Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗެއަރޕަރސަން އިންތިޚާބު

"ފައްޔާޒްގެ ޗެއަރޕަރސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދައިދޭނެކަމާމެދު ޝައްކެއް ނުކުރަން"

15 މެއި 2022 | އާދީއްތަ 13:51

ފައްޔާޒް އިންތިޚާބު ކާމިޔާބުކުރެެއްވީ 7000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 މެއި 2022 | އާދީއްތަ 13:51
އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނަވައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދެއްވާނެކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާ ވާދަކުރައްވައި 7000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

ފައްޔާޒް އިންތިޚާބު ކާމިޔާބުކުރެއްވުމުން އިންތި ވަނީ ފައްޔާޒްއަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އަދި ދެގޮތެއްނުވެ ޕާޓީގައި ދެމިހުންނަވާނެ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

އިންތި ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވައި ރައީސް ނަޝީދު ވަނީ މިނިސްޓަރ ފައްޔާޒްއަށާއި، ފައްޔާޒްގެ ކެމްޕޭން ޓީމަށް އަދި އިންތި އަށާއި އިންތިގެ ކެމްޕޭން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފައްޔާޒްގެ ޗެއަރޕަރސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދެއްވާނެކަމަށް ޝައްކު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒް ވަނީ ރައީސް ނަޝީދުގެ ޓްވީޓު ރީޓްވީޓް ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ފުރިހަމަ އިރުޝާދުގެ ދަށުން ރާއްޖޭގެ ޑިމޮކްރެސީ މިގޮތުގައި ދަމަހައްޓައި ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރައްވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންތިގެ ޓްވީޓަށް ޖަވާބުދެއްވައި ފައްޔާޒް ވަނީ އެމްޑީޕީ ސިޔާސީގޮތުން ފައްކާވެފައި އޮތް މިންވަރު މި ސިޔާސީ ހަރަކާތުން އެނގިލައްވާކަމަށް ވިދާޅުވެފައެވެ. ކުރިންވެސް ވިދާޅުވިހެން އިންތިޚާބަށްފަހު އެމްޑީޕީގެ ހުރިހާ މެމްބަރުން ތިބޭނީ އެއްކޮށް ކަމަށާއި، ޕާޓީ ދާނީ ކުރިއަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބުކުރައްވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ސަރުކާރާ ދޭތެރޭ ހިތްހަމަޖެހޭކަން މި އިންތިޚާބުގެ ނަތީޖާއިން ހާމަކޮށްދީފައިވާކަމަށެވެ. އަދި ރައީސް ޞާލިޙް އަށް އޮތް އިތުބާރު މިއިންތިޚާބުން ފެނިގެންގޮސްފިކަމަށާއި މިސަރުކާރު ވަރުގަދަކުރަން އާންމު މެމްބަރުން ބޭނުންވާކަން ފެނިގެންގޮސްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް