ކ. މާލެ
|
15 މެއި 2022 | އާދީއްތަ 09:45
ބާސެލޯނާގެ ޒުވާން ތަރި އޮސްމާނޭ ޑެމްބެލޭ
ބާސެލޯނާގެ ޒުވާން ތަރި އޮސްމާނޭ ޑެމްބެލޭ
ގެޓީ އިމޭޖަސް
ޑެމްބެލޭގެ ކޮންޓްރެކްޓް ހަމަވުން
ބަޔާންއިން ޑެމްބެލޭ ހޯދުމަށް މަސައްކަތް ކުރަނީ
 
ރިޕޯޓުތައް ބުނާ ގޮތުން ބަޔާންއިން މިހާރު ވަނީ ޑެމްބެލޭ ހޯދުމަށް އޭނާގެ އެޖެންޓާއި މަޝްވަރާ ކުރަން ފަށާފައި
 
ޑެމްބެލޭގެ އިތުރުންވެސް ބަޔާންއިން އަންނަނީ ގިނަ ފޯވާޑުންތަކަކަށް ކަޅި އަޅަމުން
 
ބާސެލޯނާއިން މަސައްކަތް ކުރަނީ އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް

ބާސެލޯނާއަށް ކުޅެމުން އަންނަ އޮސްމާނޭ ޑެމްބެލޭ ހޯދުމުގެ މަސައްކަތް ބަޔާން މިއުނިކުން ފަށައިފިއެވެ.

ބަޔާންގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ޓީމުގައި އިތުރަށް މަޑުކުރަން ބޭނުން ނުވާކަން އެންގުމާއެކު އެޓީމުން އަންނަނީ އިތުރު ފޯވާޑުން ޓީމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަޔާންއިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެއް ކުޅުންތެރިއަކީ ބާސެލޯނާގެ ޒުވާން ތަރި ޑެމްބެލޭއެވެ.

ބާސެލޯނާއާއެކު ޑެމްބެލޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓަށް ވާއިރަށް ހަމަވާނެއެވެ. އެހެންކަމުން ފްރީ އޭޖެންޓެއްގެ ގޮތުގައި އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޔާންއިން މިހާރު ވަނީ ޑެމްބެލޭ ހޯދުމަށް އޭނާގެ އެޖެންޓާއި މަޝްވަރާ ކުރަން ފަށާފައެވެ.

ޑެމްބެލޭގެ އިތުރުންވެސް ބަޔާންއިން އަންނަނީ ގިނަ ފޯވާޑުންތަކަކަށް ކަޅި އަޅަމުންނެވެ. އޭގެ ތެރޭގައި ސަޑިއޯ މާނޭ، ސެބާސްޓިއެން ހެލާ އަދި ޖޯ ފީލިކްސް ހިމެނެއެވެ.

ބަޔާންއިން ޑެމްބެލޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ބާސެލޯނާއިން މަސައްކަތް ކުރަނީ އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއިން އޭނާގެ އެއްބަސްވުން އައު ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެއާއެކު ޓީމާއި ޑެމްބެލޭގެ ދެމެދުގައި އޮތް ގުޅުން ހީނަރުވިއެވެ. އަދި ޓީމުން އޭނާއަށް ޖާގަ ދިނުންވެސް މަދުވިއެވެ.

ނަމަވެސް ޓީމުގެ ކޯޗުކަމާއި ޒަވީ ހެނާންޑޭޒް ހަވާލުވުމަށްފަހު ޑެމްބެލޭއަށް ޚާއްސަ ސަމާލުކަމެއް ދިނެވެ. އަދި ޒަވީ ވަނީ ޑެމްބެލޭ ޓީމުގައި ބަހައްޓަން ބޭނުންވާކަން ކްލަބަށް އަންގާފައެވެ. ޓީމާއި ޑެމްބެލޭގެ ގުޅުން ހީނަރުވެފައި އޮތުމަށްފަހު އަލުން މަޝްވަރާތައް ފެށުނީ ޒަވީގެ ވަރަށް ބޮޑު ދައުރަކާއެކުއެވެ. ދެފަރާތުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ބާސެލޯނާ އާއި ޑެމްބެލޭ އާއި ދެމެދު މިހާތަނަށް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް