Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތ. އަތޮޅުގެ ފަތުރުވެރިކަން

ތ. އަތޮޅުގައި ފަތުރުވެރިކަން ފަހިކުރުމުގެ ގޮތުން 2 އެއަރޕޯޓް ތަރައްގީކުރުންވެސް މުހިންމު – މިނިސްޓަރު މައުސޫމް

ކަނިމީދޫ ވެސް ވީ އެންމެ އަވަހަކަށް ހުޅުވުން އެއީ މަގުސަދެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2022 | ހޯމަ 08:19
ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގެ ޖަލްސާގައި

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގެ ޖަލްސާގައި

ތ. އަތޮޅަށް ފަތުރުވެރިކަން ފަހިކޮށް އޭގެ ފައިދާ ހޯދުމަށްޓަކައި، އެ އަތޮޅުގައި އޮތް ތިމަރަފުށީ އެއަރޕޯޓުގެ އިތުރުން ވިލުފުށީ އެއަރޕޯޓް ތަރައްގީކުރުން މުހިންމު ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ މި ދައުރުގެ ތެރޭގައި ކަނިމީދޫ ތަރައްގީކުރެވިދާނެތޯ މެންބަރު ރިޔާޒު ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށް ހުޅުވުމަށެވެ. އަދި އެހެން އަތޮޅުތަކުގައި ވެސް ފަތުރުވެރިކަން ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

އަދި ތ. އަތޮޅުގައި ފަތުރުވެރިކަން ފަހިކުރުމުގެ ގޮތުން 2 އެއަރޕޯޓް ތަރައްގީ ކުރުން ވެސް މުހިންމު ކަމަށާއި، މިހާރު ތިމަރަފުށީގައި އެއަރޕޯޓް އެބައޮތް ކަމަށާއި، އޭގެ އިތުރަށް އެހެން އެއަޕޯޓެއް ހެދުން ވެސް މުހިންމު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަނިމީދޫ ވެސް ވީ އެންމެ އަވަހަކަށް ހުޅުވުން އެއީ މަގުސަދެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ މަގަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ސީދާ ތާރީހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ ބަޔަކާއެކު މަޝްވަރާގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާތިއާއި، އެ މަސައްކަތުގެ ތެރެއިން އެކަން ކާމިޔާބުވެއްޖެނަމަ ވަރަށް އަވަހަށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގައި މިނިސްޓްރީން ކުރާ މަސައްކަތް ކާމިޔާބުވަނެކަމުގެ ކުލަވަރު އެބަފެނިވަޑައިގަންނަވާ ކަމަށާއި، އުއްމީދަކީ މެންބަރުގެ އުއްމީދުގައި ކުލަޖެހި ތ. އަތޮޅުގެ ރައްޔިތުންގެ ހުވަފެނުގައި ފަތުރުވެރިކަމުގެ ކުލަޖެހިގެން ދިއުން ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު