Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ޓްރެއިނިން ފެސިލިޓީ

ވިލިމާލޭގައި ގާއިމުކުރި އެފްއޭއެމްގެ ޓްރެއިނިން ފެސިލިޓީ ހުޅުވައިފި

މަސައްކަތް ކޮށްފައިވަނީ ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2022 | ހޯމަ 09:00
ވިލިމާލޭ ޓްރެއިނިން ފެސިލިޓީ ހުޅުވުން

ވިލިމާލޭ ޓްރެއިނިން ފެސިލިޓީ ހުޅުވުން

އޭއެފްސީ ޕްރެޒިޑެޏްޓްސް އިނިޝިއޭޓިވްގެ ދަށުން ވިލިމާލޭގައި ގާއިމުކުރި ޓްރެއިނިން ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފެސިލިޓީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ރޭ ވިލިމާލޭގައި އޮތް ރަސްމިއްޔާތެއްގަައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޚްލޫފެވެ. މިނިސްޓަރުގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައިީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ފެސިލިޓީ ހުޅުވުމަށްފަހު ވަނީ އެފްއޭއެމްގެ ޓީމަކާއި ވިލިމާލޭ ޔުނައިޓެޑާ ދެމެދު ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެފްއޭއެމްގެ ޓީމުގައި ގޯލްޑަން ކެޕްޓަން އައްސަދު ޢަބްދުލް ޣަނީ އާއި މިނިސްޓަރު މަޚްލޫފްގެ އިތުރުން ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ހިމެނެއެވެ. ވިލިމާލޭ ޔުނައިޓެޑު ޓީމުގައި އެ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު އުޝާމް ހިމެނެއެވެ.

މިއީ އޭއެފްސީގެ ޚަރަދުގައި ގާއިމުކޮށްފައިވާ ޓްރެއިނިން ފެސިލިޓީއެކެވެ. މި ފެސިލިޓީގެ މަސައްކަތް ކޮށްފައިވަނީ ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި ޓްރެއިނިން ފެސިލިޓީ ހުޅުވުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިއީ ވިލިމާލޭ ޒުވާނުންގެ ދުވަސްވީ އުންމީދެއް ފުރިހަމަ ވެގެންދިޔަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފީފާގެ މިންގަނޑުތަކަށް ފެތޭ ޓާފް ދަނޑުތައް ގާއިމުކުރަމުންނެވެ. މިފަދަ ދަނޑުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު