވާތީއެވެ.

ތިން ވަނަ ކަމަކީ މި މައްސަލަ ހުށައެޅި ފަރާތުގެ ބަސް ޝަރީއަތުން ބަލައިނުގަތުމަށް ހުށައަޅުއްވާފައިވާ ހުށައެޅުމެވެ.  

މި މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް 2019 ވަނަ އަހަރު އޭސީސީން ނިންމި ނަމަވެސް، ޕީޖީ އޮފީހަށް އަމިއްލަ ފަރާތަކުން ހުށައެޅި ޝަކުވާއަކާއި ގުޅިގެން ޕީޖީ އޮފީހުން ހެކިތައް ވަޒަން ކުރުމަށްފަހު، އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް އޭސީސީއަށް ހުށައެޅީއެވެ.

ދިފާއީ ވަކީލު ވަނީ އެއީ ބޮޑު "ސަކަރާތްގަނޑެއްގެ" ގޮތުގައި ސިފަ ކުރައްވާފައެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުން ބައެއް ހެކިތައް ހޯދުމަށް އެދި ހުށައެޅުއްވި ނުކުތާއެއް ހިމެނެއެވެ.

ދިފާއުގެ ހުށައެޅުންތަކަށް ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވަނީ ރައްދު ދެއްވާފައެވެ. ޝަހުމާ ވިދާޅުވާ ގޮތުގައި ތަހުގީގީ އިދާރާއަކުން ނިންމާ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭނަމަ އެކަން ޕީޖީ އޮފީހަށް ހުށައެޅުމަކީ ޤާނޫނީ ނިޒާމު ނުދަންނަ ކަމެއް ނޫނެވެ. އެއީ ސަކަރާތްގަނޑެއް ނޫން ކަމަށާއި، އެއީ އޮތް ފުރުސަތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަހުމާ ވިދާޅުވ ގޮތުގައި ޤާނޫނީ ކަންކަމުގައި ސްޓޭންޑް ބަދަލުވުމަކީ ޤާނޫނީ ނިޒާމު ދަންނަ އެއް އަސާސެވެ. އިސްތިއުނާފު މަރުޙަލާތައް އޮންނަ އޮތުމަކީ އޭގެ އެއް މިސާލު ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ތަނެއްގެ މުއައްޒަފަކަށް ވުމަކީ އެ އިދާރާގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކޮށް، އެހެން މީހުންނަށްވެސް އޭގެން މަންފާ ހޯދައިދެވޭނެ ކަމެއްކަމަށް ޤަބޫލު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ޝަހުމާ ވިދާޅުވިއެވެ. އެގޮތުން އެއީ ސީދާ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަހުމާ ވަނީ މި މައްސަލަ ހުށައެޅި ފަރާތުގެ ހެކިބަސް ބަލައިނުގަތުމަށް ދިފާއުން ހުށައެޅުއްވި ނުކުތާއަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އެއީ ޤާނޫނީ އަސާސެއް ނެތް ނުކުތާއެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝަކުވާ ހުށައަޅާ ފަރާތަށް ހެކިބަސް ދެވޭނެކަން މިއީ ވައްކަމުގެ މައްސަލަތަކާއި، ޖިންސީ ކުށުގެ މައްސަލަ ފަދަ އެތައް މައްސަލައެއްގައި ޤާނޫނީ ނިޒާމުގައި އަމަލުކުރާ ގޮތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ދިފާއުން ހުށައަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުން އޮންނާނީ 19 މޭ ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު