Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
100 ކިލޯ މަސްތުވާތަކެތީގެ މައްސަލަ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

އެ މައްސަލަ ބަލައިދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފުލުހުންނަށްވެސް ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 12:52
އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން- 100 ކިލޯ ޑްރަގް މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައިވޭ

އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން- 100 ކިލޯ ޑްރަގް މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައިވޭ

ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި، ގަސްދުގައި "ނުނިޔަތެއް ބާއްވައިގެން" ކަންކަން ކުރަމުންދާ މީހުން އެބަތިބިކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދާދި ފަހުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ދެއްކެވި މި ވާހަކަފުޅުގައި އޭޖީ ވަނީ، އެކަމުގެ ސަބަބުން މައްސަލަތައް ސާބިތުކުރުމުގައި ގޮންޖެހުންތައް ހުންނަކަމަށް ވިދާޅުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ގަސްދުގައި ގޯސްހެދިކަމަށް ބުނާ މި މައްސަލައަކީ، ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތަހުގީގާއި ގުޅުންހުރި ވާހަކައެކެވެ.

އެއީ އެ މައްސަލައިގައި ބަލައި ފާސްކުރެވުނު ތަކެތީގެ އިންވެންޓްރީ ހެދުމަށްފަހު، މުވައްޒަފު ހަނދާންނެތިގެން ކަމަށް ބުނެ، އިންވެންޓްރީ ނުދީ އޮތް މައްސަލައެކެވެ. އެކަމުގެ ސަބަބުން އެތަކެތި އެނަލައިޒް ކުރެވިފައި ނުވާތީ، އެއިން ލިބިދާނެކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ބެލެވުނު މުހިންމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާކަމަށް ވަނީ ބެލެވިފައެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އިންވެންޓަރީގެ ކަންކަން އެގޮތަށް ދިއުމުގެ ސަބަބުން، ތުހުމަތު ކުރެވޭ މީހާއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލުމުގެ ފުރުސަތު ހަނިވެގެން ދިޔައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާގުޅޭ ދައުވާއެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މި މައްސަލައިގައި، އިހުމާލުވެފައިވާ ފުލުހުންގެ މައްސަލަ ބަލައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 2022 ޖަނަވަރީ 26 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގައި އެދިފައިވެއެވެ.

ޕީޖީ އޮފީހުން 13 ފެބްރުއަރީގައި ފުލުހުންގެ ބޯޑަށްވެސް ވަނީ އެކަން އަންގާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ފުލުހުންގެ ބޯޑާ ސުވާލު ކުރުމުން، އެ މައްސަލަ ހުށައެޅިފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ދެމުންދޭތޯ ބެލުމާއި، ފުލުހުން އަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ފެންނަ ގޮތުގެ ލަފާދިނުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު (34/2020)ގެ 76 ވަނަ މާއްދާގެ (ހ)އިން ޕޮލިސް ބޯޑާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެކެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ ބޯޑުން ބުނެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކީ ޖިނާއީ ބޮޑެތި މައްސަލަތަކަށް ވެފައި, އެ ބާވަތުގެ މައްސަލަތަކުގައި ގާނޫނުއަސާސީއާއި ގާނޫނު ތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންނަށް ކަންކަން ފުރިހަމަ ނުކުރެވިގެން, ނުވަތަ ފުލުހުންގެ އިހުމާލުން މައްސަލައެއް ގެއްލިގެން ދިއުމަކީ އެކަމާމެދު ބޯޑުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އެފަދަ ކަންކަން ވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށްޓަކައި، ފުލުހުން އަމަލުކުރަމުންދާ އުސޫލުތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލަކާމެދު ލަފާދިނުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްއާއި އެހެނިހެން ފަރާތްތަކުން މައުލޫމާތު އެއްކޮށް ދިރާސާ ކުރުމުގެ މަސައްކަތް ބޯޑުން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 84 ވަނަ މާއްދާގެ (ހ)ގައި ފުލުހުންނަށް ފިޔަވަޅު އެޅުމުގެ އިޖުރާއަތު ބަޔާން ކޮށްފައިވާ ގޮތުން، ފުލުހަކާމެދު ހުށަހެޅޭ ޝަކުވާއެއް ނުވަތަ ތުހުމަތު ކުރެވޭ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށަކާ ގުޅިގެން ނުވަތަ ފުލުހަކު ކުރި އަމަލަކާ، ނުވަތަ ނުކޮށް ދޫކޮށްލި އަމަލަކާ ގުޅިގެން އެމީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅޭނެގޮތް ވަނީ ބަޔާން ކޮށްފައެވެ.

އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ފުލުހަކާމެދު ފިޔަވަޅު އެޅޭނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކުރުމަށްފަހު، އެ ތަހުގީގަކުން ހާމަވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.

ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަކީ ގާނޫނުން ޕޮލިސް ބޯޑާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ނޫންކަމަށް ޕޮލިސް ބޯޑުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ނ) އިން ޕޮލިސް ބޯޑާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކީ ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން، ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅުއެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަން ކުރެވިފައިވާ އުސޫލުތަކެއްކަން ކަށަވަރު ކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖައާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާދިނުމެވެ.

އެކަން ކުރާނެކަމުގެ ޔަގީންކަން ޕޮލިސް ބޯޑުން ދެއެވެ.

އޭގެ އިތުރުން، މި މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ މަތީ ފަންތީގެ ބޭފުޅުންވެސް ވަނީ އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައެވެ.

100 ކިލޯ ޑްރަގް މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށް ދެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ވަނަވަރު ހާމަކޮށްފައިވަނީ 8 މީހުންގެއެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށްދާ ގަޒިއްޔާތަކަށް ބަލާއިރު، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާތަކަކާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެއް ކުރިއަށް ދެއެވެ. އޭގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

މަސްތުވާތަކެތީގެ އެތައް މައްސަލައެއް ކޯޓަށް ފޮނުވިފައިވީ ނަަމަވެސް ބަންދު ރިވިއު ފިޔަވައި އެހެން މަރުހަލާއެއް ކުރިއަށް ނުދާ އެތައް މައްސަލައެއް އެބަހުއްޓެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން ސިއްހީ މައްސަލަތަކާއި ތަފާތު އުޒުރުތައް ދައްކައި ބަންދުން ދޫވެގެންދާތަން މިފަހަކަށް އައިސްވެސް ދަނީ ފެންނަމުންނެވެ.

މަސްތުވާތަކެތިޕްރޮސެކިއުޓަރ ޖެނެރަލްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު