Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭ ހަދިޔާކުރުން

ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ލަންކާ އެމްބަސީން ފަށައިފި

މިއީ ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުން ބައިވެރިވާ ޕްރޮގްރާމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 މެއި 2022 | ހޮނިހިރު 09:50
ލަންކާ އެމްބަސީން މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ލޭ ހަދިޔާކުރުން

ލަންކާ އެމްބަސީން މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ލޭ ހަދިޔާކުރުން

މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް, ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާ މީހުން ލޭ ހަދިޔާކުރުމުގެ ގޮތުން ލަންކާ އެމްބަސީން އިސްނަގައިގެން ފަށާފައިވާ ޕްރޮގްރާމެކެވެ. ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހެނދުނު 9:00ން މެންދުރު 14:00ށް ލޭ ހަދިޔާކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީން ބުނީ، މިއީ ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މިގޮތުން ކޮންމެ ތިން މަހަކުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

މި ޕްރޮގްރާމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު ވަނީ، ރާއްޖެއާ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ލަންކާގެ ފަރާތުން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ޑރ. ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްރާއްޖޭގައި ހުންނަ ސްރީ ލަންކާ ހައި ކޮމިޝަން

އިތުރަށް ކިޔާލަން

09 މެއި 2024

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

09 މެއި 2024
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
01 ނޮވެމްބަރު 2023

އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

01 ނޮވެމްބަރު 2023
އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި
11 މެއި 2023

ސްރީލަންކާގެ ސަފީރު އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

11 މެއި 2023
ސްރީލަންކާގެ ސަފީރު އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި
23 މާރިޗު 2023

ރޯދަމަހާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލު ގެނެސްފި

23 މާރިޗު 2023
ރޯދަމަހާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލު ގެނެސްފި
15 ސެޕްޓެމްބަރު 2022

ބަނޑޮސް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް

15 ސެޕްޓެމްބަރު 2022
ބަނޑޮސް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު